ފޮޓޯގެލަރީ / އައިޖީއެމްއެޗު

ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން މާލެ

ހުސެއިން ވަހީދު

20 ސެޕްޓެމްބަރ 2017

ސެޕްޓެމްބަރު 20، 2017- އައިޖީއެމްއެޗުގެ ދެކުނުން މިހާރު ހަދަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސްގެ މަތިން މާލޭގެ ބައެއް ތަންތަނާއި މާލެ ކައިރީގެ ބައެއް ތަންތަން ފެންނަ ހިތްގައިމު މަންޒަރުތައް: މާލޭގައި މިހާތަނަށް އިމާރާތްކޮށްފައިވާ އެންމެ އުސް އިމާރާތުގެ ކޮންކްރީޓްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އެތަން ފުރިހަމަކޮށް އަންނަ އަހަރުގެ ޖުލައި 26 ގައި ހުޅުވުމަށް ވަނީ ނިންމާފައި. ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކުރޭ. އެކަމަކު އެއީ ހަމައެކަނި އިމާރާތުގެ އަގު ކަމަށް ވާއިރު، ތަނަށް ބޭނުންވާ ސާމާނު ގަންނަނީ އެ ބަޖެޓުގެ ބޭރުން ވަކިން. ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތް ނިންމުން ފާހަގަ ކުރުމަށް، އެ އިމާރާތުގެ އެންމެ މަތީގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ތަނުގައި ބަހައްޓާ އެނދުތަކާއި ގާއިމު ކުރާ ޑައިގްނޯސްޓިކް ވަސީލަތްތަކުން ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް.---ފޮޓޯތައް: ހުސެއިން ވަހީދު/މިހާރު

