ބޮލީވުޑްގެ އެކްޓްރެސް ޖަޔާ ބައްޗަން އޭނާގެ ފޭނެއް ގައިގައި ޖަހަނީ.
13 އޯގަސްޓް 2025 - 11:39
ބޮލީވުޑްގެ އެކްޓްރެސް އަދި އިންޑިއާގެ މަޖިލިސް މެމްބަރު ޖަޔާ ބައްޗަން ރުޅިއައިސް މީހެއް ގައިގައި ޖަހައިފި އެވެ.
ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ޖަޔާގެ ފޭނެއް ކަމަށް ބެލެވޭ މީހަކު އޭނާއާ އެކު ސެލްފީއެއް ނަގަން ކައިރިވުމާއެކު ޖަޔާ ވަނީ އެ މީހާ ކޮއްޕާލައި އޭނާ ގައިގައި ޖަހައިފަ އެވެ.
"ކަލޭ ކީއްތިކުރަނީ؟ މިއީ ކޮންފަދަ ކަމެއް،" ޖަޔާ ރުޅިއައިސްގެން އެ މީހާއާ ދިމާލަށް ބުންޏެވެ.
ޖަޔާއަކީ އަބަދުވެސް އޭނާގެ ފޭނުންނާއި ޕަޕަރާޒީންނާ ވެސް ވަރަށް ރުންކުރުކޮށް މުހާތަބުކޮށް އުޅޭ މީހެކެވެ. އަދި ޕަޕަޒާރީން އޭނާގެ ފަހަތުން ދާތީ އަބަދުވެސް ރުޅިއައިސްގެން އޭނާ އެކަމާ ހިތްހަމަނުޖެހޭކަން އަންގަ އެވެ.
ޖަޔާ އެގޮތަށް ކަންތައްތައް ކުރާތީ އާންމުންގެ ފާޑުކިޔުން އޭނާއަށް ވަރަށް ބޮޑަށް ލިބެ އެވެ.
މި ވީޑިއޯ އާންމުވުމާއެކު މިފަހަރު ޖަޔާއަށް އެންމެ ބޮޑަށް ފާޑުކިޔާފައި ވަނީ ބޮލީވުޑްގެ އެކްޓްރެސް އަދި އިންޑިއާގެ މަޖިލިސް މެމްބަރު ކަންގަނާ ރަނާވަތެވެ.
ކަންގަނާގެ އިންސްޓަގްރާމް ސްޓޯރީގައި މި ވީޑިއޯ އިއްޔެ ޕޯސްޓުކޮށް އޭނާ ބުނީ ޖަޔާއަކީ "ނުލަފާ އަންހެނެއް" ކަމަށެވެ.
"ނުބައިނުލަފާ އަދި ވަރަށް ބޮޑާ އަންހެނެއް. މީހުން އޭނާގެ މި އަމަލުތައް ތަހައްމަލުކުރަނީ އޭނާއަކީ އަމީތާބް ބައްޗަންގެ އަނބިމީހާއަށް ވީމަ،" ކަންގަނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަޔާ ޖީ
13 August 2025
ތަންކޮޅެއް މަޑުން ޖެހުނީ! ރޭކާއި ވާހަކަ ދައްކާތީ ބީ ވެސް ހުންނާނީ ގޭގައި ސައިޒުކޮށްފައި
ރޭ ކަ
13 August 2025
މީނާގެ ހުތުރު އަމަލު ފެނިފައި ހީހީ ހަލާކު ނުވީ ކިރިޔާ!
ޝޯލޭ، ޤައްބަރު
13 August 2025
ކަންގަނާ ބުންޏަސް ތެދެއް ވާނީ ތެދަކަށް. ތި ޖާޔާ އަކީ ވަރަށް ކިބުރުވެރި ބޮޑާ އަންހެނެއް. އަމީތާބް އާއި އިދެގެން އުޅޭތީ، އަދި ވަކިން ކަންތައް ބޮޑު. ޖާޔާ ތީ އަމީތާބް ފިލްމު ކުޅެން ނިކުތީމަ، އިސްކޮޅުން ދިގު މީހުންނަކަށް ފިލްމެއް ނުކުޅެވޭނޭ ކިޔާފަ އެއްޗިހި ވެސް ކީ މީހެއް. އޭރުވެސް ޖާޔާ ފިލްމު ކުޅޭ. އެކަމަކު އަމީތާބް އެހެން އެންމެނަށް ވުރެ ބޮޑަށް މަަަޝްހޫރު ވެގެން ދިޔައިމަ، ޖާޔާ އަށް މާ ކަމުދިޔައީ. ވަރަށް ފޫހި އަންހެނެއް.
ޕިކުނިކު
13 August 2025
ކަންގަނާ ހަމަ ވަގުތުގެ ބޭނުން ހިފާލިއްޔޭ ދޯ
ސަސީ ކަޕޫރު
13 August 2025
އަމީތާބަށްވެސް މިނޫން މީހަކު ނުފެނުނު ވިއްޔަ އިންނާކަށްވެސް ރޭކާމެން މާ ރަނގަޅު
ޚަން ގަނާ
13 August 2025
ފީކަޅާ ނުބައިނުލަފާ ބޮޑާ ކިބުރުވެރި އަންހެނެއް! ވަރަށް ފޫހި!!