ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް އާއި އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ ތަރި ވިކީ ކައުޝަލް.
11 އޯގަސްޓް 2025 - 07:40
ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް މާބަނޑު ކަމަށް އަޑު ފެތުރިއްޖެ އެވެ.
މި އަޑު ބޮޑަށް ފެތުރުނީ ރެޑިޓް އެކައުންޓެއްގައި ކެޓްރީނާ ބަލިވެއިން ކަމަށް ބުނެ މިދިޔަ ހަފުތާގައި ކޮށްފައިވާ ޕޯސްޓެއް ވައިރަލްވި ފަހުންނެވެ.
ނަމަވެސް، މި ޚަބަރު ކެޓްރީނާ އާއި އޭނާގެ ފިރިމީހާ އަދި ބޮލީވުޑްގެ ތަރި ވިކީ ކައުޝަލް މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އާންމުކޮށް ބޮލީވުޑްގެ ތަރިން ބަލިވެއިނުމުން ސޯޝަލް މީޑިއާގައި އެކަން އިއުލާން ކުރެ އެވެ. ކެޓްރީނާ އާއި ވިކީ މިހާތަނަށް އެ ކަހަލަ އިއުލާނެއް ކޮށްފައެއް ނުވެ އެވެ.
ކެޓްރީނާ މާބަނޑު ކަމަށް ބުނާއިރު އޭނާ ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅޭތާ ވެސް މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް "ވިޒިޓް މޯލްޑިވްސް"ގެ ބްރޭންޑް އެމްބަސެޑަރަކަށް ހަމަޖައްސާފައިވާ ކެޓްރީނާ އިވެންޓަކުން ނުފެންނަތާ ވެސް މިހާރު ވަނީ ވަރަށް ގިނަ ދުވަސް ވެފަ އެވެ.
އެންމެފަހުން ކެޓްރީނާ ކުޅުނު ފިލްމެއް ނުކުތީ މިދިޔަ އަހަރު ޖެނުއަރީ މަހު އެވެ. އެއީ ދެކުނު އިންޑިއާގެ އެކްޓަރު ވިޖޭ ސެތުޕަތީއާއެކު ކުޅުނު ތުރިލާ ފިލްމު "މެރީ ކްރިސްމަސް" އިންނެވެ.
ކެޓްރީނާ މާބަނޑު ކަމަށް މީގެ އަހަރެއްހާ ދުވަސްކުރިން ވެސް އަޑު ފެތުރުނެވެ. އެކަމަކު، ވިކީ ވަނީ ފަހުން އެ ވާހަކަ ދޮގުކޮށްފަ އެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ ޑިސެމްބަރު 9، 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އފތ
13 August 2025
ތަންކޮޅެއް ރަނގަޅަށް ކައި ބަނޑު ބޮޑު ކޮށްލާ، ދޫހެދުމެއް ލާ ނުވަތަ ރަނގަޅަށް ބަނޑު ހުސްނުވެ ބަނޑު ފުއްޕައިފިއްޔާ ވެސް މި އިންޑިއާ މީހުންނަށް ހީވާނީ ބަނޑު ބޮޑުވީ އޭ. ސަލާމަތެއް ނެތް. އޭނާއާ އިހަކަށް ދުވަހު މި ޤައުމުގެ ޓްއަރިޒަމް ޕްރޮމޯޓް ކުރަން ހަވާލު ކުރީ. ބަނޑު ބޮޑު ވުން ޕްރޮމޯޓް ކުރާކަށް ނޫން މިލިއަނުން ޚަރަދު ކުރާނީކީ
ސުންދުސި
11 August 2025
42 އހަރުގަ ވެސް ކުދިން ލިބޭނެ! 49 އހަރުގަ ވެސް އެކަމަކު ބޭރުމީހުން ހިޔެއްނުވޭ އެ އުމުރުގަ ދަރިން ހޯދާނެހެން!
ޖަމާނީ
11 August 2025
މީނަޔަށް ދިވެހި ދައުލަތުން މިލިއަނުން ލާރި ހަރަދުކުރީމަވެސް ދުވަހަކުވެސް ނުފެނޭ ރާއްޖޭ އިސްތިހާރު ކުރަން އުޅޭތަނެއް. މީގާ މީނާ ނޫނީ ރާއްޖޭގެ ޓޫރިސްޓް މިނިސްޓުރީ ވައްކަން ކުރަނީ
2025
11 August 2025
މިކަހަލަ މީހުން މޯޑިސްގެ އެންބެސަޑަރުންނަށް ފިލްމެއްނުކުޅޭތާ 1 ޔެއަރ..... ބޮއިހަލަކި
ސަގާފީ މޫސަ
11 August 2025
އަވަހަށް ބޮޑިބަތް ކައްކާ، ދުންއަޅާ، ބޮޑުމާލޫދު ކިޔައި، ބޮޑުބެރު ޖަހަންވީ. ފަނުން ވިޔެފަ ކުޑަ ޓްރޯލީ އެއްވެސް ވާނެ ހަދިޔާ ކުރަން.
އެހެންޏާ
13 August 2025
އަހަރެމެން ރާއްޖޭގެ އެމްބެސެޑަރޭ އެއީ... ތިޔަ ހުރިހާ ކަމެއްވެސް ކުރަންވާނެ މިފަހަރު.