މުނިފޫހިފިލުވުން / ދިވެހި ފިލްމް އިންޑަސްޓްރީ

ދަރާ ރަޝީދު "އޯކިޑް: އޭނާގެ މާ" އަލުން އުފައްދަނީ

ދިވެހި ސިނަމާ އަށް ކޮށްދިން ހިދުމަތަށް މި އަހަރު ދިވެހި ފިލްމު އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނު މުހައްމަދު ރަޝީދު (ދަރާ) ގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމަށްވާ "އޯކިޑް: އޭނާގެ މާ" ގެ ރިމޭކެއް ހަދަން އޭނާ ނިންމައިފި އެވެ.

ރާއްޖެ އަށް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ދަރާ ބުނީ "އޯކިޑް: އޭނާގެ މާ" އަކީ އަމިއްލަ ސްޓޫޑިއޯ އިން އަންނަ އަހަރަށް ޕްލޭންކޮށްފައިވާ ތިން ފީޗާ ފިލްމުގެ ތެރެއިން އެންމެ ބޮޑު ފިލްމު ކަމަށެވެ. އަދި އެ ފިލްމު ހަދާނީ ބޮޑު ބަޖެޓަކުން ކަމަށް ވެސް ދަރާ ބުންޏެވެ.

އޭނާ ބުނީ ހުސައިން ޝިހާބް 1982 ގައި ގެނެސްދިން ފިލްމުގެ ރިމޭކެއް ހަދާ އިރު، ފިލްމުގެ މައިގަނޑު ޕްލޮޓާ ނުކުޅެ، އޭގެ ތެރެއަށް އިތުރު ހާދިސާތަކެއް ލައިގެން މި ޒަމާނަށް ފެތޭ ގޮތަށް ފިލްމު ހަދާނީ ސެމީ މިއުޒިކަލްއެއްގެ ގޮތުގައި ކަމަށެވެ. "އޯކިޑް: އޭނާގެ މާ" އަކީ ދިވެހިންގެ ތެރޭގައި އަދިވެސް ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "އަންގައިދޭށޭ އަދުވީ ރުހިގެންނޭ" ލަވަ ވެސް ހިމެނުނު ފިލްމެވެ.

"އެ ފިލްމުގެ ލީޑް ކެރެކްޓާ އަކީ ވެސް މިއުޒިކް ޕަފޯމާއެއް. އެކަމަކު ކުރީގެ ފިލްމުގައި އެންމެ ދެ ލަވަ އިންނާނީ. އަހަރެން މީގެ ރިމެކެއް ހަދާ އިރު ފިލްމަށް ހަތަރު ފަސް ލަވައެއް ވަރު ލައިގެން ސެމީ މިއުޒިކަލްއެއްގެ ގޮތުގައި އޯކިޑް އޭނާގެ މާ ގެނެސްދޭނީ،" ދަރާ ބުންޏެވެ. "ކުރީގެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފިލްމަކަށް ރިމެކް ހެދޭތޯ މަސައްކަތްކުރާނަން."

ނަމަވެސް "އޯކިޑް: އޭނާގެ މާ" ގެ ކާސްޓާއި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ އިރެއް ދަރާ ނުބުނެ އެވެ.

ފިލްމު "ނަތީޖާ" އިން 1981 ގައި އެކްޓިން އަށް ނުކުތް ދަރާގެ 38 އަހަރުވީ ފިލްމީ ކެރިއަރުގައި މިހާތަނަށް 32 ފީޗާ ފިލްމު ކުޅެފައިވެ އެވެ. އޭނާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ލޭކަރުނަ"، "އުދާސް"، "އިތުބާރު" އަދި "ސަޒާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ދަރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ "އަނދިރިކަން" އެވެ.

11 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަނބިމީހާގެފިރިމީހާ

01 December 2019

"އޯކިޑު ތީނާގެ މާ"

The name is already taken The name is available. Register?

ބަބުރަންޖީ ހާޖީ

30 November 2019

ދަރާއަކީ ދިވެހި ފިލްމީދުނިޔޭގެ އަމީތާބު. ސުނީތާއަކީ ޕުރިޔާންކާ. މަރިޔަން ނިޝާއަކީ އައިޝްވާރިޔާ ރާއީ. އައްސަދަކީ ސުނިލް ޝެޓީ.

The name is already taken The name is available. Register?

ހަޔަތް

30 November 2019

އަޅެ މިންނުގެ ޑައިރީ އަށް ފިލްމެއް ހަދާބަ. އެ ސްޓޯރީ އިންނާނެ އަވަސް ގަ. މިހާތަނަށް ކީ އެންމެ ރީތި ދިވެހި ވާހަކަ

The name is already taken The name is available. Register?

ސޭންޑީ ދައްތަ...

30 November 2019

އައްޒަ ނޫން މީހަކު ލިއަސް އޯކޭ...ހުރިހާ އެއްޗެއްގަ އައްޒަ އުޅޭތީ ވަރައް ފޫހި

The name is already taken The name is available. Register?

ކަރީމުއްދީން ބާޝާ

30 November 2019

އެޒަމާނުގާ މީހުންގެ އަމިއްލައެދުން ނިކަން ކުޑަވާނެ. އެކަމަކު މިޒަމާނުގާ އެންމެންވެސް މިތިބެނީ އަމިއްލައެދުމައިގެން ފޯވެފާ. އެންމެން މިތިބެނީ ނަފްސީނަފްސީވެފާ. ތިމާގެއަތުގާ އޮންނައެއްޗެއް އަނެކާއަތުގައި އޮންނާކަށް ބޭނުމެއްނުވާނެ. ރީތި މަލެއް ފެނުނަސް އެވާންޖެހޭނީ ތިމާގެ އަމިއްލައެއްޗަކަށް. އެހެންވީމާ "އޯކިޑް އޭނާގެ މާ" މިޒަމާނަށް ފައްތާލައިގެން "އޯކޮޑް ތިމަންނާގެ މާ" އަށް ބަދަލުކޮށްލަންވީނޫންތޯ.

The name is already taken The name is available. Register?

ކިއްލިބާޝާ

30 November 2019

ތިނަން ހަމަ ބަރާބަރު

The name is already taken The name is available. Register?

ޝާޑު

30 November 2019

އޯކިޑު އޭނާގެ އަސުރުމާ.

The name is already taken The name is available. Register?

އަސްމާ

30 November 2019

ތިފިލްމުގެ ލީޑުން ފެންނަންޖެހޭނީ ހަމަ ދަރާބެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

30 November 2019

އަދި "އަންގައިދޭށޭ އަދުވީ ރުހިގެންނޭ" ލަވައިގަ ލައިގެން ހުންނަ ޒާތުގެ ވަރުގަދަ ޖެކެޓެއްލައިގެން އެކަހަލަ މާހައުލެއްގަ މުޅި މީހާ ދާހިއްލާ ފޯވެގެން ހުރެ އަލުން އެލަވަ ކުޅެންވާނެ ރިމިކްސް ކޮށް ވަރަށް ސަޅިވާނެ،

The name is already taken The name is available. Register?

އާސިޔާ

30 November 2019

ތެދެއް. ހަމަ އެޖެކެޓުގާ ފެންނަންޖެހޭނީ.

The name is already taken The name is available. Register?

ވާނުވާ މިހާރު

30 November 2019

ރާއްޖެ އަށް ޓީވީ، ކޮބާމީގެ މާނައަކީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454