25 އޯގަސްޓް 2020 - 07:31
ބައެއް ގައުމުތަކަށް ދިއުމުން، ފްރާންސް މީހެއް ކަމަށް ހީކޮށް ބައެއް މީހުން ސުވާލުކުރާ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.
ފްރާންސްގައި ނަގާފައިވާ ކުރީގެ ފޮޓޯތަކެއް ޓްވިޓާގައި ހިއްސާކުރަމުން، ހުނަރުވެރި ބަތަލާ ބުނީ އެމެރިކާ އާއި ޔޫރަޕާއި މެދުއިރުމަތި ފަދަ ތަންތަނަށް ކުރާ ދަތުރުތަކުގައި އޭނާ އަކީ ފްރާންސް މީހެއް ހީކޮށް ބައެއް މީހުން ފްރާންސް ބަހުން ވާހަކަ ވެސް ދައްކާ ކަމަށެވެ. އަދި އޭނާ އަކީ ފްރާންސް މީހެއް ނޫން ކަމަށާއި އިންޑިއާ މީހެއް ކަމަށް ބުނުމުން އޭނާ އަކީ އިންޑިއާގައި ދިރިއުޅޭ ފްރާންސް މީހެއް ކަމަށް ވެސް ބައެއް މީހުން ހީކުރާ ކަމަށް ކަންގަނާ ބުންޏެވެ.
Paris. I like France but wherever I travel America,Europe,Middle East people just assume I am French, they even speak to me in french when I say I am Indian they assume I am French based in India, worse with my friends from north east everyone assume they are chinese. pic.twitter.com/yRczdZd7rc
— Kangana Ranaut (@KanganaTeam) August 23, 2020
ނަމަވެސް ފްރާންސް މީހެއް ކަމަށް އޮޅުންއަރަނީ ކޮން ސިފައަކާ ހެދި ކަމެއް ކަންގަނާ ނުބުނެ އެވެ. އޭނާގެ ޓްވީޓަށް ވަރަށް ގިނަ ބަޔަކު ކޮމެންޓް ވެސް ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ކަންގަނާ އަށް މަލާމާތް ވެސް ކޮށްފައިވެ އެވެ. އެގޮތުން ފްރާންސް މީހަކަށްވާން ވަރަށް ހިތްވޭދޯއޭ ވެސް އަހާފައިވެ އެވެ.
ކަންގަނާގެ ޓްވީޓްގައި ބުނެފައިވާ ގޮތުގައި މެދުއިރުމަތީގައި އުޅޭ އޭނާގެ ގާތް ރައްޓެހިންނަށް އަދި ދިމާވާނީ އަދި އެހެން މައްސަލައެކެވެ. އެގޮތުން އެ މީހުންނަކީ ޗައިނާ ބައެއް ކަމަށް އެ ހިސާބުގެ މީހުން ހީކުރާ ކަމަށް ބުންޏެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އަދި ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާ، 33، އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ޖެނުއަރީގައި ރިލީޒްކުރި "ޕަންގާ" އިންނެވެ. ދެން އެންމެ އަވަހަށް އަންނަން އޮތް އޭނާގެ ފިލްމަކީ "ތަލައިވީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
25 August 2020
ފުރާންސު މީހުންގެ ގޮތް ނޭންގެނީ، އެމީހުން އެމީހުންގެ މާދަރީ ބަހައް ވަރައް ފަހުރުވެރިވޭ. މަގުމަތިން މީހަކާ އިންގިރޭސިބަހުން ސުވާލެއް ކޮއްލިޔަސް ޖަވާބު ލިބޭނީ ފުރެންޗު ބަހުން. ދުނިޔޭގައި އިންގިރޭނި ބަސް އާންމުވެމުގެ ކުރިން ދުނިޔޭގަ ރަސްކަންކުރީ ފުރެންޗުބަސް.
ޙަސަން އަޙްމަދު
25 August 2020
ނޯތު އީސްޓަކީ މެދުއިރުމައްޗެއް ނޫން. ކަންގަނާ އެބުނަނީ އިންޑިއާގެ އިރު އުތުރަށް ނިސްބަތްވާ މީހުން ލޯކުދި ވާހަކަ. ޗައިނާ މީހުން ދެކެ ރުޅިއަންނަ އިންޑިއާގައި ނޯތުއީސްޓު އަށް ނިސްބަތްވާ އިންޑިއާ މީހުންނަށް ދިމާވާނެ ގޯސް ހާލަތެއްގެ ވާހަކައަށް އޭނަ އެ އިޝާރާތްކުރަނީ.
މާހިރުބެ
25 August 2020
ޓުވީޓްގަ އިގިރޭސިން އޮތީ އިންޑިއާގެ ނޯތު އީސްޓް ވާހަކަ. ދިވެހި ތަރުޖަމާގަ އޮތީ މެދުއިރުމަތި..
ސަމަންދަރު
25 August 2020
ކަންގަނާ ދިވެހި ޒުވާނަކާ އިންނަން ބޭނުވާހަކަ އަޑު އެހިން
އައްޑޫގޫބައްޑާ
25 August 2020
އައްޑޫ މީހުންނާ ނުބެހެއްޗޭ.
މުހައްމަދުކޮއިފުޅު
25 August 2020
މަހީކުރަނީ އައްޑޫ މީހެއް ކަމަށް އެހާ ޒީލަ ގަދަވީމަ.