މުނިފޫހިފިލުވުން

ސުޝާންތާ ރައްޓެހިވި ކަމަށް ސާރާ އެއްބަސްވޭ؟

28 ސެޕްޓެމްބަރ 2020 - 08:27

ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތާ ލޯބީގެ ގުޅުމެއް ބޭއްވި ނަމަވެސް ސުޝާންތާ ގުޅުން ހުރި މަސްތުވާތަކެތީގެ އެއްވެސް ކަމެއްގައި ޝާމިލުނުވާ ކަމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ދިން ބަޔާނުގައި ސާރާ އަލީ ޚާން ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގައި މިހާރު ހޫނުވެފައިވާ މަސްތުވާތަކެތީގެ މައްސަލަގަނޑުގެ ތެރެއިން އެންސީބީ އަށް ހޮނިހިރު ދުވަހު، 25 އަހަރުގެ ބަތަލާ ދިން ބަޔާނާ ހަވާލާދީ ޓައިމްސް ނައު އިން ބުނީ ސުޝާންތާ އެކު ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ސާރާ އެއްބަސްވި ކަމަށެވެ. އަދި އެ ދެ މީހުން އެކީގައި ތައިލެންޑަށް ދަތުރެއް ކުރި ކަމަށް ވެސް ބުންޏެވެ. ސުޝާންތަކީ ސާރާގެ އަލަތު ފިލްމު 2018 ގެ "ކޭދަރުނާތު" ގެ ބަތަލެވެ. އެ ފިލްމުގެ މަސައްކަތްކުރި ދުވަސްވަރު ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވާހަކަ ވަރަށް ގަދައަށް މީޑިއާތަކުގައި ވެސް ދެކެވުނެވެ. އެކަމަކު އެކަމަށް އޭރު އެއްބަސްވެފައެެއް ނުވެ އެވެ.

ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އެންސީބީ އަށް ދިން ބަޔާނާ ހަވާލާދީ މީޑިއާތަކުން ބުނީ ދެ ތަރިން އެކީގައި ތައިލެންޑަށް ޗުއްޓީއަކަށް ދިޔައީ 2018 ގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެ ދަތުރުގެ ތެރޭގައި ސުޝާންތު މަސްތުވާތަކެތި ބޭނުންކުރި ތަން ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އޭގެ ކުރިން "ކޭދަރުނާތު" ޝޫޓްކުރި ދުވަސްވަރު ޝޫޓިންގެ ތެރެއިން ލިބޭ ހުސް ވަގުތުތަކުގައި ވެސް ސުޝާންތު މަސްތުވާތަކެތި ބޭނުންކުރާ ތަން ފެނިފައިވާ ކަމަށް ސާރާ ބުނެފައިވެ އެވެ.

މީގެ އިތުރުން ސުޝާންތުގެ ޕަވަން ފާމްހައުސް އަށް ވެސް ދާ ދިއުމުގެ ސުޝާންތު މަސްތުވާތަކެތި ބޭނުންކުރާ ތަން ފެނިފައިވާ ކަމަށް ސާރާ ބުނެފައިވެ އެވެ. ނަމަވެސް އެއްވެސް އިރެއްގައި އަމިއްލަ އަށް މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށް ބުނެފައިވެ އެވެ.

ސާރާ އެންބީސީ އަށް ދިން ބަޔާނާ ހަވާލާދީ މީޑިއާތަކުން ބުނީ އޭނާ ސުޝާންތާ ވަކިވީ ކެރިއަރަށް ފޯކަސްކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ގުޅުން ނިމުމަކަށް ގެނައުމުގައި ސުޝާންތުގެ އެޑިކްޝަނާއި އެހެން އިތުރު އެއްވެސް ބައެއްގެ ޕްރެޝަރެއް ވެސް ނެތް ކަމަށް ބުނެފައިވާ ކަމަށްވެ އެވެ.

ސުޝާންތުގެ މަރާ ގުޅިގެން ކުރިން ބަޔާން ދިން މީހުންގެ ތެރޭގައި ހިމެނޭ ސުޝާންތުގެ ފްލެޓްމޭޓް ސެމުއެލް ހޯކިޕް ދީފައިވާ ބަޔާނުގައި ވަނީ ސުޝާންތުގެ ހާލަތު މި ފަހުން ގޯސްވާން ފެށީ ސާރާ އޭނާއާ ވަކިވުމުން ކަމަށެވެ. އަދި އޭގެ ސަބަބުން 34 އަހަރުގެ އެކްޓަރަށް ފުން ހިތާމައެއް ލިބި، އެ ވޭނުގެ ހިތިކަމުގެ ތެރޭގައި އުޅެން ޖެހުނު ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ސުޝާންތު މަރުވި އިރު، ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ބަތަލާ ރިއާ ޗަކްރަބަތީ، 27، އާ އެވެ. އޭނާ މި ވަގުތު ހުރީ ސުޝާންތުގެ މަރުގެ ތަހުގޫގަށް ހައްޔަރުކޮށްފަ އެވެ. އެންސީބީ އަށް ދިން ބަޔާންތަކުގައި ރިއާ ވަނީ ސުޝާންތަކީ މެރުއާނާ އެޑިކްޓެއް ކަމަށް ބުނެފަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454