ޑައިރެކްޓަރު ސްރީރާމް ރަގްވަން.
05 އޯގަސްޓް 2019 - 07:32
މި މަހުގެ 30 ގައި ރިލީޒްކުރަން ތާވަލުކޮށްފައި ފިލްމު "ޗިޗޯރް" އަންނަ މަހުގެ 6 އަށް ފަސްކުރިކަން ކަށަވަރުކޮށް ދިނުމާ އެކު، ފިލްމުގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.
ފިލްމު ރިލީޒްކުރުން ފަސްކުރީ "ޗިޗޯރް" ގައި ވެސް ބަތަލާގެ ރޯލް ކުޅެފައިވާ ޝްރަދާ ކަޕޫރްގެ "ސާހޯ" މި މަހުގެ 30 ގައި ރިލީޒްކުރަން ނިންމުމާ ގުޅިގެންނެވެ.
"ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ޗިޗޯރް" އަކީ އެކުގައި ކިޔަވަން އުޅުނު ދަރިވަރުންތަކެއްގެ އެހާރާއި މިހާރުގެ ވާހަކައެއް ވަރަށް ސާދާ ގޮތަކަށް ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ ބަލައިލުމުން 2009 ގައި ރާޖްކުމާރު ހިރާނީ ގެނެސް ދިން "3 އިޑިއަޓްސް" ގެ ހަނދާންތަކެއް ވެސް އާކޮށް ދެ އެވެ. ސަބަބަކީ ކޮލެޖް ޒުވާނުންތަކެއްގެ ވަށައިގެން އެނބުރޭ ފިލްމަކަށްވާތީ އެވެ.
The tale of friendship never ages!😉https://t.co/Rk1HrVMltP#ChhichhoreTrailer OutNow#SajidNadiadwala @niteshtiwari22 @ShraddhaKapoor @itsSSR @varunsharma90 @TahirRajBhasin @NaveenPolishety @tusharpandeyx #SaharshKumar @prateikbabbar @foxstarhindi @WardaNadiadwala #Chhichhore
— Nadiadwala Grandson (@NGEMovies) August 4, 2019
"ޗިޗޯރް" ގެ ކާސްޓުން ޝްރަދާއާ އެކު ސުޝާންތު ސިންގް ރާޖްޕޫތު، ޕްރަތީބް ބައްބަރު، ވަރުން ޝަރުމާ އަދި ތާހިރު ބާސިން ފަދަ ދަރިން ފެނިގެން ދާނެ އެވެ.
މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ފިލްމު "މެޝިން" އިން ބޮލީވުޑަށް ތައާރަފުކުރި މުސްތަފާ ބުރުމާވާލާގެ ދެވަނަ ފިލްމު "ދަ ލާސްޓް މީލް" މި މަހުގެ 7 ގައި ސްޓްރީމް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
Thrilled to share the teaser of my short film ‘THE LAST MEAL’
— Mustafa (@themustafaB) August 3, 2019
Directed by Kumar Siddharth @saturn_returns_ coming out on @MxVideoPlayer on 7th of Aug.
Watch it Share it. Show some love. 🤘#thelastmeal #shortfilm #zarinawahab #mustafa #mustafab #Teaser pic.twitter.com/d9pouUka7I
ކުރު ފިލްމެއްގެ ގޮތުގައި ގެނެސްދޭ ފިލްމު ސްޓްރީމް ކުރާނީ އެމްއެކްސް ވީޑިއޯ ޕްލެޔާއިންނެވެ. މީގެ ޓީޒާއެއް ވެސް މިހާރު ދައްކާލާފައިވާ އިރު "ދަ ލާސްޓް މީލް" ޑައިރެކްޓްކޮށްފައި ވަނީ ކުމާރު ސިދާތެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ޒަރީނާ ވައްހާބް ވެސް ހިމެނެ އެވެ.
މުސްތަފާއަކީ މަޝްހޫރު ޑައިރެކްޓަރު އައްބާސް ބުރުމާވާލާގެ ދަރިފުޅެވެ. އޭނާ ބޮލީވުޑަށް ނެރުނު ފިލްމު "މެޝިން" ގައި މުސްތަފާއާ އެކު، ބަތަލާގެ ރޯލް ކުޅުނީ ކިއާރާ އަދުވާނީ އެވެ.
ރާޖްކުމާރު ގުޕްތާ ދެން ހަދާ ފިލްމުގެ ބަތަލުގެ ރޯލު ޝާހިދު ކަޕޫރަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ބުނީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު އަދި އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށެވެ. އެކަމަކު ވަރަށް އަވަހަށް ފިލްމު އިއުލާން ކުރާނެ ކަމަށް ބުންޏެވެ.
ގުޕްތާ އެެންމެ ފަހުން ގެނެސް ދިން ފިލްމަކީ އަރުޖުން ކަޕޫރާ އެކު މިދިޔަ މެއި މަހު ރިލީޒް ކުރި "އިންޑިއާސް މޯސްޓް ވޯންޓެޑް" އެވެ. އެކަމަކު އެ ފިލްމަކީ ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމުދިޔަ ފިލްމެއް ނޫނެވެ. ގުޕްތާ މިދިޔަ އަހަރު އަޖޭ ދޭވްގަންއާ އެކު ގެނެސް ދިން "ރެއިޑް" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ.
ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ ޖޫން މަހު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ކަބީރު ސިންގް" އެވެ. އެ ފިލްމަށް ފަހު، އޭނާ ދެން ކުޅޭނެ ފިލްމެއް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.
ޝާހްރުކް ހާން ރައިޓްސް ހޯދާފައިވާ ސްޕެއިންގެ ސިލްސިލާ އަދި ނެޓްފްލިކްސް އިން ސްޓްރީމް ކުރި "މަނީ ހައިސްޓް" އަށް ބިނާކޮށް ހަދާ ފިލްމު ޑައިރެކްޓް ކުރާނީ ސްރީރާމް ރަގްވަން ކަމަށް މީޑިއާތަކުން ބުނެފި އެވެ.
ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ އެއްވެސް ވާހަކައެއް ޝާހްރުކް އަދި ރަސްމީކޮށް ހިއްސާއެއް ނުކުރެ އެވެ. ސްރީރާމަކީ ބޮލީވުޑްގައި ތުރިލާތައް ހަދަން އެންމެ ކުޅަދާނެ އެއް ޑައިރެކްޓަރެވެ. އޭނާ މިދިޔަ އަހަރު ގެނެސްދިން "އަންދާދުން" އަކީ ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ.
Spain ge silsilaa akah Shah Rukh Khan filmeh hadhanee
The most trusted news source in the Maldives
Mihaaru
"މަނީ ހައިސްޓް" އަކީ ސްޕެއިންގެ ސިލްސިލާއެއް.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "މަނީ ހެއިސްޓް" ގެ ހިންދީ ފިލްމު ސްރީރާމް ޑައިރެކްޓް ކުރާ އިރު، ފިލްމުން ޝާހްރުކް ފެނުމުގެ ފުރުސަތު ވެސް ބޮޑެވެ. އެ ދެ މީހުން ދާދި ފަހުން ވަނީ އެކީގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy