ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ލ. ކުނަހަންދު އަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ އެވެ.

ކުނަހަންދޫ ކައުންސިލްގެ ނައިބު ޟިރުޣާމް ސައީދު ވިދާޅުވި ގޮތުގައި އެރަށުން 10 ގެއެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއްގޭގެ ފުރާޅު ވަނީ އެއްކޮށް އެއްލާލާފަ އެވެ. ނަމަވެސް އެގެއަކީ އަދި މީހުން ދިރިއުޅެން ނުފަށާ ގެއެއް ކަމަށްވެސް ޟިރުޣާމް ވިދާޅުވި އެވެ.

މި ވިއްސާާރައިގެ ސަބަބުން ދެގެއްގެ ފާރުވެސް ވަނީ ވެއްޓިފަ އެވެ. އަދި ވެއްޓިފައިވަނީ 30 ފޫޓުގެ ފާރަކާއި 15 ފޫޓުގެ ފާރެއް ކަމަށް ޟިރުޣާމް ވިދާޅުވި އެވެ.

ރޭ ކުރި ވިއްސާރައިގައި ލ. ކުނަހަންދު އަށް ލިބުނު ގެއްލުން. ފޮޓޯ/ކުނަހަންދޫ ކައުންސިލް
ރޭ ކުރި ވިއްސާރައިގައި ލ. ކުނަހަންދު އަށް ލިބުނު ގެއްލުން. ފޮޓޯ/ކުނަހަންދޫ ކައުންސިލް

ކުނަހަންދޫ ކައުންސިލުގެ ނައިބު ވިދާޅުވި ގޮތުގައި ވިއްސާރައިގައި އެރަށު 12 ގެއެއްގައި ވަނީ ފެން ބޮޑުވެ ހިފައިގެންގުޅޭ ތަކެއްޗަށް އެކި ވަރުގެ ގެއްލުން ލިބިފަ އެވެ. ކައުންސިލުން ބުނި ގޮތުގައި ފެންބޮޑުވުމަށް މެދުވެރިވާާ އެންމެ ބޮޑު އެއް ސަބަބަކީ އެރަށުގެ ބަނދަރު އުސްވުމެވެ. އެހެން ކަމުން ވާރެ ވެހުމުން ފެންގަނޑު ރަށުގެ މެދަށް ޖަމާވަނީ އެވެ.

" މިއިންނަނީ ބޯތައްޓެއްހެން ރަށުގެ މެދަށް އަޑިވެފަ. ދެން ހުރިހާ ފަރާތަކުން ފެންގަނޑު ޖަމާވަނީ ރަށުގެ މެދަށް " ޟިރުޣާމް ވިދާޅުވި އެވެ.

އެރަށު ކައުންސިލުން ބުނި ގޮތުގައި ލިބިފައިވާ ގެއްލުން ގާާތްގަނޑަކަށް ދެލައްކަ ރުފިޔާ އަށް ވުރެ އިތުރުވާނެ އެވެ. އަދި ކައުންސިލުން މިހާރު ގެންދަނީ، ގެއްލުން ލިބުނު ގެތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޭ ފަތިހު ޖެހުނު ވައިގައި އެރަށު ސްކޫލުގެ ފުރާޅު ހިއްލާލުމުގެ ސަބަބުން ކްލާސް ރޫމް ތަކުގައި ފެން ބޮޑުވެ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި މިކަމުގެ ސަބަބުން މިއަދު އެރަށު ސްކޫލުގެ ކިޔެވުން ވެސް ވަނީ މެދުު ކަނޑާލާފަ އެވެ.

ރޭ ކުރި ވިއްސާރައިގައި ލ. ކުނަހަންދޫ ސްކޫލުގެ ކްލާސްރޫމެއްގައި ފެން ބޮޑުވެފައި. ފޮޓޯ/ކުނަހަންދޫ ކައުންސިލް
ރޭ ކުރި ވިއްސާރައިގައި ލ. ކުނަހަންދޫ ސްކޫލުގެ ކްލާސްރޫމެއްގައި ފެން ބޮޑުވެފައި. ފޮޓޯ/ކުނަހަންދޫ ކައުންސިލް

ކުނަހަންދު އަށް ކުރި ވިއްސާރާއިގައި އެރަށު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއް ގައި ފެން ބޮޑުވެ އަޑިއަށް ގޮސްފައިވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ. ނަމަވެސް މިހާރު ވަނީ އެދެ ލޯންޗުވެސް ނަގައިފ އެވެ.

މިހާރު ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ތ އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާާރާއިން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތް 24 އަޑި އިރުވެސް އެސަރަހައްދު ތަކަށް މޫސުން ގޯސްވާނެ ކަމަށް އެއިދާާރާއިން ބުންޏެވެ.

މިވިއްސާރައިގައި ލ. ފޮނަދޫ އާއި ގއ. ވިލިގިނލީގައި ވެސް ވަނީ ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.