ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން.-- ފޮޓޯ: އޭއެފްޕީ
02 ނޮވެމްބަރ 2025 - 10:43
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް ފިލްމު ފެސްޓިވަލެއް އިއްޔެ ފަށައިފި އެވެ.
މިއަދަކީ ޝާހުގެ 60 ވަނަ އުފަންދުވަހެވެ.
އިންޑިއާގެ ޕީވީއާރު އިން އިންތިޒާމުކޮށްގެން ބާއްވާ އެ ފިލްމު ފެސްޓިވަލުގައި ޝާހުގެ އެންމެ މަޝްހޫރު ފިލްމުތައް އިންޑިއާގެ އެކި ސިނަމާތަކުގައި ދައްކަން ވަނީ ނިންމައިފަ އެވެ. އަދި ވައިއާރުއެފް އިންޓަނޭޝަނަލް މެދުވެރިކޮށް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ފިލްމުތައް އަޅުވަން ވަނީ ނިންމައިފަ އެވެ.
އެ ފެސްޓިވަލުގައި ދައްކާ ފިލްމުތަކުގެ ތެރޭގައި "ދިލް ސޭ"، "ކަބީ ހާން ކަބީ ނާ،" "މެއި ހޫ ނާ"، "އޯމް ޝާންތި އޯމް"، "ޗެންނާއީ އެކްސްޕްރެސް" އަދި "ޖަވާން" ހިމެނެ އެވެ.
ޝާހުގެ ކުރިއަށް އޮތް ފިލްމަކީ އެކްޝަން ތުރިލާ "ކިންގް" އެވެ.
ސިދާތު އާނަންދު ޑައިރެކްޓުކުރާ "ކިންގް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރެވެ. އެ ފިލްމުގައި ޝާހުއާ އެކު އޭނާގެ ދަރިފުޅު ސުހާނާ ޚާން ވެސް ފެންނާނެ އެވެ. އަދި މުހިންމު ރޯލުތަކުން ދީޕިކާ ޕަޑުކޯން އާއި އަބީޝެކް ބައްޗަން އަދި ޖައިދީޕް އަހްލަވަތު ވެސް ފެންނާނެ އެވެ.
ޝާހު އަންނަނީ ވައިއާރުއެފްގެ "ޓައިގާ ވާސަސް ޕަތާން"ގައި ވެސް މަސައްކަތްކުރަމުންނެވެ. ވައިއާރުއެފްގެ ސްޕައި ޔުނިވާސްގައި ހިމެނޭ އެ ފިލްމުގައި ޝާހު ފެންނާނީ ސަލްމާން ޚާންއާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
02 November 2025
ކަލޯ ދެން ނެތްތަ ކަރުގަ އަޅާލާނެ އެއްޗެއް.....ބޮއިހަލަކި
ސދފސދފ
02 November 2025
އުފާކުރޭ. މީ ހަމަ ހިނދުކޮޅެއް. ނޭނގި ތިއްބައި ހިނގައިދާނެ