03 ޖެނުއަރީ 2020 - 06:07
އެމެރިކާގެ ޕޮޕް ލަވައިގެ ރާނީ މެޑޯނާ ޒުވާން ލޯބިވެރިޔާ އަހްލާމާލިކް ވިލިއަމާ އެކު އާ އަހަރުގެ ޗުއްޓީ ރާއްޖޭގައި ހޭދަކުރަމުން އެބަދެ އެވެ.
ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯ ވެސް އެމެރިކާގެ ލަވަކިޔުންތެރިޔާގެ އިންސްޓްގްރާމްގައި އާންމު ކޮށްފައި ވިޔަސް ޗުއްޓީ ހޭދަކުރަނީ ކޮންތާކު ކަމެއް ބުނެފައެއް ނުވެ އެވެ. އެކަމަކު، ޑެއިލީ މެއިލުން ބުނީ މެޑޯނާ 61، އާއި 26 އަހަރުގެ އަހްލާ ޗުއްޓީ ހޭދަކުރަނީ ރާއްޖޭގެ ރިސޯޓެއްގައި ކަމަށެވެ.
އެ ދެ މީހުންނާ އެކު މެޑޯނާގެ ދަރިން ވެސް ދަތުރުގައި ބައިވެރިވެ އެވެ. އިންސްޓަގްރާމް ސްޓޯރީގައި ދަރިންނާ އެކު ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓް ކޮށްފައިވެ އެވެ.
މެޑޯނާ އަށް ވުރެ 35 އަހަރު ހަގު ލޯބިވެރިޔާ އާއި ކުދިންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އިރު، މި ދެ މީހުންގެ ލޯބީގެ ގުޅުން ވަރަށް ސީރިއަސް ކަމެއް ބުނެ އެ ވާހަކަ މީޑިއާގައި ފެތުރެން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެގޮތުން، މަޔާމީގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި މެޑޯނާ އާއި އަހްލާ ވަރަށް ގައިގޯޅިކޮށް ތިއްބައި ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުން ޝާއިއު ކޮށްފައިވެ އެވެ.
އަހްލާ އަކީ ބެކް ޑާންސަރެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނެކެވެ. މެޑޯނާ ދެ ކައިންޏެއް ކޮށްފައިވާ އިރު، އޭނާގެ ހަ ދަރިން ތިބެ އެވެ. އޭގެ ތެރެއިން ހަތަރު ދަރިންނަކީ އެޑަޕްޓްކޮށްފައިވާ ކުދިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއާވިން
06 January 2020
މެޑޯނާ މިފަހަރު ޗުއްޓީ ހޭދަކުރީ ވައްކަރު މޯލްޑިވްސް ގައި
ކުރީގެ ރިޒޯޓްބޮއި
04 January 2020
މެޑޯނާއަކީ ނުވަދިހާގެ ފަހުކޮޅުން ފެށިގެން ގަވައިދުން ރާއްޖެ އަންނަށް މީހެކެވެ. ގިނަ ފަހަރު އައިސް އުޅޭކަން އެއްވެސް މީޑިއާއަކަށް ނޫނީ އާމު މީހުނަކަށް ނޭގެއެވެ. ކުރިން މެޑޯނާއަކީ ސޮނެވާގެ ރެގިއުލަރ ކަސްޓަަމަރެ
ފާތާނިކޭ
03 January 2020
މެޑޯނާ ކޮންމެވެސް ދިވެހި ކަންމަތީ ބުރޯއަކާ ހިތާނުވާތި!
މުރާސިލް
03 January 2020
މިކަހަލަ ސެލެބްރިޓީން އައިސް މިޤައުމުގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުވެ މިޤައުމަށް އިޤްތިސާދީ ފުދުންތެރިކަން އިތުރުވެގެން ދިއުމަކީ އަޅުގަނޑުގެ ދުޢާއެވެ. މާތްﷲ އަޅުގަނޑުމެން ދިވެހިންނަށް ތަނަވަސްކަން އިތުރުކޮށްދެއްވާށިއެވެ.
ނަޖުމުއްދީން
03 January 2020
މެޑޯނާ އޮބި.