ބޮލީވުޑްގެ އެކްޓަރު ރަންދީޕް ހޯޑާ އާއި އޭނާގެ އަންހެނުން ލިން ލައިޝްރަމްއަށް އަންހެން ދަރިއަކު ލިބިއްޖެ އެވެ.
ރަންދީޕް މި އުފާވެރި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރީ އިއްޔެ އެވެ. މިއީ އެ ދެމަފިރިންގެ އަލަތު ދަރިފުޅެވެ.
މި ދަރިފުޅު އުފަންވި ދުވަހުގެ ހާއްސަ ކަމަކީ، އެއީ ރަންދީޕްގެ ބައްޕަ ޑރ. ރަންބީރު ސިންގް ހޯޑާގެ އުފަންދުވަސް ވެސް ކަމަށް ވުމެވެ. ރަންދީޕް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި އޭނާގެ ބައްޕަ ކުޑަ ދަރިފުޅު އުރާލައިގެން ހުއްޓާ ފެނެ އެވެ.
އެ ޕޯސްޓުގެ ކެޕްޝަންގައި ރަންދީޕް ލިޔެފައި ވަނީ "ކާފަ އަދި މާމަ ދަރިފުޅަށް އުފަންދުވަހުގެ ތަހުނިޔާ" ކިޔާ ކަމަށެވެ. އަދި ބައްޕައަކަށް ވުމުން އޭނާގެ ބައްޕައަށް އޮތް ލޯތްބާއި ގަދަރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށާއި ދަރިފުޅު މި ދުނިޔެއަށް ގެނެސްދިނީތީ އަންހެނުން ލިންއަށް ވެސް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.
ރަންދީޕާއި ބޮލީވުޑްގެ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅޭ އަދި އިންޑިއާގެ މަނިޕޫރުގެ މޮޑެލްއެއް ކަމަށްވާ ލިން ކައިވެނިކުރީ ނޮވެމްބަރު 29، 2023 ގަ އެވެ.
މި ދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އެމީހުންގެ ކައިވެނީގެ ދެވަނަ އަހަރީ ދުވަހާ ދިމާކޮށެވެ.
ރަންދީޕަކީ ވެސް ބޮލީވުޑްގެ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅެގެން ގިނަ ބައެއް ލޯބި ހޯދި އެކްޓަރެކެވެ. ވަރަށް ގިނަ ފިލްމުތަކުގައި މޮޅެތި ރޯލުތައް ކުޅެފައިވާ ރަންދީޕަށް ވަނީ ހޮލީވުޑްގެ ދެ ފިލްމެއްގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެއީ ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން"ގެ ދެ ފިލްމުގަ އެވެ.