އދ. މަހިބަދޫ އާއި އެ އަތޮޅު ކުނބުރުދޫގައި ފްލެޓު އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލުކޮށްފި އެވެ. 

ހައުސިން މިނިސްޓްރީން ބުނީ މަހިބަދޫގައި 100 ހައުސިން ޔުނިޓް އަދި ކުނބުރުދޫގައި 25 ހައުސިން ޔުނިޓް އަޅާނެ ކަމަށެވެ. 

އެ ދެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. 

މަހިބަދޫގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ކުނބުރުދޫގެ މަޝްރޫއު ހަވާލުކުރީ 480 ދުވަހުން ނިންމާށެވެ. 

އެ މަޝްރޫއުގެ ދަށުން ދެ ރަށުގައި ވެސް އިމާރާތްކުރާނީ ތިން ކޮޓަރީގެ ފްލެޓުތަކެކެވެ.