މުނިފޫހިފިލުވުން / ބޮލީވުޑް ކައިވެނި

ނޭހާ ކައްކަރް އާއި ރޯހަންޕްރީތު ސިންގް ކައިވެނިކުރަނީ؟

06 އޮކްޓޯބަރ 2020 - 08:31

މި ވަގުތު އިންޑިއާގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ނޭހާ ކައްކަރް އަންނަ މަހު ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަކަށް އައިސް ނޭހާ، 32، ގެ ކައިވެނީގެ ވާހަކައިގެ އަޑު ގަދަވެފައި ވަނީ އޭނާގެ ޒަމާންވީ "އެކުވެރިއެއް" ކަމަށްވާ ޕަންޖާބީ ފަންނާނު ރޯހަންޕްރީތު ސިންގް، 29، އާ އެކު ވީޑިއޯ ލަވައެއްގެ މަސައްކަތް ވެސް ކޮށްފައި ވަނިކޮށެވެ. އެ ލަވައިގެ ޅެމުން ތަންކޮޅެއް ނޭހާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރުމުން ގިނަ ބަޔަކު ބުނީ އެއީ އެ ދެ މީހުންގެ ކައިވެނީގެ އިޝާރާތެއް ކަމަށެވެ. ޅެމުގެ އެ ކަޑީގައި ކިޔަނީ ލޮކްޑައުންގެ ތެރޭގައި ކައިވެނިކުރަން ހިނގާށޭ، އޭރުން ހަރަދު ވެސް ކުޑަވާނެއޭ އެވެ.

ރޯހަންޕްރީތަކީ ކަލާޒް ޗެނެލުން މި އަހަރުގެ ކުރީކޮޅު "ބިގް ބޮސް" ސީޒަން 13 ނިންމައިލުމަށް ފަހު، އެ ޝޯގައި ވަދަކުރި ޝެހެނާޒް ގިލް (ސަނާ) އާއި ޕާރަސް ޗާބްޅާ އިންނާނެ މީހަކު ހޮވަން ކުރިއަށް ގެންދިޔަ ޝޯ "މުޖްސޭ ޝާދީ ކަރޯގޭ" ގައި ސަނާގެ ހިތްއަތުލަން ވާދަކުރި ބައިވެރިންގެ ތެރެއިން އެކަކެވެ.

ނޭހާގެ ކައިވެނީގެ ވާހަކަ މި އަހަރުގެ ކުރީކޮޅު ވެސް "ސަމާސާއަކަށް ހަދާފައި" ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ. އޭނާ ޖަޖްކަން ކުރި ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 11 ގެ ހޯސްޓް އަދިތިޔާ ނާރަޔަން އާއި ނޭހާ ކައިވެނިކުރާ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ.

View this post on Instagram

Shukar Hai Mere Rabba! ♥️👼🏻🙏🏼😇

A post shared by Rohanpreet Singh (@rohanpreetsingh) on

ނޭހާ މީގެ ކުރިން ފާޅުގައި ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވީ ފިލްމު "ޔާރިޔާން" ގެ ބަތަލު ހިމާންޝް ކޯލީއާ އެވެ. އެކަމަކު އެ ގުޅުން ވަނީ ވަރަށް ހިތިކޮށް މިދިޔަ އަހަރު ވަނީ ނިމުމަކަށް އައިސްފަ އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވާ ގޮތުގައި ނޭހާ އާއި ރޯހަންޕްރީތަކީ އެކުވެރިންނަށް ވުރެ މިހާރު ގާތް ދެ މީހުންނެވެ. އަދި އެ ދެ މީހުން ކައިވެނިކުރާނީ މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ނިއު ދިއްލީގައި ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ރޯހަންޕްރީތުގެ ތަރުޖަމާނު ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. އޭނާ ބުނީ ރޯހަންޕްރީތު މި ވަގުތު ހުރީ ކައިވެންޏަކަށް ތައްޔާރުވެގެން ނޫން ކަމަށެވެ. އެހެންވެ ކައިވެނިކުރާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުންޏެވެ.

އިންޑިއާގެ މަޝްހޫރު ގިނަ ސެލެބްރިޓީންނަކީ އަބަދު ވެސް އެ މީހުންގެ ލޯބީގެ ގުޅުންތަކާއި ކައިވެނީގެ ކަންކަން ސިއްރުކުރާ ބަަޔަކަށްވާތީ ނޭހާގެ ކައިވެނި ވެސް ހަމަ އެފަދަ ގޮތަކަށް ދިއުމަކީ ވެދާނެ ކަމެކެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 27%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454