17 އެޕްރީލް 2019 - 07:40
އޭ ލިސްޓް ތަރިންތަކެއް ހިމެނޭ އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ބިގް ލިޓްލް ލައިސް" ގެ ދެވަނަ ސީޒަން ދައްކަން ފަށާ ތާރީހު އިއުލާންކޮށްފި އެވެ.
އޭގެ ޓީޒާއެއް ގެނެސް ދިނުމަށް ފަހު، އެޗްބީއޯ އިން ބުނީ ގިނަ ބަޔަކު އިންތިޒާރުކުރާ ސިލްސިލާ ދައްކަން ފަށާނީ ޖޫން މަހުގެ 9 އިން ފެށިގެން ކަމަށެވެ.
"ބިގް ލިޓްލް ލައިސް" ސީޒަން ދޭއްގެ ކާސްޓުންގެ ތެރޭގައި ނިކޯލް ކިޑްމަން، ރީޒް ވިދަސްޕޫން، ޝެއިލީން ވުޑްލީ، ޒޯއީ ކްރަވިޒް، ލައުރާ ޑާން އަދި އަލަށް ކާސްޓާ ގުޅުނު ތަޖުރިބާކާރު ބަތަލާ މެރީލް ސްޓްރީޕް ހިމެނެ އެވެ.
މި ފަހަރުގެ ސީޒަނުގައި ހިމެނޭނީ ކިތައް އެޕިސޯޑް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ފުރަތަމަ ސީޒަނަށް ވެސް ދެވަނަ ސީޒަން ޝައުގުވެރި ވާނެ ކަމަށް "ބިގް ލިޓްލް ލައިސް" ގެ ޓީމުން ބުންޏެވެ.
I gasped louder than Madeline.#BigLittleLies Season 2 premieres June 9. #BLL2 pic.twitter.com/k2ANnbBArs
— House Box Office (@HBO) April 14, 2019
ދެހާސް ސަތާރައިގައި ގެނެސް ދޭން ފެށި މި ސިލްސިލާގެ ފުރަތަމަ ސީޒަނުގައި ޖުމްލަ 7 އެޕިސޯޑް ގެނެސް ދިނެވެ.
"ބިގް ލިޓްލް ލައިސް" އަކީ އެތައް އެވޯޑެއް ވެސް ހޯދާފައިވާ ސިލްސިލާއެކެވެ. އޭގެ ތެރޭގައި ގޯލްޑެން ގްލޯބް ވެސް ހިމެނެ އެވެ.
އެޗްބީއޯ އިން "ބިގް ލިޓްލް ލައިސް" ސީޒަން ދޭއް ޖޫން 9 ގައި ދައްކަން ފަށަން ނިންމި އިރު، އެ ކުންފުނީގެ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން އާދީއްތަ ދުވަހު ވަނީ ދައްކަން ފަށައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy