ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަންކޫކް އަސްކަރީ ޔުނީފޯމުގައި.
13 ޖޫން 2025 - 11:01
އަސްކަރީ ހިދުމަތަށް ފަހު ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަންކޫކްގެ ގެޔަށް ދިޔަތަނާ އޭނާގެ ގެއަށް ވަގަށް ވަންނަން އުޅުނު އަންހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ކޮރެއާގެ ވެރިރަށް ސޯލްގައި ހުންނަ ޖަންކޫކްގެ ގެއަށް ވަގަށް ވަންނަން އުޅުނު އަންހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 30 އަހަރުން މަތީގެ ޗައިނާ އަންހެނެއް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެ އަންހެން މީހާ ވަނީ ޖަންކޫކްގެ ގޭގެ ދޮރުގެ ސްމާޓް ލޮކުގެ ޕިންކޯޑު ޖަހަން އެތައް ފަހަރަކު މަސައްކަތްކޮށްފަ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ޖަންކޫކްގެ އަވަށްޓެރިއެއް ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ރިޕޯޓްތައް ބުނީ އެ އަންހެން މީހާ ކޮރެއާއަށް ދިޔައީ ޖަންކޫކް އަސްކަރީ ހިދުމަތް ނިންމައި އަނބުރާ ގެއަށް ދިއުމުން ސީދާ އޭނާ ދެކިލަން ބޭނުންވެގެން ކަމަށް އޭނާ ފުލުހުން ގާތުގައި ބުނެފައިވާ ކަމަށެވެ.
ކޮރެއާގެ އެންމެ މަޝްހޫރު ބޯއީ ބޭންޑް ބީޓީއެސްގެ ލަވަކިޔުންތެރިން ކަމަށްވާ ޖަކްކޫން އާއި ޖިމިން މިހާރު ވަނީ ދެ އަހަރު ދުވަހުގެ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފަ އެވެ. ޖަކްކޫން އާއި ޖިމިން އަސްކަރީ ހިދުމަތުން ވީއްލުމާއެކު، އެމީހުންގެ ފޭނުން ވަނީ ބޮޑު އިވެންޓެއް ބާއްވައި ވަރަށް ފޯރިގަދަކޮށް އެކަން ފާހަގަ ވެސް ކޮށްފަ އެވެ.
ބީޓީއެސްގެ ޝުގާ ފިޔަވާ ހުރިހާ މެމްބަރުން މިހާރު ވަނީ އަސްކަރީ ހިދުމަތް ފުރިހަމަކޮށްފަ އެވެ. އެހެންވެ، ފޭނުން މިހާރު ތިބީ މުޅި ބޭންޑުގެ ރީޔުނިއަނަކަށް ވަރަށް ބޮޑަށް ބޭނުންވެފަ އެވެ.
ދެކުނު ކޮރެއާގެ ޒުވާން ފިރިހެނުން ދެ އަހަރު މުއްދަތަކަށް އަސްކަރިއްޔާއަށް ހިދުމަތްކޮށްދިނުން ގާނޫނީ ގޮތުން ލާޒިމްކުރެ އެވެ. ނަމަވެސް، ގައުމަށް ޝަރަފު ލިބޭ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވަނަތައް ހޯދާ ކުޅުންތެރިންނާއި ފަންނާނުން އެކަމުން އިސްތިސްނާކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާަފިއުޅި
13 June 2025
ބޯއީ ބޭންޑޯ. ބޮޑެތި ފިރިހެނުން އަންހެން ހެދިފަ މި ތިބެނީ.
ފިއުޅިބޯ
14 June 2025
ޔޫ ރޭސިސްޓް ގާއި
ބަކުންބެ
15 June 2025
ކިމު ސުޔޫނުގެ ސަލާން