ގޮރިއްލާ ގްލާސް 6 އުފައްދައިފި އެވެ. ސްމާޓްފޯނުތަކުގެ މޫނުމަތީގައި އަޅުވާފައި އޮންނަ ބިއްލޫރިގަނޑު، ގޮރިއްލާ ގްލާސް އުފައްދާ ކުންފުންޏަށް ކިޔަނީ "ކޯނިން" އެވެ. ކޯނިން ބުނާ ގޮތުގައި، ގޮރިއްލާ ގްލާސް 5 އަށް ވުރެ ގޮރިއްލާ ގްލާސް 6، ދެ ގުނަ ވަރުގަދަ އެވެ.

ގޮރިއްލާ ގްލާސް އުފެއްދުމުގައި، ފަސް ދަރަޖައެއް ކޯނިން ތަޖުރިބާކޮށްފި އެވެ. ގޮރިއްލާ ގްލާސް 6 އުފައްދައި، އާ ދަރަޖައެއް ގޮރިއްލާ ގްލާސް އަށް ލިބިދޭއިރު، މި އަށް ވުރެ ވަކިން ގަދަފަދަ ބިއްލޫރިއެއް މިހާތަނަށް ކޯނިން އުފައްދާފައެއް ނުވެ އެވެ. ކޯނިން އިން ފަޚުރުވެރިކަމާ އެކު މިކަން ފާހަގަކުރެ އެވެ. ކޯނިން ބުނާ ގޮތުގައި، އެއް މީޓަރު އުހުން 15 ފަހަރު ވެއްޓުނު ނަމަވެސް މި ބިއްލޫރި ތަޅައިގެންދިއުން ނާދިރެވެ.

ކޯނިން ބުނާ ގޮތުގައި، ގޮރިއްލާ ގްލާސް 6 އުފައްދާފައި ވަނީ ކުރިން އުފެއްދި ބިއްލޫރިތަކުގެ މައްޗަށް ބާރުގަދަ އެއްޗެއް ގޮތުގަ އެވެ. އެހެންކަމުން، ވެއްޓި ތަޅައިގެން ދިއުމުގައި އަދި ކޫރުއެޅުމުގައި ވެސް ގޮރިއްލާ ގްލާ މާ ބޮޑަށް ވެސް ކެތްގަދަ އެވެ.

ދުވަހަކަށް ވުރެ ދުވަހެއް ސްމާޓްފޯންތައް ތުނިވަމުން އަންނައިރު، ގޮރިއްލާ ގްލާސް ތުނިކުރެވޭނީ ވަކި ނިސްބަތަކުން ކަމަށް ކޯނިން ބުނެ އެވެ. ބިއްލޫރި އަކީ ކިތަންމެ ގަދަފަދަކޮށް އުފެއްދި ނަމަވެސް، ގަދަފަދަ އެއްޗެއް ގޮތުގައި ވުމަށް ތުނިކުރުން ޝަރުތުކުރެވެން ނޯންނަ އެއްޗެއް ކަމަށެވެ. އެހެންކަމުން ގޮރިއްލާ ގްލާސް އަށް ކެތްތެރިވެވޭނީ ވެސް ވަކި ތުނިމިނެއް ކަމަށެވެ.

ސްމާޓްފޯން ކުންފުނިތަކަށް ސަޕްލައިކުރުމަށް ބޭނުންވާ މިންވަރަށް ގޮރިއްލާ ގްލާސް އުފައްދަން ފަށާފައިވާ ކަމަށް ކޯނިން ބުނެ އެވެ. އިންތިޒާރުކުރުމުގައި ވަގުތު ގުނަން ނުޖެހި ސްމާޓްފޯނުތައް ގަދަފަދަކުރުމަށް ގޮރިއްލާ ގްލާސް 6 ނެރޭނެ ކަމަށް ކޯނިން ބުނެ އެވެ.