ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ރަންބީރް ކަޕޫރާއި އާލިއާ ބަޓް އާއި އެމީހުންގެ ދަރިފުޅު ރަހާ ކަޕޫރް.
26 އޯގަސްޓް 2025 - 11:24
ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް ރަންބީރް ކަޕޫރާއި އާލިއާ ބަޓް އަންނަ އޮކްޓޯބަރު މަހު އެމީހުންގެ އާ ގެޔަށް ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރަންބީރާއި އާލިއާ ބަދަލުވަނީ އިންޑިއާގެ މުމްބާއީގައި ފިލްމީ ތަރިން ވަރަށް ގިނައިން ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ ބެންޑްރާގައި ހުންނަ ގެއަކަށެވެ. އެއީ ރަންބީރުގެ ކާފަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރުގެ ގެ އެވެ.
އެ ގެއަކީ 2022 ވަނަ އަހަރުގެ އެޕްރީލް މަހު އެމީހުން ކައިވެނިކުރުމުގެ ކުރިން، ކައިވެންޏަށް ފަހު ދިރިއުޅެން މަރާމާތުކުރަން ފެށި ތަނެކެވެ. އެ ގެ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވީ އިރު، މިހާރު ވަނީ މަސައްކަތް އެއްކޮށް ނިމެން ކައިރިވެފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ހަ ބުރިއަށް އިމާރާތްކޮށްފައިވާ އެ ގެއަކީ 250 ކްރޯޑް ރުޕީސް (28.5 މިލިއަން ޑޮލަރު)ގެ އަގު ހުރި ގެއެކެވެ. އެ ގޭގެ ހުރިހާ ބެލްކަންޏަކާއި ގޭގެ ގޯތިތެރޭގައި ހުރީ ގަސް އިންދާ ފެހިކޮށްފަ އެވެ.
އެ ގެއަށް އެ ދެމަފިރިންނާއި ދަރިފުޅު ބަދަލުވާނީ ދިވާލީއާ ދިމާކޮށް އަންނަ އޮކްޓޯބަރު މަހުގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
އާލިއާ އާއި ރަންބީރްގެ ދަރިފުޅު ރަހާ ކަޕޫރަށް އަންނަ ނޮވެމްބަރު މަހުގެ ތިން އަހަރު ފުރޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔާސްޓޯރު
26 August 2025
ހަބަރު ލިބެނީ ހިޔާ 8 ގެ ޕެންޓްހައުސް އެއް ގަނެގެން ބަދަލު ވަނީކަމަށް.