09 އެޕްރީލް 2020 - 08:28
އަބީޝެކް ބައްޗަނާއި ސޯނަމް ކަޕޫރް 2009 ގައި ކުޅުނު ފިލްމު "ދިއްލީ 6" ގައި ހިމެނުނު މަޝްހޫރު ލަވަ "މަސައްކަލީ" ގެ އާ ވާޝަނެއް މުޅިން ތަފާތު ދެ ތަރިއަކާ އެކު ވީޑިއޯ ލަވައެއްގެ ގޮތުގައި ނެރެފި އެވެ.
އަބަދު ވެސް ހިތްގައިމު ވީޑިއޯ ލަވަތައް ގެނެސްދޭން މަޝްހޫރު ޓީ ސީީރީޒްގެ ތައްގަނޑުގައި "މަސައްކަލީ" ގެ އާ ވާޝަން "މަސައްކަލީ 2.0" ގެ ނަމުގައި ގެނެސްދިނީ ސިދާތު މަލްއުތުރާ އާއި ތާރާ ސުތާރީއާއާ އެކީގަ އެވެ.
އެ ދެ މީހުންނަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "މަރުޖާވާ" ގެ ތަރިންނެވެ. ތާރާ ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ގެނެސްދިން "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ.
Quaranlove + #Masakali2 = Best Mid-Week Date ❤️
— TSeries (@TSeries) April 8, 2020
Tune in now! https://t.co/dYVWNAjaua@itsBhushanKumar @arrahman @TulsikumarTK @tanishkbagchi @sachet_tandon @SidMalhotra @TaraSutaria @prasoonjoshi_ #MohitChauhan
އޭއާރް ރަހްމާން މިއުޒިކް ހެދި ލަވައިގެ "މަސައްކަލީ" އާ ގޮތަކަށް ގެނެސް ދީފައި ވަނީ ކުރީގެ ލަވަތަކާ އެންމެ ގަދައަށް ކުޅެމުން އަންނަ ޒުވާން މިއުޒިކް ޑައިރެކްޓަރު ތަނިޝްގް ބަގްޗީގެ ބަޑިތަކާ އެކީގަ އެވެ. ލަވަ ކިޔާފައި ވަނީ ތުލްސީ ކުމާރާއި ސަޗެތު ޓަންޑަނެވެ. "މަސައްކަލީ 2.0" ގެ ވީޑިއޯ ޑައިރެކްޓްކޮށްފައި ވަނީ އާދިލް ހުސައިނެވެ.
މީގެ އޮރިޖިނަލް ލަވަ ކިޔާފައި ވަނީ މޯހިތު ޗޯހަނެވެ. އަދި ލަވައިގެ ޅެން ލިޔުނީ ޕްރަސޫން ޖޯޝީ އެވެ. "މަސައްކަލީ" ލަވަ އަކީ އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކުރި "ދިއްލީ 6" ރިލީޒްކުރި ދުވަސްވަރު ވަރަށް ބޮޑަށް ވައިގައި ހިފި ލަވައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy