06 ޑިސެމްބަރ 2019 - 08:27
މި ފަހަކަށް އައިސް ވަރަށް ގިނައިން އާ ޑައިރެކްޓަރުންނާ އެކީ މަސައްކަތްކުރާތީ އަކްޝޭ ކުމާރަށް އަމާޒުވި ސުވާލަކަށް ސަމާސާ ޖަވާބެއް ދީފި އެވެ.
އަލަށް ޑައިރެކްޝަނަށް ނުކުތް ރާޖް މެހެތާ ޑައިރެކްޓްކޮށް، މި މަހުގެ 27 ގައި ރިލީޒްކުރާ ފިލްމު "ގުޑް ނިއުޒް" ގެ ޕްރޮމޯނަޝަނަލް އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އަކްޝޭ ބުނީ އާ ޑައިރެކްޓަރުންނާ އެކީ މަސައްކަތްކުރަނީ މަޝްހޫރު ޑައިރެކްޓަރުންގެ ފިލްމުތަކުން ފުރުސަތު ނުލިބޭތީ ކަމަށެވެ.
"ބޮޑެތި ޑައިރެކްޓަރުން އެ މީހުންގެ ފިލްމުތަކުން އަހަންނަށް ފުރުސަތުނުދޭ ކަމަށް ވަންޏާ އެ ނޫން ކޮންމެވެސް ގޮތެއް ހޯދަން ޖެހޭނެތާ،" އަކްޝޭ ބުންޏެވެ. "ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުން ވެސް ފުރުސަތެއް ނާންނަ ކަމަށް ވަންޏާ ކުރާނެ މަސައްކަތެއް ކޮންމެހެން ވެސް ހޯދަން ޖެހޭނެތާ. އެހެންވެ އަހަންނަށް އެއްވެސް މައްސަލައެއް ނޫން އާ ޑައިރެކްޓަރުންނާ އެކީ މަސައްކަތްކުރުމަކީ. ކުރިއަށް ދެވޭނީ ސުމަކުން ފަށައިގެން."
Throw your hands up & join in!🙌🏻 #SaudaKharaKhara out now - https://t.co/TQtRhPjb6O#GoodNewwz #KareenaKapoorKhan @diljitdosanjh @Advani_Kiara @karanjohar @apoorvamehta18 @ShashankKhaitan @raj_a_mehta @NotSoSnob @Sukhbir_Singer @dhvanivinod @DJLIJO @Dj_Chetas @kumaarofficial
— Akshay Kumar (@akshaykumar) December 3, 2019
އަކްޝޭ އެހެން ބުނީ ހަގީގަތުގައި ސަމާސާއަކަށް ހަދާފައި ކަމަށް ވިޔަސް، އޭނާގެ އަތުގައި މި ވަގުތު ވެސް ބޮޑެތި ޕްރޮޖެކްޓްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ރޯހިތު ޝެޓީ ޑައިރެކްޓްކުރާ "ސޫރިޔާވަންޝީ" އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕްރިތުވީރާޖް" ހިމެނެ އެވެ.
އަކްޝޭ ވަނީ މިހާތަނަށް ބޮލީވުޑްގެ ވަރަށް ގިނަ ކުޅަދާނަ މަޝްހޫރު ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި އައްބާސް-މަސްތާން، ޔާޝް ޗޯޕްޅާ، ވިޕުލް ޝާހް، ރަޖީވް ރާއީ، ދަރުމޭޝް ދަރުޝަން، ޑޭވިޑް ދަވަން، މަދޫރު ބަންޑާކަރް، މިލަން ލުތުރިއާ އަދި އާރް ބާލްކީ ފަދަ ޑައިރެކްޓަރުން ހިމެނެ އެވެ.
ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއްހެން ޑައިރެކްޓްކުރީ އާ މީހުންނެވެ. އެގޮތުން މި އަހަރުގެ އޭނާގެ ގިނަ ފިލްމުތަކެއް ވެސް ޑައިރެކްޓްކުރީ އާ މީހުންނެވެ. އެގޮތުން "ކޭސަރީ" އަނޫރާގް ސިންގް ޑައިރެކްޓްކުރި އިރު، "މިޝަން މަންގަލް" ޑައިރެކްޓްކުރީ ޖަގަން ޝަކްތީ އެވެ.
އަދި އާ ޑައިރެކްޓަރުންގެ ފިލްމުތަކުގައި މަސައްކަތްކޮށްގެން އެ ފިލްމުތަކަށް ލިބޭ ކާމިޔާބީތައް ވެސް ބޮޑެވެ.
އަކްޝޭ ބުނިގޮތުގައި ޑައިރެކްޓަރު ކަރަން ޖޯހަރާއި އަދިތިޔާ ޗޯޕްޅާ އާއި ސަންޖޭ ލީލާ ބަންސާލީ ފަދަ ޑައިރެކްޓަރުންގެ ފިލްމުތަކުގައި އަދި މަސައްކަތްކޮށްލަން ނުލިބުނަސް، އެ މީހުން ޕްރޮޑިއުސްކުރި ފިލްމުތަކުގައި އޭނާ އަށް ހިއްސާވެވިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy