08 މާޗް 2020 - 07:20
އަންނަ މެއި މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ޝޫޓިން ޝެޑިއުލްތަކަށް ކޮވިޑް-19 ގެ ސަބަބުން ބުރޫތަކެއް އަރައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާގައި މި ފިލްމުގެ މަންޒަރުތެއް ތައިލެންޑްގައި ނަގަން ހަމަޖައްސައިފައި ވަނިކޮށް ކުއްލި ގޮތަކަށް އެ ދަތުރު ކެންސަލްކޮށް، މި ހަފުތާގައި އަޒަރުބައިޖާނުގައި ކުރިއަށް ގެންދަން ރޭވި ޝޫޓިން ޝެޑިއުލް ވެސް ވަނީ ކޮރޯނާވައިރަހާ ހެދި ކެންސަލްކޮށްފަ އެވެ.
ބޮލީވުޑްގެ ހަންގާމާ އިން ބުނިގޮތުގައި ތައިލެންޑާއި އާޒަރުބައިޖާންގެ ޝެޑިއުލްތައް މި ވަގުތަށް ކުރިއަށް ނުގެންގޮސް މަޑުޖައްސައިލި އިރު އެ ދެ ތަނަށް ވަނީ "ރާދޭ" ގެ ކްރޫންގެ ޓީމްތަކެއް ވެސް ގޮސްފަ އެވެ. އެކަމަކު އެ މީހުން އަނބުރާ އިންޑިއާ އަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެ އެވެ.
މި ފިލްމުގެ ޝޫޓިން މިދިޔަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ފަހު، އިންޑިއާގައ ނަގަން ޖެހޭ މަންޒަރުތައް ނަގައި ވަނީ ނިންމާލައިފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކަށް ދަތުރުތައް ކުރުމުގައި ހާއްސަ ފިޔަވަޅުޔަކެއް ވެސް އަޅައިފަ އެވެ. އިންޑިއާ އަކީ ކޮވިޑް-19 މިހާރު ފެނިފައިވާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ.
ސަލްމާންް ފުލުހެއްގެ ރޯލުން ފެނިގެންދާ "ރާދޭ" އަކީ ޕްރަބޫދޭވާ ޑައިރެޓްކުރާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓާނީ އާއި ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފާއި ގޯތަމް ގްލާޓީ ހިމެނެ އެވެ.
މި އަހަރުގެ ފިތުރު އީދުގެ ހަދިޔާއެއްގެ ގޮތުގައި ފޭނުންނަށް ގެނެސްދޭ "ރާދޭ" ސިނަމާތަކަށް ގެންނާނީ މެއި މަހުގެ 22 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy