ރާހުލް އާއި އަތިޔާ އެ ދެމަފިރިންގެ އަލަތު ދަރިފުޅާއެކު.
20 އެޕްރީލް 2025 - 07:17
ބޮލީވުޑްގެ އެކްޓްރެސް އަތިޔާ ޝެޓީ އާއި ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލްގެ އަލަތު ދަރިފުޅަށް ކިޔާ ނަން ހާމަކޮށްފި އެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ދޮށީ ދަރިފުޅު އަތިޔާ ވިހެއީ މިދިޔަ މާޗު މަހުގެ 24 ގަ އެވެ.
އަތިޔާ އާއި ރާހުލް އަށް ލިބުނީ އަންހެން ކުއްޖެކެވެ. ނަމަވެސް، އެ ދަރިފުޅަށް ކިޔާ ނަން ހާމަކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
އަތިޔާ އާއި ރާހުލް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެމަފިރިންގެ ދަރިފުޅުގެ ނަމަކީ "އިވާރާ ވިޕުލާ ރާހުލް" ކަމަށެވެ. އެ ނަމުގެ މާނައަކީ "ގިފްޓް އޮފް ގޯޑް" ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.
އެ ނަމުގައި ވިޕުލާ ހިމެނީ އެ ކުއްޖާގެ މާމަގެ ހަނދާނުގައި ކަމަށް ވެސް ބުންޏެވެ.
ންޑިއާގެ ކްރިކެޓް ލީގު، އައިޕީއެލްގައި ދެއްލީ ކެޕިޓަލްސްގެ ޓީމަށް ކުޅޭ ރާހުލް އާއި އަތިޔާ ކައިވެނިކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއްވީ ފަހުން 2023 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy