ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް އާއި އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ ތަރި ވިކީ ކައުޝަލް.-- ފޮޓޯ: އޭއެފްޕީ
16 ސެޕްޓެމްބަރ 2025 - 06:38
އަލަތު ދަރިފުޅަށް ބަލިވެއިން ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވިހަނީ އަންނަ މަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ މީޑިއާއެއް ކަމަށްވާ އެންޑީޓީވީން އިއްޔެ ރިޕޯޓްކުރި ގޮތުގައި، ކެޓްރީނާ އަންނަ މަހު ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހު ވިހާނެ އެވެ.
ކެޓްރީނާ ބަލިވެއިންކަން އޭނާ އާއި އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ ތަރި ވިކީ ކައުޝަލް ވެސް މިހާތަނަށް މީޑިއާއަށް ހިއްސާކޮށްފައި ނުވެ އެވެ. އާންމުކޮށް ބޮލީވުޑްގެ ތަރިން ބަލިވެއިނުމުން ސޯޝަލް މީޑިއާގައި އެކަން އިއުލާން ކުރެ އެވެ. ކެޓްރީނާ އާއި ވިކީ މިހާތަނަށް އެ ކަހަލަ އިއުލާނެއް ކޮށްފައެއް ނުވެ އެވެ.
އެކަމަކު، ބައެއް މީޑިއާތަކުން ވަނީ އެ ދެމަފިރިންނާ ގާތް ބައެއް މީހުންނާ ހަވާލާދީ މި ޚަބަރު ކަށަވަރުކޮށްދީފަ އެވެ.
ކެޓްރީނާ މާބަނޑު ކަމަށް މީގެ އަހަރެއްހާ ދުވަސްކުރިން ވެސް އަޑު ފެތުރުނެވެ. އެކަމަކު، ވިކީ ވަނީ ފަހުން އެ ވާހަކަ ދޮގުކޮށްފަ އެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ ޑިސެމްބަރު 9، 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާތިމަތުލް މުޖުރިމް
16 September 2025
އަހުރެންވެސް ވިހަން މިއުޅެނީ. ނޫހުގައި ޖަހާދެއްވައްޗޭ ޕްލީސް
ސައްލޫ
16 September 2025
42 އަހަރު ގަ ވިހަނީ!
މަބުނީ
16 September 2025
އަހަރެން މަންމައަށް އަހަރެން ލިބުނީ މަންމަގެ އުމުރުން 44 އަހަރުގަ. ސިޒޭރިއަން ހެދީމަ ޑޮކްޓަރުުންނަށް ބޮޑު ފައިސާދޭން ފެށުމުގެ ކުރިން ދިވެހި އަންހެނުންވެސް ހަމަ ވިހެއީ
2025
16 September 2025
ކެޓް އާދާ އައިޖީއެމްއެޗަށް ވިހަން..... ބޮއިހަލަކި