ކޯހުގެ ކިޔެވުން ނުފެށި ބައެއް ދަރިވަރުން ރާއްޖެ އަންނަން ޖެހުނު އިރު އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަނީ އަތުލާފައި. 10،000 ޑޮލަރުގެ ޓިއުޝަން ފީއަށް ވެސް އެޖެންސީން ވަނީ 40،000 ޑޮލަރު ނަގާފައި.
އޮޅުވާލައިގެން ފައިސާ ނެގި ޒީޑް އިން ކޯސްތަކަށް ދަރިވަރުން ހޯދަން މާލޭގައި ޖަހާފައިވާ އިޝްތިހާރެއް.
10 ސެޕްޓެމްބަރ 2025 - 15:16
ޑޮކްޓަރުކަން ކިޔަވަން ރާއްޖެއިން ބޭރަށް ދިޔަ ދަރިވަރުންތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނަގައި ކޯސް ކުރިއަށް ނުގެންދެވި އެނބުރި އަންނަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސްރީ ލަންކާ އާއި މެލޭޝިއާ އާއި ފިލިޕިންސަށް ދިޔަ ފަހުން އެނބުރި އަންނަން ޖެހުނު ދަރިވަރުންގެ ތެރޭގައި، ޑޮކްޓަރުކަން އަލަށް ކިޔަވަން ދިޔަ މީހުންނާއި ސްޕެޝަލައިޒް ވާން ދިޔަ މީހުން ހިމެނެ އެވެ.
ރާއްޖޭގެ އެޖެންސީއެއް ކަމަށްވާ ޒީޑް އިންޓަނޭޝަނަލް އިން މި ސްކޭމްގައި، 10،000 ޑޮލަރު ދައްކަން ޖެހޭ ޓިއުޝަން ފީ އަށް، ބައެއް ދަރިވަރުންގެ އަތުން 40،000 ޑޮލަރު ވަނީ ނަގައިފަ އެވެ.
މި ދަރިވަރުންނަށް އިންސާފު ހޯދައިދޭން ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދޭ، އެޗް އެންޑް އެސޯސިއޭޓްސް އެލްއެލްޕީގެ މެނޭޖިން ޕާޓްނަރު އަދި ގާނޫނީ ވަކީލް އިބްރާހީމް ހާފިޒް "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ފެންމަތިވީ ކިޔަވަން ދިޔަ ގައުމަކުން އެއް ދަރިވަަރަކު ޑީޕޯޓްކުރުމުން ކަމަށެވެ.
ސްޕެޝަލައިޒްވާން ފިލިޕީންސަށް ދިޔަ ދަރިވަރު ޑީޕޯޓްކުރި ސަބަބު ބެލިއިރު، އެ ސްކޭމްގައި އިތުރު ދަރިވަރުންތަކެއް ތާށިވެފައި ތިބިކަން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފައިސާ ދައްކައިގެން ދިޔަ 15 މީހެއްގެ ކިޔެވުން ނުފެށި އެނބުރި އަންނަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކަމަކު، އެ 15 ޑޮކްޓަރުންނާ ޒީޑްއާ ގުޅުމެއް ނެތް ކަމަށް ވެ އެވެ.
"އެއީ ރާއްޖޭގައި މަސައްކަތް ކޮށްފައި ސްޕެޝަލައިޒް ވާން ދިޔަ 15 ޑޮކްޓަރުން. އެ މީހުން ޕިލިޕީންސަށް ގެންދިޔައީ ކުޑަ ދުވަސްކޮޅެއް ތެރޭ އެ ގައުމުގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހަދަން ޖެހޭ ޓެސްޓު އޮންނާނެއޭ ކިޔާފައި،" ހާފިޒް ވިދާޅުވި އެވެ.
"އެ ޓެސްޓު ހަދަން 1،500 ޑޮލަރުގެ ފީއެއް ދައްކާފައި ރާއްޖެއިން އެ ކުދިން ދިޔައީ. އެ ޑޮކްޓަރުން އެ ގައުމަށް ގޮސް ޓެސްޓް ހަދަން ބެލިއިރު އެޖެންސީން އޮތީ އެ އިންތިޒާމުތައް ހަމަނުޖައްސާ. އެހެންވެ ޓެސްޓު ވެސް ނުހެދުނު. އަސްލު ދައްކަން ވެސް މި ޖެހެނީ 20 ޑޮލަރު."
ހާފިޒު ވިދާޅުވި ގޮތުގައި ފިލިޕީންސަށް ސްޕެޝަލައިޒްވާން ފޮނުވި ބައެއް ޑޮކްޓަރުންގެ އަތުން ތިން އަހަރަށްވާ ޓިއުޝަން ފީގެ ގޮތުގައި 40,000 ޑޮލަރުގެ ފީއެއް ނެގުމަށް ވެސް ވަނީ އެއްބަސްވުން ހަދައިފަ އެވެ. ނަމަވެސް އެ ޔުނިވާސިޓީއަށް އަސްލު ދައްކަން ޖެހޭ އަގަކީ 10,000 ޑޮލަރުކަން ފަހުން އެނގުނު ކަމަށް ވެސް ހާފިޒް ވިދާޅުވި އެވެ.
