ނެޓްފްލިކްސްގައި އައިއޯއެސް އަށް ހާއްސަ ފީޗާއެއް

އައިއޯއެސް ބޭނުންކުރާ މީހުންނަށް، ނެޓްފްލިކްސް އިން ހާއްސަ ފީޗާއެއް ތައާރަފުކޮށްފި އެވެ.


"ސްމާޓް ޑައުންލޯޑްސް" ގެ ނަމުގައި އަލަށް ތައާރަފުކުރި ފީޗާއަކީ ޑައުންލޯޑްކޮށްގެން ބަލަމުން އަންނަ އެއްޗެއް ބަލައި ނިމުމުން ޑިލީޓްކޮށްލުމަށް ފަހު، އޮޓޯ އިން އާ އުފެއްދުމެއް ޑައުންލޯޑްކޮށްދޭ ފީޗާއެކެވެ.

ނެޓްފްލިކްސް އިން ބުނި ގޮތުގައި ސްމާޓް ޑައުންލޯޑްސް އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މިހާރު ނެޓްފްލިކްސް އެޕް މެދުވެރިކޮށް ލިބޭނެ އެވެ. އަދި މިއީ އެކްޓިވޭޓް ކުރުމަށް ފަހު، ކަސްޓަމަރުން ބޭނުންވެއްޖެ ހިނދެއްގައި ދޫވެސް ކޮށްލެވިދާނެ ފީޗާއެކެވެ.

"މިއީ ކަސްޓަމަބަރުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ތައާރަފު ކުރި ފީޗާއެއް. މީގެ ސަބަބުން ހަގީގަތުގައި ކަސްޓަމަރުން ބަލާ އުފެއްދުންތައް މެނޭޖް ކުރަން ފަސޭހަ ވާނެ،" ނެޓްފްލިކްސް އިން ބުންޏެވެ.

އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެންޑްރޮއިޑް ޔޫޒަރުންނަށް ވެސް ސްމާޓް ޑައުންލޯޑްސް ތައާރަފުކޮށްފަ އެވެ.

ފިލްމާއި ސީރީޒްތަކާއި ޑޮކިއުމަންޓްރީގެ އިތުރުން ވެސް ޝައުގުވެރި އެތައް އުފެއްދުމަށް ސްޓްރީމް ކުރާ ނެޓްފްލިކްސްއަކީ 148 މިލިއަން މީހުން ބޭނުން ކުރާ ހިދުމަތެކެވެ.