ތައިމޫރް ނެނީއާ އެކު.
28 ސެޕްޓެމްބަރ 2018 - 08:18
ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރާ އެކު އެންމެ ގިނައިން ފެންނާނެ މީހަކީ އޭނާ ބަލަހައްޓާ ނެނީ، ސާވިތުރީ އެވެ. ތައިމޫރު އުފަންވީންސުރެ އޭނާއާ އެންމެ ގާތްކޮށް އުޅޭ މީހަކީ ވެސް އެއީކަން މީޑިއާތަކަށް ތިލަވާ ގިނަ ފޮޓޯތަކަކުން ވެސް އެނގޭނެ އެވެ.
ޔަގީނުން ވެސް ސާވިތުރީގެ މަސައްކަތަކީ ޒިންމާ ބޮޑު، ބުރަ މަސައްކަތަކެވެ. ފަހަރުގައި މަޝްހޫރު އާއިލާއަކާ އެކު، މަސައްކަތް ކުރުމަކީ އޭނާ އަށް ލިބުނު ނަސީބަކަށް ވެސް ވެދާނެ އެވެ. ކަރީނާ އާއި ސައިފް ދަރިފުޅާ އެކު ކުރާ ކޮންމެ ދަތުރެއްގައި ވެސް ސާވިތުރީ ބައިވެރިވެ އެވެ. ދާދި ފަހުން ރާއްޖެ އަށް އެ މީހުން ކުރި ދަތުރުގައި ސާވިތުރީ ރާއްޖެ އަށް އައެވެ.
ތައިމޫރް ނެނީއާ އެކު.
މީޑިއާތަކުން މިހާރު ރިޕޯޓްކުރާ ގޮތުގައި އޭނާގެ މުސާރައަކީ ބަޔަކު ހައިރާންކޮށްލާ ވަރުގެ އަދަދަކަށް ވާނެ އެވެ. އެއީ އައިޓީ އާއި އެމްބީއޭ އަދި އިންޖިނިއަރިން ފަދަ ޕްރޮފެޝަނަލް ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް މަހަކު ލިބޭ މުސާރައާ ވެސް ނުބައްދަލު މިންވަރެކެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކީ އިންޑިއާގެ ބޮޑުވަޒީރަށް ލިބޭ މުސާރައާ ގާތްކުރާ ވަރުގެ މަހު މުސާރައެއް ސާވިތުރީ އަށް ލިބޭތީ އެވެ. އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަހު މުސާރައަކީ 1.6 ލައްކަ ރުޕީސް އެވެ.
ތައިމޫރް ނެނީއާ އެކު.
ދެބައި އުމުރުގެ ސާވިތުރީގެ މަހު މުސާރައަކީ އާންމުކޮށް 1.5 ލައްކަ ރުޕީސް އެވެ. އެކަމަކު މަސައްކަތުގެ ވަގުތު އިތުރުވާ ހާލަތްތަކުގައި އޭނާގެ މަހު މުސާރަ އަށް ބައެއް މަސް މަހު 1.75 ލައްކަ ރުޕީސް ލިބޭ ކަމަށް ބޮލީވުޑް ލައިފުން ބުންޏެވެ.
މީގެ އިތުރުން ސާވިތުރީ ހާއްސަ ކާރެއް ވެސް ސައިފާއި ކަރީނާ ހަމަޖައްސައި ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރޭ123
29 September 2018
މަށަކީ ޓެކްސީ ދުއްވާ މީހެއް..މަގޭ މުސާރަ 45000 ރުފިޔާ..މޯޑީ އަށްވުރެ ބޮޑު..އެހެންވެ ޖޮބަކަށް ނުގޮސް މި ހުންނަނީ
އިއްބެއްޔާ
29 September 2018
އިންޑީއާގެ ބޮޑު ވަޒީރު މުސާރަ ދިވެހި ރާއްޖޭގެ ރައީސްއަށް ވުރެ ކުޑަވިޔަސް ބޮޑުވަޒީރަށް ކުރާ ޙަރަދުތައް އެތައް ގުނަ ބޮޑުވާނެ. ފޯރު ކޮށްދޭ ސެކިއުރިޓީންގެ އަދަދު ގިނަވެފައި އެކަމަށް ކުރާ ޙަރަދު، ބޮޑު މޮޓޯ ކޭޑަށް ކުރާ ޙަރަދާއި، ދިރިއުޅޭ ރަސްމީ ގެކޮޅުގެ ޚަރަދާއި، ޙާއްސަ ކުރެވިފައިވާ މަތިންދާ ބޯޓު ޙަރަދާއި މިިހެން ގޮސް އެތައް ކަމެއް. މިވެސް ހަމަ އިނާޔަތްތައް.