"ފިލިޕީންސަށް ދިޔަ ކުދިން މިއީ. ފޭސްބުކުގައި މި ވާހަކަތައް ޖެހުމުން އެހެން ގައުމުތަކަށް ކިޔަވަން ދާން ތިބި ކުދިންގެ ބެލެނިވެރިން ވެސް އަޅުގަނޑަށް ގުޅި. މި މީހުންގެ [ޒީޑް]ގެ ސްކޭމްގައި ޖެހި ނުޖެހި ތިބި މީހުން. ހުރިހާ ކަމެއް ނިންމައި ފައިސާ ނުދައްކާ ތިބި މީހުން. އެއީ ސްކޭމެއް ކަމަށް ޝައްކުވާތީ،" އޭނާ ވިދާޅުވި އެވެ.
ހާފިޒް ވިދާޅުވީ އެކި ނަންނަމުގައި ޒީޑް އިން ރާއްޖޭގައި އޮޕަރޭޓް ކުރާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ.
- އެ ތިން ގައުމުގައި މެޑިސިން ދާއިރާއިން ކިޔަވާ ދަރިވަރުންގެ އަތުން އެ ކިޔަވައިދޭ މަރުކަޒުތަކުން ނަގާ އަސްލު ޓިއުޝަން ފީގެ ތިން ގުނަ ނުވަތަ ހަތަރު ގުނަ ބޮޑު އަގު ދައްކަން ޖެހޭ ކަމަށް ބުނެ ދަރިވަރުންނަށް އޮޅުވާލައި ފައިސާ ނަގާފައިވުން.
- އެ އޭޖެންސީން ދަރިވަރުންނަށް ދީފައިވާ ގޯސް މައުލޫމާތުގެ ސަބަބުން ވިސާގެ މައްސަލަތަކުގައި ބައެއް ދަރިވަރުން ގައުމުތަކުން ޑީޕޯޓުކުރުން.
- ދަރިވަރުންގެ އަތުން ފީ ނަގައި ކަނޑައެޅިފައިވާ ހޮސްޕިޓަލްތަކަށް ފައިސާ ނުދެއްކި، ކިޔެވުން ނުފެށި އަނބުރާ ރާއްޖެ އަންނަން ޖެހުން.
މާލޭގެ ބޮޑެތި މަގުތަކުގައި އިޝްތިހާރުތައް ބަހައްޓައިގެން މިހާރު ވެސް ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު ރާއްޖޭގައި ދަރިވަރުންނާ އެ އެޖެންސީން ބައްދަލުކޮށް ޕްރެޒެންޓޭޝަން ދެމުން އަންނަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގާ އޮފީހުގައި ކަން ޔަގީން ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒީޑް އަކީ ރާއްޖޭގައި 2023 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ކްރިކެޓް ބޯޑު މެމްބަރު އަބްދުﷲ އިމާދް އިސްމާއިލް އާއި މުހައްމަދު ރާއީ އިމާދުގެ އިތުރުން އައިމިނަތު ޝަހީދާ ކިޔާ މީހެކެވެ.
ނަމަވެސް އެއީ އެ މީހުންނާ ގުޅިގެން ކުރާ ކަމެއްކަން ޔަގީނެއް ނުކުރެވެ އެވެ.
އެޗް އެންޑް އެސޯސިއޭޓްސް އިން ވަނީ އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަރީ
12 September 2025
މިކަންކަން ކުރެވެނީ ހަމަހުރެފަކާ ނޫން. މިއީ އެކި ފަންތީގެ ވެރިން ގުޅިގެން ކުރާކަމެއް. ހަޔާ އެޑިއުކޭޝަންގެވެސް އަތެއްް އޮންނާނެ. ދަރިވަރުން އަތުން ފެލާލީ އަމިއްލަ ފައިސާއެއް ނޫން. އެއީ ހުރިޔާ ލިޔެކިޔުން ހަމަކޮށްގެން މިނިސްޓްރީން އެޕްރޫވް ކޮށްގެން ދިން ސްޓޫޑެންޓް ލޯނު ފައިސާ ކޮޅު.
މިސްޓަރ ވާން
12 September 2025
ލަންކާ މިހުނާއި ޕިލިޕީންސް މީހުްނ ވެސް މިޤައުމުން ޑީޕޯތް ކުރާންޖެހޭ.... ރާއްޖެ ސަރުކާރު މާދީލަތި.. ލިކަހަލަ ކަން ކަމުގައި
ނަނަންން
11 September 2025
40،000 ޑޮލަރު ދައްކާއިރު މިދެއްކެނީ ކޮންތަނަކަށްކަންވެސް ބަލާނުލާތަ؟ ހާދަ މުއްސަނދިންނޭ ރާއްޖޭގަ މިއުޅެނީ.
