ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ. 

ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މަގާމަށް ބޭފުޅަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާންގެ  މުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ހަމަވިއިރު ކުރިމަތިލެއްވީ އެ ކޮމިޝަނުން ބުނި ގޮތުގައި 10 ބޭފުޅެކެވެ. 

އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަފީގާ ނައީމާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އިސްމާއިލް ސާޖިދު ހިމެނެ އެވެ. 

އަދި ކުރިން ސިވިލް ކޯޓު ގާޒީކަން ކުރެއްވި މަރިޔަމް ނިހާޔަތު ވެސް މަގާމަށް ކުރިމަތިލެއްވި އެވެ.

އެ ބޭފުޅުންގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ: 

- ހޫދު މުހައްމަދު، ވަލުގެ، ގދ. މަޑަވެލި 

- އަހުމަދު ރިފުއަތު، ސީޕިޔާގެ، ރ. މަޑުއްވަރި 

- އާދަމް ޝަމީމު، މަލާޒު، ދ. މާއެނބޫދޫ 

- އައިމިނަތު ނަޝްމީ ފަޒީލު، މ. ޒޭވަރު 

- އާއިޝަތު ހިކްމާ، އަސްރަފީވިލާ، ސ. ހިތަދޫ 

- މުހައްމަދު ނިޔާޒު، ނައިޓްރޯސް، މ. ރަތްމަންދޫ 

- މަރުޔަމް ޝަހާނާ، މ. މެދުރިޔާ 

- ޝަފީގާ ނައީމު، ބީޗްސައިޑް، ފ. ނިލަންދޫ 

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމްޖަދު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އޭނާ މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ.