އެމެޒޯންގެ އޮފީސް އިމާރާތެއް ގެދޮރު ނެތް މީހުންގެ ދާއިމީ ބޯހިޔާވައްސަކަށް

މަޝްހޫރު ކުންފުނި އެމެޒޯން އިން އެމެރިކާގެ ސިއޭޓްލްގެ ހެޑްކުއާޓަރެއްގެ ގޮތުގައި ބޭނުންކުރާ އޮފީސް އިމާރާތެއް، ގެދޮރު ނެތް މީހުންގެ ދާއިމީ ބޯހިޔާވައްސަކަށް ބަދަލުކޮށްފި އެވެ.


މި ވާހަކަ އެ ކުންފުނީގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސް އިންސްޓަގްރާމްގައި ހިއްސާކުރައްވަމުން ވިދާޅުވީ އެ މިތަން ވާނީ ގެދޮރު ނެތް މީހުންނަށް މި ވަގުތު ވޮޝިންޓަނުގައި ހުރި އެންމެ ބޮޑު އާއިލީ ބޯހިޔާވައްސަށް ކަމަށެވެ. އަށް ފަންގިފިލާ އެކުލެވޭ މި އިމާރާތުގައި ދިރިއުޅޭނެ އެޕާޓްމަންޓްތަކުގެ އިތުރުން އެތަންތަނުގައި އުޅޭ މީހުންނަށް ބޭނުންވާ އަސާސީ އެކި ހިދުމަތްތައް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.

އޭގެ ތެރޭގައި ކްލިކިނިކާއި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރެވޭނެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމުތައް ވެސް ހިމެނެ އެވެ.

އެމެޒޯންގެ މި މަސައްކަތަކީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ މޭރީސް ޕްލޭސްއާ ގުޅިގެން ކުރިއަށް ގެންދާ ކަމެކެވެ. އަދި އެމެޒޯނުން ވަނީ މިކަމުގައި އެ ކުންފުންޏާ ގުޅިގެން މަސައްކަތްކުރާތީ ޖަމިއްޔާ އަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

އެމެޒޯނުން ބުނިގޮތުގައި ގެދޮރު ނެތި ހާލުގައި ޖެހިފައިވާ މީހުންނަށް މިހާރު ވަނީ ދާއިމީ ބޯހިޔާވަހިކަމުން ފުރުސަތު ހޯދަން ހުޅުވާލައިފަ އެވެ. އެތަނުގައި އާއިލާތައް ގެންގުޅޭނީ އެ މީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވަންދެނެވެ. އެގޮތުން މޭރީސް ޕްލޭސް އިން ބުނެފައިވާ ގޮތުގައި އަހަރަކު 1،000 އެއްހާ މީހުން ނުވަތަ 200 އާއިލާއަކަށް އެތަނުގައި ތިބެވޭނެ އެވެ.

އެމެޒޯން އިން މިފަދަ ފުރުސަތެއް ހުޅުވައިލީ ކޮވިޑް-19އާ އެކު އެ ކުންފުނީގެ ވިޔަފާރި އެތައް ގުނައަކުންް އުފުލި ވަރަށް ކައިރި މުސްތަގުބަލެއްގެ ތެރޭގައި ޖެފް ދުނިޔޭގެ ފުރަތަމަ ޓްރިލިނިއަރަށްވާނެ ކަމަށް ވެސް އަންދާޒާކޮށްފައި ވަނިކޮށެވެ. އަދި އެކަމާ ގުޅިގެން ބައެއް މީހުން ވަނީ ޖެފްގެ ތަނަވަސްކަމުން އެކަށީގެންވާ ވަރަށް ހޭދަކުނުރާ ކަމަށް ބުނެ އޭނާ އަށް ފާޑު ވެސް ކިޔައިފަ އެވެ.