ަދަސދަް
11 September 2025
ހާދަ މުއްސަދި ދަރިވަރުންނޭ ރާއްޖޭގަ އުޅެނީ، 40،000 ޑޮލަރު ދައްކާލަން އެއް ފަހަރާ
ފުލުބެ
10 September 2025
ލަންކާ މީހުނަށް ދިވެހި ސަރުކާރުން ސަމާލު ވާންޖެހޭ ، އެއީ ނުރައްކާ ބައެއް.
ދެންދޯ
10 September 2025
ކީއްވެ؟ ދެން ބުނާނެ ވިކްޓިމް ބްލޭމިންގއޭ. އެކަމަކު ތިވަރު ބޮޑު އަދަދަކުން ބަޔަކަށް ހަމަ ތިބެލާފަ ފައިސާ ދައްކާއިރު ތި ކޮލެޖުތަކާ ޔުނި ތަކުގެ ރަސްމީ ވެބްސައިޓުތައް ހުންނާނެ ނުންތަ؟ މީހާ އަމިއްލައަށް ދަތުރެއް ހަދައިގެން ގޮސް ބަލައިވެސް ލެވިދާނެ ދޯ ޓިއުޝަންފީއާ ދެން ހުރި ފީއެއް ދައްކާއިރު؟
ސަލާމްސް
10 September 2025
ތިކަހަލަ ގަމާރު މީހުން ޑޮކްޓަރުކަން ކިޔަވަން މި ދަނީ. ލާރި އޮތީމަ ދޯ 40ކ ޑޮލަރު ދެއްކޭނީ. ދެން ވިސްނާ މި މީހުން ކިޔަވައިގެން އައިސް ހުންނާނެ ފެންވަރު. ބިރުވެރި
ށަލްމަން
11 September 2025
މިހާރުވެސް ގިނައީ ނުކިޔަވާ ގަނެގެން އައިސް ތިބި އެއްޗެހިން
އަޖީތު
11 September 2025
ބުރޯ މީހުން މީހުންނަށް ވަނީ ލައްކަ މަސައްކަތް ކޮއްގެން. 40ކ ދައްކަނީ އަންބޮޑިން ނަގާފައެއް ނޫން. މީސް މީހުންނަށް ދަރާވިކިގެން ބެލެނިވެރިން އެމީހުންގެ ދަރިންގެ ކުރިއެރުމަށް ކުރާ މަސައްކަތް އެއީ..
ސަލީމު އިދުރީސް
10 September 2025
ޔުނީފޯމު އެޅިމީހުންޖަރީމާ ހިންގާތާކު ދައުލަތެއްގެ ސިފަނުޖަހާނެ! ހިންސާފު ހޯދަން ދާންވީ ތިބާވަތުގެ ކުއްތައް ކުރާމީހުންކައިރިއައް! ރައްޔިތުންނައް އުންމީދު ގެއްލިފަވާގައުމެއް
ޑޮކްތަރު
10 September 2025
ބަލަ ޑޮކްޓަރުންނަކީ ކިޔަވައިގެން ތިބި ރަގަޅުމީހުންނަށްވާއިރު ހަމަތިބެފަ އޭޖެންސީއަކަށް އެތައްހާސް ޑޮލަރުދޭއިރު ބަލާލަންވާނެއެއްނު އެޔުނިވަރސިޓީއަކަށް ޕޭމަންޓު ދޭންޖެހޭވަރު، އެމީހުންނާ ގުޅައިގެން ނޫނީ ވެބްސައިޓަށް ވަދެގެން. އޭގެފަހުންނެއްނު އޭޖެންސީއަށް ފައިސާދޭންޖެހޭނީ. މިމީހުން ކިޔެވިކިޔެވިހެން ކާފަރުވަނީދޯ؟ ރަގަޅަށް ރިސާޗްކޮށްފަ ނޫނީ ތިކަހަލަކަމެއް ކޮށްގެންނުވާނެ. މިފަދަ މައުލޫމާތު ގާތުންލިބޭ ޒަމާނެއްގަ. ބޯބަހައްޓަބަލަ ޑޮކްޓަރުންނޭ.
ޖެކު
11 September 2025
ހިހޫތަނުން ވަގަށް ސުޕެސަލައިލްވެލަން ދިޔައީނޫންބާ
ޢަރުތަ
11 September 2025
ގިނަ ޑޮކްޓަރުން ބޯބަހައްޓަނީ އެއްމެ ކަމަކު، އެކަން އެމީހުން ބަރާބަރަށްކުރޭ.
ޕޮއިންޕީ
10 September 2025
ދެރަ ކަމެކޭ މީ