ކެނެޑީ
29 September 2018
އާނ އަދަދުތައް ރަގަޅޭ ތިކުދިން ސީދާ ދިވެހި ރުފިޔާއަށް ކޮންވަރޓްކުރީމަ މަދުހެން ހީވަނީ އެކަމަކު އެއީ އިންޑިއާގެ އިކޮނޮމީއާ ބަލާފަ ކުޑައެއްޗެއްނޫން، މިބުނަނީ ރާއްޖޭގަ 32000 ދިވެހި ރުފިޔާއަށް ގަނެވޭ އެއްޗެއްސަށްވުރެ އެތައްތަނެއް ގިނަ އެއްޗެހި އިންޑިއާގަ ދިވެހި 32،000 ރުފިޔާއަށް ގަނެވޭނެ. އަދި މިސާލަކަށް ރާއްޖޭގަ 2 ރޫމް އެޕާރޓްމަންޓެއް 20،000 ހުއްޓަސް އިންޑިއާގަ ލިބިދާނެ 5000 ދިވެހި ރުފިޔާއަށް...
ހެހެ
29 September 2018
މަށައްވެސް ހެޔޮ މުސާރަ ނުދިނަސްވެސް މަށަށް ބޭނުންވާކަންކަން ކޮއްދޭން ބަޔަކު ތައްޔާރައް ހުންނަނަމަ ހެހެ....ކޮނ މުސާރައެއްތަ....ދޯ..
ރީތި މޫސަ
29 September 2018
މޯޑީ ކީއްކުރާ މުސާރައެއް ހުރިހާޚަރަދެއްކުރަނީ ސަރުކާރުން ހެދުންގަނެދެނީ ސަރުކާރުން ކާންދެނީ ސަރުކާރުން މުޅިޢާއިލާ ބަލަނީ ސަރުކާރުން ދަތުރު ފަތުރު މުޅިޢާއލާއައް ސަރުކާރުން މީގެ ހިސާބު ހަދައިފިއްޔާ މިލިޔަނެއްހާ ޑޮލަރު އަރާނެދޯ
ހަޑިގިއްލާ
28 September 2018
ސުއްބޫހުން! މިރާއްޖޭގެ ރައްޔެތުންގެ މަޖިލިސް މެމްބަރެއްގެ މުސާރައިގެ އެންމެ %20 ދުނިޔޭގެ އެންމެބޮޑު ޑިމޮކްރަސީގެ ވެރިޔާއަށް!
އަސްލުރޭޓު
28 September 2018
ރިޕޯޓުގައި އޮތީ ރަނގަޅަށް. 1.5 ލައްކަ ރުޕީސް (32 ހާސް ދިވެހި ރުފިޔާ)
ޥޮޓއ
28 September 2018
ތިޔަ ހިސާބު ރަނގަޅުތަ ؟ ހީވާގޮތުން އަދުރެމެޓިކްސް ތިހިސާބު ހެދުމުގައި ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވޭ.
ހައިޓް
28 September 2018
ކޮރަޕްޝަނޭ އިންސާފޭ ކިޔާވފާއި ވެރިކަމަށް އަންނަ ކޮންމެ މީހެއްގެ ހާލު މާބޮޑު އަދި
ރަޖޫ
28 September 2018
އެއީ 150000 ރުޕީސް. މޯދީގެ ވާހަކަ ނުދައްކާ މޯދީ ތުރުކުރައްވާ ހެދުންކޮޅުގެ އަގުވެސް ތިއަށްވުރެ ބޮޑު.