ޙައްޤުދީނަށް ތަބާނުވާ ކޮންމެ ބަޔަކާ ހަނގުރާމަ ކުރަން ޖެހޭބާ؟

ޖިހާދުގެ ނަމުގައި ހިންގާ ބިރުވެރި ޢަމަލުތައް ހުއްދަކަމަށް އެފަދަ ޢަމަލުތައް ހިންގާ މީހުންނާއި، ދީނާ މެދު ޝުބުހާތައް އުފައްދާ މީހުން ޤުރްއާނުން ދަލީލު ދައްކަން މަސައްކަތް ކުރެ އެވެ. އެކަމަކު ޖިހާދާ ބެހޭގޮތުން ކީރިތި ޤުރްއާނުގައިވާ އާޔަތްތަކާއި އެއާ ގުޅުންހުރި ހަދީސްތަކާއި އިސްލާމްދީނުގެ މައިގަނޑު މަގުސަދުތަކާއި އިސްލާމީ އަގުތަކާއި ފިޤުހުގެ އުސޫލުތަކުގެ އަލީގައި އެ ދަލީލުތައް ތަހުލީލުކޮށްލުމުން ނުކުންނަ ނަތީޖާ މުޅިން ތަފާތުވެގެން ދެ އެވެ.


ހަރުކަށި ފިކުރުގެ ޢަމަލުތަކަށް ޙުއްޖަތަކަށް ދައްކާ އާޔަތްތަކުގެ ތެރޭގައި އައްތައުބާ ސޫރަތުގެ 29 ވަނަ އާޔަތް ހިމެނެ އެވެ. މި އާޔަތުގެ މާނައިގައި ވަނީ، "ފޮތް ލިބުނު މީހުންކުރެ، ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންނުވާ، އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ޙަރާމް ކުރެއްވި ކަންތައް ޙަރާމް ނުކުރާ، އަދި ޙައްޤުދީނަށް ތަބާނުވާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! (އެއީ) އެއުރެން ނިކަމެތިވެ، ދެރަވެގެންވާ ހާލު، އަމިއްލަ އަތުން ޖިޒުޔަ ދީފުމަށް ދާންދެނެވެ."

މި އާޔަތް ބާވާލެއްވިފައި ވަނީ ރޯމަނުންނާ ހަނގުރާމަ ކުރުމަށެވެ. އެއީ އެމީހުން މުސްލިމުންނަށް ހަމަލާ ދިނުމުގެ ސަބަބުން އޭގެ ރައްދުގަ އެވެ. މިގޮތުން ތަބޫކު ހަނގުރާމަ ކުރެވުނީ ދިފާޢީ ހަނގުރާމައެއްގެ ގޮތުގަ އެވެ. އެމީހުން މުސްލިމުންގެ ދައުލަތުގެ ދަށަށް ނިކަމެތިކަމާއި ދެރަވެގެންވާ ހާލުގައި އައިސް ވަދެ ޖިޒުޔަ ދޭން އެއްބަސްވެއްޖެ ނަމަ (ހަމަ މި އާޔަތުގައި ބަޔާންކުރަނީ) ހަނގުރާމަ ކުރުން ހުއްޓާލުމަށެވެ. އެމީހުން، ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވިތޯ، އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ޙަރާމް ކުރެއްވި ކަންތައް ޙަރާމް ކުރިތޯ، އަދި ޙައްޤުދީނަށް ތަބާވިތޯ ބަލާކަށް ނުޖެހެ އެވެ.

އައްތައުބާ ސޫރަތުގެ 29 ވަނަ އާޔަތުގެ މާނައިގައި ވަނީ، "ފޮތް ލިބުނު މީހުންކުރެ، ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންނުވާ، އަދި ﷲ އާއި، އެކަލާނގެ ރަސޫލާ ޙަރާމް ކުރެއްވި ކަންތައް ޙަރާމް ނުކުރާ، އަދި ޙައްޤުދީނަށް ތަބާނުވާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! (އެއީ) އެއުރެން ނިކަމެތިވެ، ދެރަވެގެންވާ ހާލު، އަމިއްލަ އަތުން ޖިޒުޔަ ދީފުމަށް ދާންދެނެވެ."

