މުނިފޫހިފިލުވުން / ބޮލީވުޑް

ފަރާ ހާންގެ "ސައްތޭ ޕޭ ސައްތާ" އަށް ސޮއެއް ނުކުރަން: ރިތިކް ރޯޝަން

ރިތިކް ރޯޝަން.

ފަރާ ހާން ހަދަން އުޅޭ "ސައްތޭ ޕޭ ސައްތޭ" ގެ ރިމެކަށް ސޮއިކުރި ކަމަށް ބުނާ ވާހަކަ ރިތިކް ރޯޝަން ދޮގުކޮށްފި އެވެ.

މީގެ ހަފުތާތަކެއް ކުރިން މީޑިއާތަކުން ބުނި ގޮތުގައި ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ހަތަރު ފިލްމެއް ހަދައި ދޭން ސޮއިކުރި ފަރާ ފުރަތަމަ ހަދަން ނިންމާފައި ވަނީ 1982 ގައި ރިލީޒްކުރި "ސައްތޭ ޕޭ ސައްތާ" ގެ ރިމެކެވެ. އަދި އެ ފިލްމުގައި އަމީތާބް ބައްޗަން ކުޅުނު ރޯލަށް ރިތިކް ސޮއިކޮށްފައިވާ އިރު، ހެމާ މާލިނީ ކުޅުނު ރޯލުން ފެންނާނީ ދީޕިކާ ޕަދްކޯން ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.

އޭގެ ކުރިން މީޑިއާތަކުން ބުނި ގޮތުގައި "ސައްތޭ ޕޭ ސައްތާ" ގެ ރިމެކުން ފެންނާނީ ޝާހްރުކް ހާނާއި ކެޓްރީނާ ކެއިފެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް ފަރާ މިހާތަނަށް ކަށަވަރެއް ނުކޮށްދެ އެވެ.

މީޑިއާތަކުން މިހާރު ބުނާ ގޮތުގައި ފިލްމުން ރިތިކާ އެކު ފެނިގެން ދާނީ ކެޓްރީނާ އެވެ. މި ދެ ތަރިން ކުރިން ވެސް އެކީގައި މަަސައްކަތްކޮށްފައިވެ އެވެ. އެއީ 2014 ގެ "ބޭންގް ބޭންގް" އާއި 2013 ގެ "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އެވެ. އެކަމަކު ރިތިކާއި ދީޕިކާ މިހާތަނަށް އެއްވެސް ފިލްމެއް އެކީގައި ކުޅެފައް ނުވެ އެވެ.

މި މަހުގެ 12 އިން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ "ސުޕަ 30" ގެ ބަތަލު ޑީއެންއޭ އަށް ދިން އިންޓަވިއުއެއްގައި ފަރާގެ ފިލްމަށް އޭނާ ސޮއި ނުކުރާކަން ރިތިކް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

"އެކަމަކު އަމީތާބް ބައްޗަން ކުޅުނު ރޯލެއް ކުޅެން ލިބިއްޖެ ނަމަ އުފަލާ އެކު އެކަން ގަބޫލު ކުރާނަން،" އަމީތާބް 1990 ގައި ކުޅުނު "އަގްނީޕަތު" ގެ ރިމެކް 2012 ގައި ކުޅުނު އެކްޓަރު ބުންޏެވެ. "އެކަމަކު އެކަހަލަ އެއްވެސް ފިލްމަކަށް އަދިއެއް ސޮއެއް ނުކުރަން. އަހަރެން އާ ފިލްމަކަށް ސޮއިކުރީމަ އެކަމެއް ހިއްސާ ކުރާނަން. މި ވަގުތު އެއްވެސް އާ ފިލްމަކަށް ސޮއެއް ނުކުރަން. މީޑިއާތަކުގައި ދައުރު ވަނީ ހަމަ ރޫމާޒް."

Farah Khan ge aa film gai Hrithik Roshan aai Deepika Padukone?

Farah Khan ge aa film gai Hrithik Roshan aai Deepika Padukone?

The most trusted news source in the Maldives

Mihaaru

ފަރާގެ އާ ފިލްމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަ.

"ސުޕަ 30" އަށް ފަހު ރިތިކް ދެން ދެން ފެންނާނީ އަންނަ އޮކްޓޯބަރު މަހުގެ 2 ގައި ރިލީޒް ކުރާ އެކްޝަން ތުރިލާ "ވޯ" އިންނެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގައި ރިތިކް ފެނިގެން ދާނީ ޓައިގާ ޝްރިފާއި ވާނީ ކަޕޫރާ އެކީގަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިއުސް

24 July 2019

ފަރާ ހާންގެ "ސައްތޭ ޕޭ ސައްތާ" އަށް ސޮއެއް ނުކުރަން ކަމަށް ވާނަމަ މަމެން އުއްމީދު ކުރަމޭ އަދި ސޮއި ކުރާނޭ ކަމަށް ބޮލީ ވުޑް ގައި ތިބި ކާސްޓުންގެ ތެރޭން ރިތިކް އެއީ ބޮލީވުޑް ގައި ހުރި ހަމައެކަނި މައިކަލް ޖެކްސަަން ކަމަށޭ މަމެން މިދެކެނީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!