މުނިފޫހިފިލުވުން / ބޮލީވުޑް

"ޝަމްޝޭރާ" ގައި ކުޅެން ލިބުނީ ހުވަފެނީ ރޯލެއް: ވާނީ

ވާނީ ކަޕޫރް.

މިހާރު މަސައްކަތް ނިމިފައި އޮތް ނަމަވެސް އަދި ރިލީޒްކުރާނެ އިރެއް ކަށަވަރުނުވާ ފިލްމު "ޝަމްޝޭރާ" ގައި ކުޅެން ލިބުނީ ހުވަފެނީ ރޯލެއް ކަމަށާއި މިއީ އޭނާ ވަރަށް ތަފާތުކޮށް ފެންނާނެ ފިލްމެއް ކަމަށް ބަތަލާ ވާނީ ކަޕޫރް ބުނެފި އެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ބަތަލާ ބުނި ގޮތުގައި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުރަތަމަ ފަހަރަށް ރަންބީރާ އެކު ކުޅެން ލިބުނު ފިލްމަކީ ޖޯންރާގެ ގޮތުންނާއި އޭގެ ސެޓިން އަށް ބެލިޔަސް ވަރަށް ތަފާތު ފިލްކަމަށް ވުމެވެ. އަދި ޑައިރެކްޓަރު ކަރަން މަލްއުތުރާ އަކީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށާއި އޭނާގެ "ޝަމްޝޭރާ" އަކީ ބެލުންތެރިންނަށް ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް ބުންޏެވެ.

ކަރަން އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ބްރަދާޒް (2015) އާއި އަގްނީޕަތު (2012) ގެ ޑައިރެކްޓަރެވެ.

ވާނީ ބުނީ ކަރަން ކުރިން ގެނެސްދިން ދެ ފިލްމަކީ ވެސް އޭނާ އަށް ވަރަށް ކަމުދިޔަ ދެ ފިލްމަށްވެފައި އެކީގައި މަސައްކަތްކުރަން ލިބުމުން ވަރަށް އުފާވި ކަމަށެވެ.

"ވަކިން ހާއްސަކޮށް އަގްނީޕަތަކީ އަހަންނަށް ވަރަށް ކަމުދިޔަ ފިލްމެއް. ޝަމްޝޭރާގައި ކަރަންއާ އެކު މަސައްކަތްކުރަން ލިބުމަކީ ކެރިއަރަށް ލިބުނު ކުރިއެރުމެއް. އަހަރެންގެ އެކްޓިން ހުނަރު ވަރަށް ބޮޑަށް ނެރެދޭން މަސައްކަތްކޮށް ދިން ޑައިރެކްޓަރެއް އޭނަ އަކީ. އެހެންވެ އިމޯޝަންތައް ވަރަށް ފުރިހަމަ އަށް ޝަމްޝޭރާ އިން ދެންނާނެ،" ވާނީ ބުންޏެވެ. "މީގައި މަސައްކަތްކުރަން ލިބުނީމަ ހަނދާނަށް އަންނަނީ ފިލްމު ކަލްނަޔަކް ސްޓައިލްގެ ފިލްމުތަކުގެ މަތިން. އެ ފާޑުގެ އެކަމަކު ވަރަށް ހީނުކުރާ ކަހަލަ ފިލްމަކަށް ޝަމްޝޭރާ ވާނެ."

އޭނާ ބުނި ގޮތުގައި ފިލްމުގެ ސެޓިން އާއި އޭގެ ކޮންމެ ކެރެކްޓާއެއް ވެސް ވަރަށް ތަފާތެވެ.

"އަހަރެން ވެސް މިހާތަނަށް އެންމެ ތަފާތުކޮށް ފެންނާނެ ފިލްމަށް ޝަމްޝޭރާ ވާނެ. ހަމަ ޔަގީނުން ވެސް ރަންބީރުގެ ކެރެކްޓާ އަކީ ބެލުންތެރިންނަށް ވަރަށް ބޮޑު ސަޕްރައިޒަކަށް ވާނެ،" ވާނީ ބުންޏެވެ. "އަހަރެންގެ ކެރެކްޓާ ވެސް މީގައި ބަދަލުވެގެން އަންނަ ގޮތް ވަރަށް ތަފާތު ވާނެ. އެހެންވެ ވަރަށް ހުވަފެނީ ރޯލެއް ހަގީގަތުގައި ކުޅެން ލިބުނީ. އަދި މިއީ ވަރަށް އަޅައިގަންނަ ކަހަލަ އާދަޔާހިލާފު ސިފަތަކެއް ހުންނާނެ ކެރެކްޓާއެއް."

ޕީރިއަޑް އެކްޝަން އެޑްވެންޗާއެެއްގެ ގޮތުގައި ގެނެސްދޭ "ޝަމްޝޭރާ" އަކީ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ. ކާސްޓްގައި ސަންޖޭ ދަތު ވެސް ހިމެނޭ މި ފިލްމަކީ ވާނީ، 33، އެ ސްޓޫޑިއޯ އަށް ކުޅުނު ހަތަރު ވަނަ ފިލްމެވެ. ކުރިން ކުޅުނު ފިލްމުތަކަކީ ވޯ (2019)، ބޭފިކްރޭ (2016) އަދި ޝުދު ދޭސީ ރޮމޭންސް (2013) އެވެ.

ވާނީ ބުނި ގޮތުގައި އޭނާ މިހާރު އެންމެ ބޮޑަށް އިންތިޒާކުރަނީ ބޮޑު ސްކްރީނަށް "ޝަމްޝޭރާ" އަންނާނެ ވަގުތަކަށެވެ. މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރިލީޒްކުރާ ގޮތަށް އޮތް ފިލްމެކެވެ. އެކަމަކު ފިލްމު ނުގެނެސްދެވި ދިގުލައިގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ.

ވާނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޔޫޝްމަން ކްރާނާއާ އެކު ކުޅެފައިވާ "ޗަންދީގަޅް ކަރޭ އާޝިގީ" ވެސް ހިމެނެ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454