24 މެއި 2019 - 08:26
ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ ޓީވީ ސިލްސިލާ "ކަސޯޓީ" ގައި ބަޖާޖްގެ ކެރެކްޓާ ކުޅެން ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އަށް ހުށަހަޅައިފި އެވެ.
ޕިންކްވިލާ އިން ބުނީ ބަޖާޖްގެ ރޯލް ކަރަން އަށް ހުށަހެޅި ނަމަވެސް އޭނާ ހުރީ ބަޖާޖްގެ ރޯލް ކުޅޭނެތޯ ނިންމަން ނޭނގި ދެ ހިޔާލެއްގައި ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ވާހަކައިގެ ތެރެއަށް ބަޖާޖް އަންނާތީ، އޭނާ ތައާރަފުކޮށްދޭ އެޕިސޯޑްގެ ޝޫޓިން އަންނަ މަހުގެ ކުރީކޮޅު ސްވިޓްޒަލެންޑްގައި ޝޫޓް ކުރަން ވަނީ ނިންމައިފަ އެވެ.
އެހެންވެ ބަޖާޖްގެ ކެރެކްޓާ އަށް އެއްބަސްވުމާ ދޭތެރޭ ދެ ހިޔާލެއްގައި ހުއްޓަސް، ކަރަން އެ ރޯލަށް އެއްބަސްވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.
ބޮލީވުޑަށް ނުކުތުމުގެ ކުރިން ކަރަން މަޝްހޫރުވީ ވެސް ސިލްސިލާތަކުންނެވެ. އެކްތާ ކަޕޫރުގެ "ކަސޯޓީ" އޭނާ އަށް ހުށަހެޅި އިރު، އެކްތާގެ ދެ ވެބް ސީރީޒެއް ވެސް ކަރަންގެ އަތުގައި އެބަ އޮތެވެ. އެއީ "ބޮސް" އާއި "ޖުދާއީ" އެވެ.
ޓީވީ ބަތަލާ އިން ކަމަށްވާ ޖެނިފާ ވިންގެޓާއި ޝްރަދާ ނިގާމްއާ ކުރިން ކައިވެނި ވެސް ކުރި އެކްޓަރު ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ގުބޫލް ހޭ" އާއި "ދިލް މިލް ގަޔޭ" ފާހަގަކޮށްލެވެ އެވެ. ކަރަން ކުޅުނު ފިލްމުތަކުގެ ތެރޭގައި އަންހެނުން ބިޕާޝާއާ އެކު ކުޅުނު "އެލޯން" އާއި "ހޭޓް ސްޓްރީ 3" ހިމެނެ އެވެ.
ކަރަން އާއި ބިޕާޝާ ކައިވެނި ކުރީ 2016 ގަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ އާއި ބިޕާޝާ އަށް ފިލްމަތަކުން ފުރުސަތެއް ނުލިބެ އެވެ.
ބަޖާޖްގެ ރޯލް ކަރަން އަށް ހުށަހެޅި އިރު، "ކަސޯޓީ" ބަތަލާ އެރިކާ ފެނަންޑޭޒް ސިލްސިލާ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ. އެކަމަކު މީޑިިއާތަކުން މިހާރު ބުނަނީ އެއީ އެ ސިލްސިލާގެ ޓީއާރްޕީ ދަށްކަމުން ޕަބްލިސިޓީީ ސްޓަންޓެއްގެ ގޮތުގައި އަރުވައިލި އަޑެއް ކަމަށެވެ.
"ކަސޯޓީ" ގައި ކޮމަލިކާގެ ރޯލް ކުޅޭ ހީނާ ހާނަށް ފިލްމުތަކުން ފުރުސަތު ލިބޭތީ އޭނާ މިހާރު ވަނީ ސިލްސިލާ އިން ވަކިވެފަ އެވެ. މި ސިލްސިލާގެ ބަތަލަކީ ޕާތު ސަމްތާނެވެ.
"ކަސޯޓީ" ގެ ފުރަތަމަ ސީޒަނުގައި ބަޖާޖް ރޯލް ކުޅުނީ ރޯނިތު ރޯއި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
25 May 2019
ރަނގަޅު. "ބިޕާޝާގެ ފިރިމީހާ" ކަރަންއަކަށް ފިލްމެއް ނުކުޅެވޭނެ. ކުޅެވޭނީ ޓިޕިކަލް ޓީވީ ޝޯތައް.
ޖެނިފަރ
25 May 2019
ގަބޫލުކުރާނެ ކަމެއްނެތި އަތް އުރާލައި ގެން ހުރުމަށްވުރެ ދުވާލަކު ފަސްދޮޅަ ހަކަށްހާސް ރުފިޔާ ލިބުނަސް ރަގަޅުތާ