ސާރާ އާއި އިބްރާހީމް.
02 ޖެނުއަރީ 2020 - 10:37
ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ދެ ދަރިން ކަމަށްވާ ބަތަލާ ސާރާ އަލީ ޚާނާއި އިބްރާހީމް އަލީ ޚާންް އާ އަހަރާ ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އެ ދެބެއިން ރައްޓެހިންނާ އެކު، ޗުއްޓީ ހޭދަކުރަމުން އަންނަނީ ލަކްސް ރިސޯޓުގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ސާރާގެ އިންސްޓަގްރާމްގައި ވެސް ވަނީ އާންމުކޮށްފަ އެވެ. އޭގައި ފެންނަނީ ދެބެއިން ޕޫލެއްގެ ތެރޭގައި ތިއްބަ އެވެ.
މިދިޔަ އަހަރު ފިލްމު "ކޭދަރުނާތު" އިން ބޮލީވުޑަށް ތައާރަފުވި ސާރާ 24، ޗުއްޓީ އަށް ރާއްޖެ މި އައީ މިދިޔަ ހަފުތާގައި ކެރެލާގައި ވެސް ޗުއްޓީ ހޭދަކުރުމަށް ފަހު އެވެ. އޭނާ މި ވަގުތު އަންނަނީ އަންނަ މެއި މަހު ރިލީޒްކުރާ ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރު 1" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފިލްމުގެ ބަތަލަކީ ވަރުން ދަވަނެވެ.
ސާރާ މި އަހަރު ފެންނާނެ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 14 އަށް ތާވަލުކޮށްފައިވާ އިމްތިއާޒް އަލީގެ "އާޖް ކަލް" އެވެ. އެ ފިލްމުގެ ބަތަލަކީ ކާތިކް އާރިޔަނެވެ.
ސާރާ ބޮލީވުޑަށް ނުކުތް ނަމަވެސް މި އަހަރު އުމުރުން 19 އަހަރު ފުރޭ އިބްރާހީމަކީ އަދި ކިޔަވަމުން އަންނަ ޒުވާނެކެވެ. އެ ދެ މީހުންގެ މަންމަ އަކީ ބަތަލާ އަމްރިތާ ސިންގެވެ. އިބްރާހީމް ދައްތައާ އެކު ޗުއްޓީ އަށް ރާއްޖެ އައި އިރު، އޭނާ މީގެ ކުރިން ވެސް އާއިލާގެ ބައެއް އެހެން މީހުންނާ އެކު އިބްރާހީމް ރާއްޖެ އައިސްފައިވެ އެވެ.
ސާރާ އާއި އިބްރާހީމް ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އިރު، ބައްޕަ ސައިފާއި ދޮންމަންމަ އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕީރް އަންނަނީ އެ މީހުންގެ ދަރިފުޅު ތައިމޫރާ އެކު ސްވިޓްޒަލެންޑްގައި ޗުއްޓީ ހޭދަކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުރުމީ
02 January 2020
ހެޔޮކޮށް ތިބުނީ
ޗަކްނޯރިސް
02 January 2020
ފޮޓޯ ތަކުން ބޮޑަށް ވައްތަރީ ދެބެއިންނަށްވުރެ ދެ ލޯބިވެރިންހެން .