"ޕީއެމް ނަރެންދުރަ މޯދީ" ގެ ޕޯސްޓަރެއް.
23 މެއި 2019 - 08:34
"ބާހްބަލީ" އިން ވިދައިލި އެކްޓަރު ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ސާހޯ" އަންނަ އޮގަސްޓް މަހުގެ 15 ގައި ރިލީޒްކުރާ ގޮތަށް ނިންމައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.
މި ފެންޓަސީ/މިސްޓްރީ/އެކްޝަން ތުރިލާއަކީ ސައުތު ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރު ސުޖީތު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ގެނެސްދޭ "ސާހޯ" އިން ބޮލީވުޑްގެ ތަރިންތަކެއް ވެސް ފެނިގެން ދާނެ އެވެ.
އެގޮތުން ފިލްމުގެ ބަތަލާގެ ރޯލުން ޕްރަބާސްއާ އެކު ފެނިގެން ދާނީ ޝްރަދާ ކަޕޫރެވެ. އިތުރު ކާސްޓުންގެ ތެރޭގައި ނީލް ނިތިން މުކޭޝް، ޖެކީ ޝްރޮފް، އެވެލީން ޝަރުމާ އަދި މަންދިރާ ބޭދީގެ އިތުރުން ސައުތު ތަރިންތަކެއް ވެސް ހިމެނެ އެވެ.
ޖުމްލަ 300 ކްރޯޑްގެ ބަޖެޓަކުން ހަދާފައިވާ "ސާހޯ" އަކީ "ބާހްބަލީ" އާ ހިލާފަށް ޕްރަބާސް ވަރަށް ސްޓައިލިޝް ކެރެކްޓާއަކުން ފެނިގެން ދާނެ ފިލްމެކެވެ.
This Independence Day, say Saaho with us ✊🏻
— Shraddha (@ShraddhaKapoor) May 21, 2019
The biggest action movie ever made in India. Prabha’s returns on 15th August 2019. Here is the first look poster!!! 💖 #Prabhas @sujeethsign @UV_Creations @TSeries @SaahoOfficial pic.twitter.com/zN6MNCVVBn
އަދި މިއީ "ބާހްބަލީ" ގެ ދެ ފިލްމަށް ފަހު ސްކްރީނަށް އަންނަ އޭނާގެ ފުރަތަމަ ފިލްމަށްވާތީ ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ.
ވަރަށް ގިނަ އަދަދަކަށް ވީއެފްއެކްސް ވެސް ފެނިގެން ދާނެ "ސާހޯ" ޝޫޓްކޮށްފައި ވަނީ އިންޑިއާ އާއި ޔޫރަޕްގެ އިތުރުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގަ އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ އިންޑިއާގެ އޮރިޖިނަލް ކޮންޓެންޓްގެ ތެރެއިން ބޮލީވުޑްގެ އެކްޓަރު އަބޭ ޑިއޯލް ޑިޖިޓަލް ޕްލެޓްފޯމަށް ތައާރަފުވާ ފުރަތަމަ ފިލްމު "ޗޮޕްސްޓިކް" މި މަހުގެ 31 ގައި ސްޓްރީމް ކުރާ ގޮތަށް ނިންމައިފި އެވެ.
What's the connection between a goat, an angry girl, an Artist and Chopsticks? Find out 31st May. pic.twitter.com/NhjCMlBlDX
— Netflix India (@NetflixIndia) May 21, 2019
މި ފިލްމުގައި އޭނާއާ އެކު މުހިއްމު ރޯލްތަކުން ފެނިގެން ދާނީ މިތާލީ ޕަލްކަރް އާއި ވިޖޭ ރާޒެވެ.
އަޝްވިނީ ޔަރުދީ ޕްރޮޑިއުސްކޮށްފައިވާ "ޗޮޕްސްޓިކް" ގެ ޑައިރެކްޓަރަކީ ސަޗިން ޔަރުދީ އެވެ.
ސްކްރީނަށް އަންނަން އޮތް އަބޭގެ ކުރިއަށް އޮތް ފިލްމު "ޖަންގަލް ކްރައި" ގެ ޓްރެއިލާ މި ހަފުތާގައި ވަނީ މިހާރު ކުރިއަށްދާ ކާންސް ފިލްމު ފެސްޓިވަލްގައި ދައްކާލައިފަ އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ ޑޭވިޑް ލެޓަމޭންގެ ޝޯ "މައި ނެކްސްޓް ގެސްޓް ނީޑްސް ނޯ އިންޓްރަކްޝަން" ގެ އެޕިސޯޑެއްގައި ބައިވެރިވާ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާން ބައިވެރިވާ އެޕިސޯޑް ޝޫޓްކޮށްފި އެވެ.
King Khan and @Letterman together? Bade bade deshon mein aisi choti choti baatein hoti rehti hai. Something epic, coming soon. pic.twitter.com/jCPUiMBset
— Netflix India (@NetflixIndia) May 17, 2019
އެމެރިކާގެ ނިއު ޔޯކްގައި އެ އެޕިސޯޑްގެ ރިކޯޑިން ހަދާފައިވާ އިރު ނެޓްފްލިކްސް އިން ވަނީ ޝޫޓިން ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް، ވަރަށް އަވަހަށް އެ އެޕިސޯޑް ސްޓްރީމް ކުރާނެ ކަމަށް ބުނެފަ އެވެ.
އަމިއްލަ ފިލްމީ ކެރިއަރު މިހާރު ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ޝާހްރުކް މިހާރު އަންނަނީ ނެޓްފްލިކްސް އާއި އޭނާގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ދެ ފިލްމެއް ވެސް ގެނެސް ދޭން ތައްޔާރުވަމުންނެވެ.
އެއީ އިމްރާން ހާޝިމީ ލީޑް ރޯލް ކުޅޭ "ބާޑް އޮފް ބްލަޑް" އާއި ބޮބީ ޑިއޯލް ބަތަލުގެ ރޯލް ކުޅޭ "ކްލާސް އޮފް 83" އެވެ.
މި މަހުގެ 24 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގެ އާ ޓްރެއިލާއް ދައްކާލައިފި އެވެ.
https://t.co/HnV2Xh6D6F Here’s the new trailer of PM Narendra Modi film, Releasing 24th May @vivekoberoi @sandip_Ssingh @DarshanKumaar #bomanirani
— Omung Kumar B (@OmungKumar) May 21, 2019
އޮމަންގް ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމުން މޯދީގެ ފިލްމުން ފެނިގެން ދާނީ ވިވެކް އޮބެރޯއީ އެވެ.
މި ފިލްމު ރިލީޒް ކުރާ އިރު، މި ހަފުތާގައި ވިވެކް ކުރީގެ ލޯބިވެރިޔާ އައިޝްވާރިޔާ ރާއީ ނިސްބަތްކޮށް ކުރި ޓްވީޓަކާ ގުޅިގެން އޭނާ އަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ފިލްމީ ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އޭގެ ސަބަބުން "ޕީއެމް ނަރެންދުރަ މޯދީ" ގެ ވިޔަފާރި އަށް އަސަރު ކުރުމުގެ ފުރުސަތު ބޮޑެވެ. އަނެއްކޮޅުން މޯދީއަކީ މިހާރު އިންޑިއާގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުކަން ވެއްޓިފައިވާ ބޭފުޅަކަށްވާތީ އޭނާގެ ވާހަކަ ކިޔައިދޭ ފިލްމަށް ބޮކްސް އޮފީހުހައި ޖެހޭނެ ހާލަކާ ދޭތެރޭ ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
އެކަމަކު މި މަހުގެ 19 ގައި ނިންމައިލި އާންމު އިންތިހާބުގެ އެގްޒިޓް ޕޯލް ނަތީޖާ އިން ދައްކާ ގޮތުގައި އިންތިހާބުގެ ކުރި ހޯދާނެ ކަމަށް ބެލެވެނީ މޯދީގެ ބީޖޭޕީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy