މުނިފޫހިފިލުވުން / ފާތިމަތު ނަހުލާ

ނަހުލާގެ "ބޮސް"ގެ ޑައިރެކްޓަރަކަށް ރިޝްމީ

ރިޝްމީ (ކ) އާއި ނަހުލާ. -- ފޮޓޯ: މިހާރު

ފާތުމަތު ނަހުލާ ލިޔެ، ޕްރޮޑިއުސް ކުރާ ލޯބީގެ ފިލްމު "ބޮސް" ޑައިރެކްޓްކޮށް ދޭން ލިބުނު ފުރުސަތު ބޭނުންކުރާނެ ކަމަށް ބަތަލާ ރިޝްމީ ބުނެފި އެވެ.

ނަހުލާގެ މި ފިލްމު ޑައިރެކްޓްކޮށް ދޭން ރިޝްމީ އަށް ހުށަހެޅީ އޭނާގެ އާއިލީ ފިލްމު ކުންފުނި ޔާރާ ޕްރޮޑަކްޝަނުން އުފެއްދި "ވިޝްކާ"ގެ ޕްރިމިއާގެ ހަވާސާގައި ކަމަށްވެ އެވެ.

ރިޝްމީ ބުނީ "ބޮސް" ގެ ޑައިރެކްޝަނާ ހަވާލުވީ، ނަހުލާއާ އެކު މަސައްކަތްކޮށްލަން އަނެއްކާވެސް ފުރުސަތެއް ލިބުމުން، އެ ފުރުސަތު ދޫކޮށްލަން ބޭނުން ނުވާތީ ކަމަށެވެ.

ރިޝްމީ ވަނީ މީގެ ކުރިން ނަހުލާއާ ގުޅިގެން 13 އެޕިސޯޑްގެ ޑްރާމާއެއް ޑައިރެކްޓްކޮށްފަ އެވެ. އެއީ އޭނާ މުހިއްމު ރޯލެއް ވެސް ކުޅުނު "ވަކިވުމުގެ ކުރިން" އެވެ.

"ބޮސްއަކީ ނަހުލާގެ ސްކްރިޕްޓަކަށް ވެފައި، މީގެ ކާސްޓާ ދޭތެރޭ ވެސް އަސްލު ވަރަށް ހިތްހަމަޖެހޭތީ ޑައިރެކްޝަނާ ހަވާލުވާން ނިންމީ،" ރިޝްމީގެ ކޮއްކޮ މަރިޔަމް އައްޒަ ބަތަލާގެ ރޯލް ކުޅޭ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

"އަނެއްކާ މި ފިލްމުން އާ އެކްޓަރަކު ފިލްމީ ދާއިރާ އަށް ތައާރަފުވެގެން ދާތީ އެ ވެސް އަސްލު ވަރަށް ލުކްފޯވާޑް ކުރާ ކަމެއް. އުންމީދު ކުރަނީ ވަރަށް ސްމޫތުކޮށް މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ކަމަށް."

"އަސްލު ވަރަށް ޒަމާންކޮށްފައި ފިލްމެއް ޑައިރެކްޓް ކުރަން މި ނިކުންނަނީ. އެހެންވެ ވަރަށް ތައްޔާރުވެގެން މިކަން ކުރަން ނިކުންނާނީ،"

"ބޮސް" ގެ ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެ އެވެ. އަދި ބަތަލާ ފާތުމަތު އާޒިފާ (އަޒޫ) އަށް ވެސް ފިލްމުގެ މުހިއްމު ރޯލެއް ވަނީ ހުށަހަޅައިފަ އެވެ.

ރޯދައިގެ ފަހުން ޝޫޓިން ފަށަން ހަމަޖައްސާފައިވާ އިރު "ބޮސް" ސިނަމާ އަށް އަންނާނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސްދޭ މި ފިލްމްގެ ޝޫޓިން އަށް ނަގާނީ މަހެއްހާ ދުވަސް ކަމަށްވެ އެވެ.

ރިޝްމީ ބުނީ ހަތް އަހަރު ފަހުން ފީޗާ ފިލްމެއްގެ ޑައިރެކްޝަނަކާ ހަވާލުވި އިރު، ވަރަށް ރަނގަޅަށް ފިލްމަށް ތައްޔާރު ވާނެ ކަމަށެވެ.

އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2010 ގައި ރިލީޒް ކުރި ޔާރާގެ "ފަނާ" އެވެ.

"އަސްލު ވަރަށް ޒަމާންކޮށްފައި ފިލްމެއް ޑައިރެކްޓް ކުރަން މި ނިކުންނަނީ. އެހެންވެ ވަރަށް ތައްޔާރުވެގެން މިކަން ކުރަން ނިކުންނާނީ. ޑައިރެކްޝަނާ ދުރުގައި ހުރި ނަމަވެސް، ޓިޕްސް ހޯދުން ކަހަލަ ކަންކަން އަބަދު ވެސް ކުރަން،" ކުރިން ނެރުނު "ހުކުރު ވިލޭރޭ" ވެސް ޑައިރެކްޓް ކުރި ބަތަލާ ބުންޏެވެ.

"ބޮސްގެ ޑައިރެކްޝަނާ ހަވާލުވިކަން އެނގިގެން ވިޝްކާގެ ޑައިރެކްޓަރު ރަވީގެ ފަރާތުން ވެސް ވަރަށް ޓިޕްސް ލިބޭ މިހާރު. ކޮންމެ ވަގުތެއްގައި ވެސް ރިޝްމީ ހެލްޕެއް ބޭނުން ކަމަށް ވަންޏާ ރަވީގެ ފަރާތުން އެ ސަޕޯޓް ލިބޭނެ ކަމަށް ބުނެފައި އެބަ އޮތް. އެހެންވެ އެ ވެސް އަސްލު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދެން ނަހޫއާ އެކު ވަރަށް ރަނގަޅަށް މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެކަމާ ދޭތެރޭ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް."

ނަހުލާ ބުނީ "ބޮސް" ހަދަން ނިންމި ހިސާބުން ވެސް އޭގެ ޑައިރެކްޝަން ހަވާލުކުރަން ބޭނުންވީ ރިޝްމީއާ ކަމަށެވެ. އަދި ރިޝްމީއާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ބުންޏެވެ.

10 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 12%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕެނިކްފަރީދާ

10 April 2017

ނަހުލާ ތީތީ ހަވާލު ކުރަންވީ ޓެޑްރީއާ.

The name is already taken The name is available. Register?

ނޯ

10 April 2017

ބޭރުން ބިރިޔާނީ ލިބެންހުއްޓާ ނޮޓް ގަރުދިޔަ ޕްލީޒް ނޯ އައްޒަ ސަމްތިންގް ނިޔު ޕްލީޒް ނަހޫ

The name is already taken The name is available. Register?

ރެކްސް

10 April 2017

ނަހޫ ނޮޓް އައްޒަ އަގެއިން. ޜޮމް ވާކަށް ނެގޭ. ޜިޝްމީ ގުޑްލަކް.

The name is already taken The name is available. Register?

ޗިއްޕެ

10 April 2017

ޢައްޒަ ކަމަކު ނުދޭ ލޯބީގެ ބައި ކުޅެން.

The name is already taken The name is available. Register?

ރޮޑް

10 April 2017

ޢައްޔާ ކާކު ބުނެގެން ތިބުނީ. ތިފިލްމުގަ އެވޯޑެއް ލިބިފަ ހުރީ އަޒޫ އެކަނި. ޙީ ހި .

The name is already taken The name is available. Register?

އައްޔަ

10 April 2017

އަޒޫ ކަަމަކުނުދޭ އެކްޓިންއަކަށް. ޝީލާ ތިފިލްމުން ފެންނާނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

މަދޫ

10 April 2017

ކީކޭ ދެން ބުނާނީ..

The name is already taken The name is available. Register?

ވިސްނާލީމާ

10 April 2017

ބޮސްއަކީ 100 ގެ ފިލްމަކަށް ހަދަން ނަހޫ ވަރަށް މަސައްކަތްކުރާނެ! ރިޝްމީ އެހުރީ ހަމަ އެއްޗެއް ހަދާފާ ދޫކޮށްލާ ހިތަކުންނޫން! އަދި ނަހޫއަކީވެސް ބޮޑު މަސައްކަތެއް ހަވާލުކޮށްފާ އަތްއުރާލައިގެން ހުންނާނޭ ފަރާތެއްވެސްނޫން! އެހެންވީމާ ނަހޫގެ މަސައްކަތް ހަމަ ހަބޭސްވާނެ! ބޭނުންވަނީ މިއަހަރުތެރޭ ތިޔަފިލްމުވެސް ބަލާލުމުގެ ފުރުސަތު ލިބުން! އަސްލު މިކަމާދޭތެރޭ ނަހުލާއަކަށް ހިތްބަރެއް ނުކުރަން! އެޔަގީންކަން އޮންނާތީ! -އިބްރާހީމް-

The name is already taken The name is available. Register?

ޖޭމް

11 April 2017

ރިޟްމީ ގަދަކަލޭ

The name is already taken The name is available. Register?

އަހުމަދު

10 April 2017

ހަހަހަހަހަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454