ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން: ބްރިޓެއިންސް ގޮޓް ޓެލެންޓުގެ އޮޑިޝަނުން އެ ބޭންޑަށް ވަނީ ފުރުސަތު ލިބިފައި.
30 ޖޫން 2025 - 12:30
އިނގިރޭސިވިލާތުގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބްރިޓެއިންސް ގޮޓް ޓެލެންޓު"ގެ 19 ވަނަ ސީޒަންގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޒުވާން ބޭންޑް "ޓޫ އޮފް އަސް"އަށް ލިބިއްޖެ އެވެ.
"ޓޫ އޮފް އަސް" އިން ނެރުނު ބަޔާނެއްގައި ބުނީ "ބްރިޓެއިންސް ގޮޓް ޓެލެންޓު"ގެ އޮންލައިން އޮޑިޝަން ސްޓޭޖުން ފާސްވެ، އެ މުބާރާތުގެ އޮޑިޝަންގެ ދެން އޮތް ބުރަށް އެ ބޭންޑު މިހާރު ދަތުރުކޮށްފައިވާ ކަމަށެވެ.
އޮޑިޝަންގެ ދެވަނަ ބުރުގައި ބައިވެރިވުމަށް އެ ބޭންޑަށް ޖެހެނީ ލަންޑަނަށް ދާށެވެ. މިހާރު އެ ބޭންޑަށް ވަނީ ރަސްމީކޮށް އެ ދައުވަތު ވެސް ލިބިފަ އެވެ.
އެ އޮޑިޝަން ބާއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ.
"ބްރިޓެއިންސް ގޮޓް ޓެލެންޓް"އަކީ އެކި ކަހަލަ ހުނަރު ދައްކާލުމަށް ހާއްސަކޮށް ގެނެސްދޭ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ރިއަލިޓީ ޝޯއެވެ.
އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި މި އަހަރު ވާދަކޮށް، "ޓޫ އޮފް އަސް"އަށް ވަނީ އެ މުބާރާތުން ތިންވަނަ ލިބިފަ އެވެ. އެ ބޭންޑަށް ގިނަ ބައެއްގެ ލޯބި ލިބި، މަޝްހޫރުވީ ވެސް އެ މުބާރާތުންނެވެ.
އެ މުބާރާތުން ލިބުނު މަޝްހޫރުކަމުގެ އެ ބޭންޑުން ވަނީ އޮލިމްޕަހުގައި ހައުސްފުލް ދެ ޝޯ ވެސް ބާއްވައިފަ އެވެ.
އޭގެފަހުން މާލެ އާއި ރަށްރަށުގައި ވެސް އެ ބޭންޑުން ޝޯތައް ދީފައިވެ އެވެ. މިފަހަރު ބޮޑު އީދުގައި ރަށްރަށުގައި ޝޯ ދިނުމަށް އެންމެ ޑިމާންޑު ބޮޑުވީ ވެސް އެ ބޭންޑަށެވެ.
ފަސް މެމްބަރުންގެ އެ ބޭންޑުގައި އުޅެނީ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަދު2.1
01 July 2025
ރާއްޖޭގެ އަގު ދުނިޔެ ކުރިމަތީ ވައްޓަންވެގެން ދޯ މި އުޅެނީ. އިންޑިޔާ މީހުންނަށް ކަމު ދާނެ ކުކުޅެއްހެން އަޑު ލެއްވީމަ އެކަމު ދުނިޔޭގެ ތަހުޒީބު ޤައުމުތަކުގަ ތި ވައްތަރަށް އުޅެގެން ވާނީ ޖޯކަކަށް. އޭރުން އެމީހުންނަށް ހީވާނީ ރާއްޖޭގަ ހަމަ އަސްލައްވެސް އެއްވެސް ހުނަރެއް ނެތިއްޔޭ.
213333
02 July 2025
ބައްޔެއްނު. ޒީރޯ ޑިގުރީއަށްތައް ތި އެއްޗެހި ކިޔަނީ! ހަމަ ައެއަޑު ލަންވަންވީ ހަބޭހަށް.
އަކަ
30 June 2025
"ފައިވް އޮފް އަސް" އަށް ނަން ބަދަލުކޮށްލާކަށް ނުވޭތަ؟
ޙަސޭ
30 June 2025
އިންޑިއާގަ ކިތައްގުރޫޕާ ވާދަކޮގެންބާ 3 ވަނަލިބުނީ
ބަބަވޖ
30 June 2025
ބަލައްޗޭ އެމީހުްނކުރާ ކޮމެންޓު ގޯސްވެފައި އޮންނާނީ.
ބޯތް އޮފް އަސް
30 June 2025
އެތަނައްގޮސް ލޯބީގެ ހިންދީ ލަވަ ކިޔާ ރާއްޖެ ބޭންޑެކޭ ކިޔާފަ.
ފަންކާ
30 June 2025
ލޮލް