ކާޑީ ބީ ސައުދި އަރަބިއްޔާގައި: އޭނާ ބުނީ ހީނުކުރާ ވަރަށް އެ ގައުމުގެ މީހުން ހެޔޮކޮށް ހިތާ ކަމަށް.
14 ޑިސެމްބަރ 2025 - 10:50
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވި މި އަހަރުގެ ސައުންޑްސްޓޯމް ފެސްޓިވަލުގައި އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ ރޭ ޕާފޯމްކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ކާޑީގެ ޕާފޯމަސް ބަލަން ރޭ 30،000 އަށް ވުރެ ގިނަ މީހުން ދިޔަ އެވެ. ފޯރިގަދަ އެ ޝޯގެ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
Cardi B now becomes the first Global Superstar has the biggest crowds in the soundstorm festival this year in Saudi Arabia !♥️🇸🇦!
— RAP LEGEND!♥️👑✨ (@queen_fan0) December 13, 2025
THE TICKETS ARE SOLD OUT! pic.twitter.com/6C5YTLpKDM
ކާޑީ އަންނަނީ ސައުދީގައި އޭނާ ކުރާ ތަޖުރިބާ ވެސް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކުރަމުންނެވެ.
ސައުދީގައި އޭނާގެ ފޭނުން ތިބޭ ކަމަށް ކުރިން ހީނުކުރާ ކަމަށާއި އެކަމަކު ސައުދީގައި އޭނާ ނުދަންނަ މީހަކު ނެތްކަން މިހާރު އެނގިއްޖެ ކަމަށް ކާޑީ ބުންޏެވެ.
"އެންމެ ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް އަހަރެން އެނގޭ. ހީވަނީ އެމީހުންގެ ރާނީއަކަށް އަހަރެން ހަދަން ބޭނުންވަނީހެން. މިތަނުގެ މީހުން ވަރަށް ހިތްހެޔޮ،" ކާޑީ ބުންޏެވެ.
Cardi B talks about her experience in Saudi Arabia on Instagram live. pic.twitter.com/GxXTOAD5iS
— ໊ (@cardibnet) December 12, 2025
ސައުދީގެ ތަރައްގީ ފެނި ހައިރާންވާ ކަމަށާއި އެހާ "ލަގްޒަރީ" ތަނަކަށް އަދި ނުދެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ކާޑީ ބުނީ ސައުދީގެ ގަވާއިދުތަކަށް އޭނާ ހުރުމަތްތެރިކޮށް ހިތާނެ ކަމަށެވެ. އެހެންވެ، ހެދުން އަޅަނީ ވެސް އެތަނުގެ ސަގާފަތަށް އިހުތިރާމުކުރެވޭނެ ގޮތަށް ކަމަށް އޭނާ ބުންޏެވެ.
ކާޑީގެ ލަވަތަކުގައި ވަރަށް ގިނައިން ބޭއަދަބީ ބަސްތައް ހުންނަ ނަމަވެސް، ރޭގައި އޭނާ ހުށަހެޅި ހުރިހާ ލަވައަކުން ވަނީ އެ ބައިތައް ވެސް އުނިކޮށްފަ އެވެ.
ސައުދީ ސަރުކާރުގެ މުނިފޫހިފިލުވުމަށް ހާއްސަ ކުންފުނިން އިންތިޒާމުކޮށްގެން ބާއްވާ ސައުންޑްސްޓޯމް ފެސްޓިވަލަކީ މެދު އިރުމަތީގެ ގައުމުތަކުގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު މިއުޒިކް ފެސްޓިވަލެވެ. ތިން ދުވަހުގެ އެ ފެސްޓިވަލް ނިންމާލީ ރޭގަ އެވެ. މިއީ މި ފެސްޓިވަލް ބޭއްވި ހަ ވަނަ އަހަރެވެ.
Everything is mashallah, mashallah, 😭pic.twitter.com/rmvwBhGENQ
— RAP LEGEND!♥️👑✨ (@queen_fan0) December 13, 2025
މި އަހަރުގެ ފެސްޓިވަލުގައި ކާޑީގެ އިތުރުން ވެސް ވަރަށް ގިނަ އާޓިސްޓުން ވަނީ ޕާފޯމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
15 December 2025
ކަލޯ ސޭހުންތައް ސަލާމަތުންތަތިބީ.......ބޮއިހަލަކި
ކަތްދަ ބީ
14 December 2025
މީނަ ހާދަ ވައްތަރޭ އަޝްފާއާ. އަޝްފާ ގެންދޭ ރާއްޖޭން ޝޯ ދޭން.
ފޮނިފޮނިޓައްޕު ކުމާރު
14 December 2025
ހިތްހެޔޮމީހުން ދައްކާލާނަން. އާދެބަލަ ރާއްޖެ.
އޮނު
14 December 2025
އަހަރެމެން ގޭދޮށުކުއްޖަކާ ހާދަވައްތަރޭ.
އައިޝަތު ބިންތު ކާޑީ
14 December 2025
މިހާރު ރާއްޖެ އެކަނި އޮތީ ދުނިޔޭގައި މުސްލިމު ގައުމަކަށް. ސައުދީއަށް ވުރެ ވެސް ދީންވެރި. ހަހަހަ
ސުކުރުﷲ
14 December 2025
ރައްޖެ މި ދިޔައީ ފަހަތަށް ޑިމްކްރަސީ އާ އެކު އެއްކޮޅުން ވިސްނާ ސަލަފީ ޝޭހުން ނަށް ލިބުނު މިނިވަން ކަމުގަ ބަސްބުނެ ސިޔާސީ ވުމުން! އެކަމަކު ސަލަފީ ފިކްރު ފެށުނު ސައުޑިން ދަނީ ކުރިމަގަށް ތަފާތު ދައްކަމުން! ހިންދީ ތަރިން ވެސް ތި ފެސްޓިވަލް ގަ ހަރަކާތްތެރި ވެ އެވޯޑް ވެސް ހޯދި ކަމަށް ވަނީ
ބިންބިސްބޫރި
14 December 2025
އަލިފާނޯއް. އައްޗަކަޗާޑި
ޙަމްދާން އަލީ
14 December 2025
ހާދަ ރީއްޗޭ މި ގޮތަށް ހެދުން ލީމާ.
ގޯޓު
14 December 2025
ޝޭހުންވެސް ޝޯބަލަން ނުކުތްތަ؟