އިންޑިއާގެ ތިރުވަނަންތަޕޫރަމްގެ ނެދުމަންގަޑް ތަލުކް ހޮސްޕިޓަލުގައި އޮޕަރޭންކުރި މީހެއްގެ ބަނޑުގައި، އޮޕަރޭޝަންކުރުމަށް ބޭނުންކުރި އާލާތެއް އޮތް މައްސަލަ ފެންމަތިވެއްޖެ އެވެ.
އެ ހޮސްޕިޓަލުގައި ހިސްޓްރެކްޓަމީ ނުވަތަ ޔުޓެރަސް ނެގުމަށް ކުރި އޮޕަރޭޝަނަކަށް ފަހު އަންހެން މީހާގެ ބަނޑުތެރެއަށް އޮޕަރޭޝަންގައި ބޭނުންކުރި އެއްޗެއް ދޫކޮށްލާފައި ފެހުމުގެ ސަބަބުން އެމީހާއަށް ވަރަށް ގިނަ އުނދަގޫތައް ތަހައްމަލުކުރަން ޖެހުނެވެ.
އިންޑިއާ ޓުޑޭގައިވާ ޚަބަރެއް ބުނާ ގޮތުން ލައިލާ ބީވީ ނަމަކަށް ކިޔާ 45 އަހަރުގެ މި އަންހެންމީހާގެ އޮޕަރޭޝަން ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެމީހާގެ ބަނޑުތެރޭގައި އޮތީ ރޭޑިއޯ އޮޕެކް ކްލިޕް ކިޔާ އިންސްޓްރޫމަންޓެކެވެ. މި އޮތް ކަން އެނގުނީ އޮޕަރޭޝަނަށް ފަހު ނެގި އެކްސްރޭ އަކުންނެވެ.
މިކަން އެނގުނީ އޮޕަރޭޝަންކުރުމަށް ފަހު ތިއޭޓަރުގައި މަސައްކަތްކުރާ ސްޓާފުން އިންސްޓްރޫމަންޓްތައް ގުނިއިރު އެކަތި މަތިވުމުންނެވެ.
މި އަންހެން މީހާ ތިރުވަނަންތަޕޫރަމް މެޑިކަލް ކޮލެޖަށް ގެންގޮސް އޮޕަރޭޝަންކޮށްގެން، ހަށިގަނޑުގައި އޮތް އިންސްޓްރޫމަންޓް މިހާރު ވަނީ ނަގާފަ އެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ނެގުމަށްފަހު އަންހެންމީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރުމަށް އިންޑިއާގެ ހެލްތު މިނިސްޓަރު ވަނީ މިހާރު އަމުރު ކުރައްވާފައި އެވެ.