"ޖޯލީ އެލްއެލްބީ"ގެ ޕޯސްޓަރެއް.
13 އޯގަސްޓް 2025 - 11:40
ބޮލީވުޑްގެ ކޮމެޑީ ކޯޓްރޫމް ޑްރާމާ ފިލްމު "ޖޯލީ އެލްްއެލްބީ"ގެ ތިންވަނަ ފިލްމު އަންނަ މަހު ރިލީޒްކުރާނެކަން އިއުލާންކޮށްފި އެވެ.
އެ ފިލްމުގެ ގެނެސްދޭ ސްޓާ ސްޓޫޑިއޯސް އިން މިހާރު ވަނީ އެ ފިލްމުގެ ކުރު ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ.
އަކްޝޭ ކުމާރާއި އަރްޝަދު ވަރްސީ އަދި ސޯރަބް ޝުކްލާ ލީޑު ރޯލުތައް ކުޅޭ "ޖޯލީ އެލްއެލްބީ 3" ރިލީޒްކުރަނީ އަންނަ މަހު 19 ގަ އެވެ.
"ޖޯލީ އެލްްއެލްބީ 3"ގައި މުހިންމު ރޯލުތަކުން ހުމާ ގުރޭޝީ އާއި އަމްރިތާ ރާއޯ އަދި ގަޖްރަޖް ރާއޯ ވެސް ފެންނާނެ އެވެ.
"ޖޯލީ އެލްްއެލްބީ"އަކީ ކޯޓްރޫމްތަކުގައި ހިނގާ ޝަރީއަތްތަކުގެ ކަންކަން މަޖާގޮތަކަށް ގެނެސްދޭ ފިލްމުތަކެކެވެ. މި ފިލްމުތަކުގައި އަކްޝޭ އާއި އަރްޝަދު ކުޅެނީ ވަކީލުންގެ ރޯލެވެ. އަދި ސޯރަބްއަކީ ގާޒީ އެވެ.
"ޖޯލީ އެލްްއެލްބީ 3" ޑައިރެކްޓުކުރަނީ ފުރަތަމަ ދެ ފިލްމު ވެސް ގެނެސްދިން ސުބާޝް ކަޕޫރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy