ދިއާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.
27 މާޗް 2021 - 09:43
ދާދި ފަހުން ކައިވެނިކުރި އިންޑިއާގެ ބަތަލާ ދިއާ މިރްޒާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ދިއާ އާއި ފިރިމީހާ ވައިބާވް ރޭކީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޭއޭ މަނަފަރު ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް ދެ މީހުންގެ ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވެ އެވެ. ވައިބާވްއާ، ދިއާ ކައިވެނުކުރީ އަލަތު ކައިވެނި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރޫޅައިލުމަށް ފަހު އެވެ.
މިދިޔަ މަހުގެ 15 ގައި ދިއާ އާއި ވައިބާވް ކައިވެނިކުރި އިރު، ވައިބާވްގެ ކުރީގެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ.
ދިއާ 39، ބޮލީވުޑަށް ތައާރަފުވީ 2001 ގެ ފިލްމު "ރެހެނާ ހޭ ތޭރޭ ދިލް މޭ" އިންނެވެ. އޭގެ ކުރިން އޭނާ އާންމުންގެ ސަމާލުކަން ހޯދީ 2000 ވަނަ އަހަރުގެ މިސް އޭޝިއާ ޕެސިފިކްގެ ތާޖާ އެކީގަ އެވެ. ދިއާ އެންމެ ފަހުން ފެނުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ތާޕްސީ ޕައްނޫގެ "ތައްޕަޅު" ގެ ސަޕޯޓިން ރޯލަކުންނެވެ.
އެއީ އަންނަ މަހު ބާއްވާ 66 ވަނަ ފިލްމުފެއާ އެވޯޑްސްގައި 17 ކެޓަގަރީއަކުން ވާދަކުރާ ފިލްމެކެވެ.
ދިއާ އަކީ ބޮލީވުޑަށް ނުކުތް ނަމަވެސް މާ ބޮޑު މަޝްހޫރުކަމެއް ލިބުނު ބަތަލާއެއް ނޫނެވެ. މާ ގިނަ ފިލްމުތަކެއް ވެސް ކުޅެފައެއް ނުވެ އެވެ. މި ފަހުން އޭނާ މުޅިން ވެސް ފެންނަނީ ސަޕޯޓިން ރޯލްތަކުންނެވެ. އެގޮތުން ދިއާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ތެލެގޫ ފިލްމު "ވައިލްޑް ޑޯގް" އެވެ. އެ ފިލްމުގެ ބަތަލަކީ މަޝްހޫރު ތެލެގޫ އެކްޓަރު ނާގުރްޖުނާ އަކިނޭނީ އެވެ.
އިންޑިއާގެ ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖެ އަށް ޒިޔާރަތްކުރަމުން އަންނަ އިރު އެ ގައުމަކީ މިހާރު ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ މާކެޓް ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
27 March 2021
މަރުހަބާ. އެމީހުންގެތެރެއިން އިޝްތިހާރުކުރެވެނީީ ކޯން ބަނޭގާ ކަރޯޅުޕަތީ ގައި އަމީތާބް ކަޕީލް ޝަރްމާ ޝޯގައި ކަޕީލު އިޝްތިހާރުކުރި. އިހަށްރޭ ބޭއްވި އައިޓީއޭ އެވޯޑް ގައި ދެތިން މިނަޓް ރާއްޖޭގެ ވާހަކަ ބަޠަލާއިން ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއެކު ދެއްކި. މިއީ އެތައްސަތޭކަ މިލިއަން މީހުން ބަލާ ޕްރޮގްރާމްތައް.