ބޮލީވުޑް ފިލްމުތަކަށް ލަވަކިޔައިގެން މަޝްހޫރުވި މިއުޒިކް ޕްރޮޑިއުސާ އަދި ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ.
27 ޑިސެމްބަރ 2021 - 12:20
އާ އަހަރު ފާހަގަކުރަން ހުޅުމާލޭގައި ޔޫތު މިނިސްޓްރީން ބާއްވާ ޝޯއަށް އިންޑިއާގެ މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު އަދި ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ގެންނަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި ޝޯ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 8:30 ގައި ހުޅުމާލެ ދުވާ ޓްރެކުގަ އެވެ. މި ޝޯގައި ދިވެހި ބައެއް އާޓިސްޓުންގެ ހުށަހެޅުންތައް ވެސް އޮންނާނެ އެވެ.
ހިންދީ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަންކިތު އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަޝްހޫރުވި 2013 ގައި ނިކުތް ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "އާޝިގީ 2" ގެ ބައެއް ލަވަތައް ކޮމްޕޯޒް އަދި ކިޔައިގެން ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަކިޔުންތެރިއެކެވެ.
އެ ފިލްމުގެ "ސުން ރަހާ ހޭ" އަކީ އޭނާގެ އެންމެ މަޝްހޫރުވި ލަވަ އެވެ. އޭނާ މިއުޒިކް ޑައިރެކްޓުކޮށް، އަމިއްލަ އަޑުން ކިޔާފައިވާ އެ ލަވައިން ފުރަތަމަ ފަހަރަށް އޭނާ އަށް، ބޮލީވުޑްގެ އެންމެ ގްރޭންޑް އެވޯޑު ކަމަށް ފިލްމުފެއާގައި ބެސްޓް މިއުޒިކް ޑައިރެކްޓާގެ އެވޯޑު ލިބުނެވެ.
#NewYear2022 with @officiallyAnkit & Maldivian artists.
— Ahmed Mahloof (@AhmedMahloof) December 27, 2021
31 Dec 2021 @ Hulhumale Running Track
⏰20:30
An event by @MoYSCEmv
Supported by:@TeamFenaka@MTCCPlc@Portmv@OoredooMaldives@Dhiraagu@MWSC_Official@STELCOMALDIVES@stoplc@MoTmv@MaldivianAero
DAMAS#މަރުހަބާވީސް pic.twitter.com/zlBvwUH1Uf
އޭގެ ފަހުން 2014 ގައި ނެރުނު ބޮލީވުޑްގެ ފިލްމު "އޭކް ވިލަން" ގެ ލަވަ "ގަލިޔާ" ކިޔައިގެން ބެސްޓް ޕްލޭ ބެކް ސިންގާގެ ފިލްމުފެއާ އެވޯޑު އޭނާ އަށް ލިބުނެވެ. އަދި މިދިޔަ ހަތް އަހަރު ތެރޭގައި ފިލްމުފެއާގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރުޖިތު ސިންގު ވައްޓާލާއި، މި އެވޯޑު ކާމިޔާބުކުރެވުނު ހަމައެކަނި ލަވަކިޔުންތެރިޔާ އަކީ ވެސް އޭނާ އެވެ.
އާ އަހަރު ފާހަގަކުރަން މީގެ ކުރިން ރާއްޖެ އަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ލަވަކިޔުންތެރިން ވެސް ގެނެސްފައިވެ އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަހްމަދު އަދީބް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، ކޮންމެ އާ އަހަރާކާ ދިމާކޮށް މާލޭގައި ބޭރުގެ އާޓިސްޓުންނާ އެކު ޝޯތައް ބޭއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޑޮކް
28 December 2021
އަންހެނުންނަށްކުރާ ގޯނާ ހުއްޓުވަންޖެހޭ. އެކަހަލަ މީހުން ޕްރޮމޯޓު ކުރުމާ އަހަރެން ދެކޮޅު!
ކަލްހޯނަހޯ
28 December 2021
އިންޑިޔާގެ ކާކޭ؟ މަ އަޑުއެހިތާ އަދި މިހިރީ؟ ހީކުރީ ދިވެހީން ހޭބަލިވާނޭ ކަމަށްތަ ހަމަ ބޭރު މީހަކު ސްޓޭޖަށްއަރާ ޒާތަކަށް ހޭރިލާ އިރަށް؟
އިހްސާސް
29 December 2021
ހަމަ ދިވެހި އަންހެނުން ހޭބަލިވިނޫންތަ ސަނަމްޕޫރީ އައިސް ސްޓޭޖުގަ ހޭރިލީއިރަށް.
ބޮޑުމީހާ
28 December 2021
ދުވަހަކު ލަވަ ނުކިޔަސް އާ އަހަރު އަންނާނެ. 2021 ވެސް ނިމުނީ ރައްޔިތުން ކުރިއަށްވުރެ ދަރަނިވެގެން. ދެން 2022 ގަ ވެސް އެނޫންވަރެއް ނުވާނެ. ލަވަކިޔާ އުފާކުރަންވީ ކަމެއް މިތާކުނެތް
ކމނ
27 December 2021
މަށައް ކީއް...
ސަނީންސ
27 December 2021
ތިކަމެއް މިގައުމުގަ ނުވާނެ ދޯ ތިކަން ހުއްޓުވާނެ ދީނީ މިހުން ނިކުމެ މިހާތަނަށް ތިކަން ނެއް ކުރެވިފަކާ މިސަރުކާރަކަށް
ގަގުނަސް ތަރާނާ
27 December 2021
އެހެންމީހަކު ނުވީދޯ! އެކަމަކު ތިހިތާމަވެރި ލަވަކިޔާމީހެއް، ލަވަތައް އެހާ ގިނައެއްވެސްނުން، އަދި އޭނާގެ ވިދުން މިހާރުވަނީ މަޑުޖެހިފައި ރޭޕްގެ ތުހުމަތަކާ ހެދި. އާއަހަރުގެ ތިބުނާ ޝޯއެއްގައި އޭނަ ދެން ތި ހިތާމަވެރި ލަވަކީމައޯ...
އަސްތާ
28 December 2021
ރޭޕްގެ ތުހުމަތުކުރެވޭ މީހެކޭ؟ ކީކޭދޯ ދެން ބުނާނީވެސް. ނަމޫނާ ރަނގަޅުތަ؟
އައި ޑޯން ނޯ ނޯ
27 December 2021
ދަންނަ މީހެއް ނޫން ތީ
އަފްރާސިޔާބު
27 December 2021
އިންޑިއާ އައުޓް، އިންޑިއާގެ ފަންނާނުންވެސް އައުޓް.
ޖޯޖް
27 December 2021
ލަދެއް ނުގަނޭތަ އަންހެނުން ހިންދީ ޑްރާމާ ބަލަން އިންނައިރު
އަހްމަދުު
27 December 2021
އެޗް ޕީ އޭ އިން އަންގާފަ އޮތީ ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅޭށޭ.... އަނެއްކާ ޝޯވް ބާއްވަނީ އޮންލައިންކޮށްތޯ
ހަސަނު
27 December 2021
ވަރަށް ރަނގަޅު ކަމެއް..