މި ފޮޓޯ އިން ފެންނަނީ މާލޭގެ ހުޅަނގު ފަރާތުގެ މަންޒަރެއް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި ފޮޓޯ އިން ފެންނަނީ ރަސްފަންނުގައި ކުޑަކުއްޖަކު ގޮވައިގެން މީހަކު ހިނގާފައިދާ މަންޒަރު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލޭގައި މިހާރު އިމާރާތް ކޮށްފައިވާ އެންމެ އުސް އިމާރާތް (25 ބުރީގެ އިމާރާތް) ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން، ހިރިޔާ ސްކޫލުގެ ގޯތިތެރޭގައި ހަދާފައިވާ ދަނޑުގައި އެ ތަނުގެ ކުދިން ކުޅޭ މަންޒަރު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މި ފޮޓޯ އިން ފެންނަނީ ރަސްފަންނު ސަރަހައްދަށް މޫދަށް އެރިއުޅުނު ދެ މީހެއް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި ފޮޓޯ އިން ފެންނަނީ ވިލިމާލެ އާއި ތިލަފުށީގެ މަންޒަރުތައް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އުސް އިމާރާތްތަކުން މާލެ ތޮއްޖެހި، ފިތި ބާރުވެފައިވާ މަންޒަރު އެންމެ ރީއްޗަށް މިހާރު ފެންނާނީ އައިޖީއެމްއެޗުގެ ދެކުނުން މިހާރު އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސްމަތިން: މުޅިއެކު 25 ބުރިއަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ މިހާރު މާލޭގެ އެންމެ އުސް އިމާރާތް---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މި ފޮޓޯ އިން ފެންނަނީ މާފަންނު އަޑު ކައިރީގައި އިމާރާތް ކޮށްފައިވާ ވިޔަފާރިވެރިންގެ މިސްކިތުގެ ނަމުގައި މަޝްހޫރު ވެފައިވާ މިސްކިތް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އުސް އިމާރާތްތަކުން މާލެ ތޮއްޖެހި، ފިތި ބާރުވެފައިވާ މަންޒަރު އެންމެ ރީއްޗަށް މިހާރު ފެންނާނީ އައިޖީއެމްއެޗުގެ ދެކުނުން މިހާރު އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސްމަތިން: މުޅިއެކު 25 ބުރިއަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ މިހާރު މާލޭގެ އެންމެ އުސް އިމާރާތް---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މި ފޮޓޯ އިން ފެންނަނީ މާފަންނު ސްޓޭޑިއަމްގެ ސަރަހައްދާއި އެ ސަރައްދުގެ ބައެއް އިމާރާތްތައް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި ފޮޓޯ އިން ފެންނަނީ މާލޭގެ ފަޅަށް ވަންނަން އަންނަ ލޯންޗަކާއި ދޯންޏެއް---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި ފޮޓޯ އިން ފެންނަނީ އައިޖީއެމްއެޗުގައި ފަހުން ހެދި 10 ބުރީގެ އިމާރާތާއި އިންޑިއާ ސަރުކާރުން ހަދައިދިން އެ ހޮސްޕިޓަލްގެ އިމާރާތް އަދި އެތަނުގެ ކައިރީގެ ބައެއް އިމާރާތްތައް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މި ފޮޓޯ އިން ފެންނަނީ މާލޭގެ މާފަންނުކޮޅުގެ ތިން ރުއްޕާކު ކައިރީގައި ހަދާފައިވާ ނެރުން ވިލިނގިލީ ފެރީއެއް ނުކުންނައިރު އެހެން ދޯންޏެއް މާލޭގެ ފަޅަށް ވަންނަ މަންޒަރު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލޭގެ އުތުރު ފަރާތުގައި އިމާރާތް ކޮށްފައިވާ އެސްޓީއޯގެ އިމާރާތާ އެކު ފެންނަ ހިތްގައިމު މަންޒަރެއް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލޭގެ ފަޅުތެރެއިން ދޯންޏެއް ނުކުމެގެންދާ މަންޒަރު، މާލޭގައި މިހާތަނަށް ހަދާފައިވާ އެންމެ އުސް އިމާރާތުގެ ޓެރަސްމަތިން ފެންނަ ގޮތް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭގައި މިހާރު އިމާރާތް ކޮށްފައިވާ އެންމެ އުސް އިމާރާތް (25 ބުރީގެ އިމާރާތް) ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން، ރަސްފަންނުގައި ހަދަމުން އަންނަ ޕެވިލިއަން ފެންނަ ގޮތް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭގައި މިހާރު އިމާރާތް ކޮށްފައިވާ އެންމެ އުސް އިމާރާތް (25 ބުރީގެ އިމާރާތް) ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން، ހިރިޔާ ސްކޫލުގެ ގޯތިތެރޭގައި ހަދާފައިވާ ދަނޑުގައި އެ ތަނުގެ ކުދިން ކުޅޭ މަންޒަރު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭގެ ދެކުނު ފަރާތު ޖެޓީގައި އޮޑިދޯނި ފަހަރުން ފުރި ބާރުވެފައި: މާލޭގައި މިހާތަނަށް އިމާރާތް ކޮށްފައިވާ އެންމެ އުސް އިމާރާތް ކަމަށްވާ (25 ބުރީގެ އިމާރާތް) ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން، މާލެ ތޮއްޖެހިފައިވާ މަންޒަރު ވަރަށް ރީއްޗަށް ފެނޭ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭގައި މިހާތަނަށް އިމާރާތް ކޮށްފައިވާ އެންމެ އުސް އިމާރާތް (25 ބުރީގެ އިމާރާތް) ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން، މާލޭގެ މަގެއް ފެންނަ ގޮތް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އުސް އިމާރާތްތަކުން މާލެ ތޮއްޖެހި، ފިތި ބާރުވެފައިވާ މަންޒަރު އެންމެ ރީއްޗަށް މިހާރު ފެންނާނީ އައިޖީއެމްއެޗުގެ ދެކުނުން މިހާރު އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސްމަތިން: މުޅިއެކު 25 ބުރިއަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ މިހާރު މާލޭގެ އެންމެ އުސް އިމާރާތް---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭގައި މިހާތަނަށް އިމާރާތް ކޮށްފައިވާ އެންމެ އުސް އިމާރާތް (25 ބުރީގެ އިމާރާތް) ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ މާފަންނު ސަރަހައްދުގެ ބައެއް އިމާރާތްތަކާއި މާލޭގެ ވިޔަފާރި ބަނދަރު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭގައި މިހާތަނަށް އިމާރާތް ކޮށްފައިވާ އެންމެ އުސް އިމާރާތް (25 ބުރީގެ އިމާރާތް) ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން، މާލެ ވަރަށް ރީއްޗަށް ފެނޭ. މި ފޮޓޯ އިން އެ ފެންނަނީ މާލޭގެ ގެއެއްގެ ކޮންކްރީޓް މަސައްކަތް ކުރިއަށް ގެންދާ މަންޒަރު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭގައި މިހާރު އިމާރާތް ކޮށްފައިވާ އެންމެ އުސް އިމާރާތް (25 ބުރީގެ އިމާރާތް) ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން، މާލޭގެ އުތުރު ފަރާތާއި ހުޅުލެ އާއި ފުނަދޫ ފެންނަ ގޮތް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މާލޭގައި މިހާރު އިމާރާތް ކޮށްފައިވާ އެންމެ އުސް އިމާރާތް (25 ބުރީގެ އިމާރާތް) ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސް މަތިން، މާފަންނު ސްޓޭޑިއަމްގައި އަޅާފައިވާ ޓެނިސް ކޯޓު ފެންނަ ގޮތް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2021 Mihaaru · Terms and Conditions · Privacy Policy