24 ނޮވެމްބަރ 2020 - 10:59
މަސްތުވާތަކެތީގެ މައްސަލައެެއްގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކުރި އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ސިންގާއި ފިރިމީހާ ހާޝް ލިމްބާޗިއާ ކަފާލާތުގެ ދަށުން ހޯމަ ދުވަހު ދޫކޮށްލައިފި އެވެ.
އެ ދެ މީހުން ދޫކޮށްލީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބަލަމުން އަންނަ މައްސަލައިގެ ތަހުގީގު ނިމެންދެން، އަންނަ މަހުގެ 4 އާ ހަމައަށް ޖަލުގައި ބަންދުކުރަން މުމްބާއި ކޯޓުން ދިން ހުއްދަ އަށް ފަހުގަ އެވެ.
ބަންދު އަމުރަށް ފަހު މުމްބާއީގެ މެޓްރޮޕޮލިޓަން މެޖިސްޓްރޭޓް ކޯޓުން ބުނީ އެ މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ ބާރްތީގެ ދެމަފިރިން ދޫކޮށްލީ ކަފާލާތަށް މީހަކަށް 15،000 ރުޕީސް ބަހައްޓައިފަ އެވެ.
އެ ދެ މީހުން ކޯޓުން ދޫކޮށްލި މައްސަލާގައި އެންސީބީން ވަކި އެއްޗެއް ނުބުނެ އެވެ.
Drug massala eggai Bharti Singh hayyarukoffi https://t.co/OBaQjGSEmh
— Adhushan (@Adhushan1) November 22, 2020
ބާރްތީ އާއި ހާޝް ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކުރީ އެ މީހުންގެ މައްޗަށް ކުރެވޭ މަސްތުވާތަކެތީގެ ތުހުމަތުތަކަކާ ގުޅިގެން، މުމްބާއީގައި ދިރިއުޅޭ އެޕާޓްމަންޓް ހޮނިހިރު ދުވަހު ބަލައި ފާސްކުރުމުގެ ތެރޭގައި ކެނަބިސް ފެނުމާ ގުޅިގެންނެވެ. އަދި އެންސީބީ އަށް ދިން ބަޔާނުގައި ބާރްތީ ވަނީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެއްބަސް ވެފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
ބާރްތީ އާއި ހާޝް މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނު އިރު އެ ދެ މީހުންނަކީ ސޮނީ ޓީވީން މި ހަފުތާގައި ނިންމައިލި "އިންޑިއާސް ބެސްޓް ޑާންސާ" ގެ ހޯސްޓުންނެވެ.
ބާރްތީ އަކީ ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ވެސް ބައިވެރިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2021
24 November 2020
އެއްބަސްވީމާވެސް ކަފާލާތުގެ ދަށުން ދޫވޭތަ؟
ޅަބޭ
24 November 2020
ރާއްޖެގޮތައް އިންޑިޔާގަވެސް ލާރިއޮތް މީހުން ޖަލުން ނުކުންނާނެ 2،3 ދުވަސްތެރޭ.
ބަސް
24 November 2020
ރާއްޖެ ގޮތަށް ބުނުމަށްވުރެ ރަނގަޅީ އިންޑިއާ ގޮތަށް ރާއްޖޭގަވެސް ދޫކުރެއޭ ބުނުން. ދިވެހިން ހުރިހާ ކަމެއް ދަސްކުރަނީ އިންޑިއާއިން.