މި ތަނުގައި މީހަކު ކޮށްފާނެ ސުވާލަކީ، ބަލަ ހަނގުރާމަ ކުރުން ހުއްޓާލިޔަސް މިގޮތަށް ނިކަމެތިވެ ޖިޒުޔަ ދޭން ޖެހޭ ކަމަށް ވާނަމަ އެއީ ހަމަ ގަދަބާރު ބޭނުން ކުރުން ނޫންހެއްޔެވެ؟ ޖަވާބަކީ މިފަދަ ޝަރުޠެއްގެ ދަށުން ކަމަށް ވިއަސް ފުރަތަމަ ވެސް ހަނގުރާމަ ހުއްޓޭ ނޫންހެއްޔެވެ؟ އެހެންވިއްޔާ ޤަތުލު ކުރުމެއް ނޯންނާނެ އެވެ. އަމަންއަމާންކަން ދެމެހެއްޓޭނެ އެވެ. ދެން އޮތީ ނިކަމެތިކަމާއި ދެރަވެގެންވާ ހާލުގައި މުސްލިމް ދައުލަތުގެ ދަށަށް އައުމެވެ. މިގޮތަށް ނާންނަ ނަމަ އެމީހުންގެ ފަރާތުން އަމާންކަމެއް ނެތެވެ. ސަބަބަކީ އެއީ ޙަރުބީ ކާފިރުން ކަމަށް ވާތީ އެވެ. ވީމާ މި އާޔަތުގައި މިވާ ޝަރުތަކީ އަމާންކަމާއި ސުލްހައިގެ މަތީ ދެމިތިބުމަށް ކުރެވޭ ޝަރުޠެކެވެ.

ދެން އޮތީ ޖިޒުޔައިގެ ވާހަކަ އެވެ. ޖިޒުޔަ އަކީ، މުސްލިމް ދައުލަތެއްގައި އުޅޭތީ ރައްޔިތުންގެ ހައިސިއްޔަތުން ދޭން ޖެހޭ އެއްޗެކެވެ. މުސްލިމުން ވެސް ދައުލަތަށްޓަކައި އަދާކުރަން ލާޒިމުވާ ވަރަށް މުހިންމު ދެ ފަރުޟުން ކުރެ ފަރުޟެއްގެ ބަދަލަކާ އެއްފަދަ އިންނެވެ. މިގޮތުން އެއް ފަރުޟަކީ ޒަކާތެވެ. އިސްލާމް ނުވާނަމަ ޒަކާތް ދައްކާކަށް ނުޖެހޭނެ އެވެ. އަނެއް ފަރުޟަކީ ޖިހާދެވެ. މިކަމުގައި އެމީހުން ބައިވެރިވާން ބޭނުން ނަމަ ބައިވެރި ވެވިދާނެ އެވެ. އެހެން ވެއްޖެނަމަ ޖިޒުޔަ ދޭކަށް ނުޖެހޭނެ އެވެ. އަދިކިއެއްތަ، ފިޤުހު ޢިލްމުވެރިން ވިދާޅުވަނީ ޢަސްކަރީ ޚިދުމަތުގައި ހަމައެކަނި ބައިވެރިވިޔަސް ޖިޒުޔަ ޢަފޫވާނެ ކަމަށެވެ. ޖިޒުޔަ ދީފުމަށްދާންދެން އެމީހުންނާ ހަނގުރާމަ ކުރަން އޮންނަ އިރު މުސްލިމުން ވެސް ޒަކާތް ނުދީފިއްޔާ ހަނގުރާމަކޮށްގެން ނަމަވެސް ޒަކާތް އަތުލަން ދީނުގައި އޮވެ އެވެ. އަނެއް މުހިންމު ޕޮއިންޓަކީ، މިފަދަ ޣައިރު މުސްލިމުންގެ ތެރެއިން ނުކުޅެދޭ މީހުންނާއި މުސްކުޅިންނާއި ކުޑަކުދިންނާއި ރާހިބުން ޖިޒުޔަ ދައްކަން ނުޖެހޭ ގޮތަށް އޮތުމެވެ.

ހަގީގަތުގައި، މި އާޔަތާ ގުޅޭގޮތުން ފާހަގަ ކުރަން ޖެހޭ އެންމެ މުހިންމު ނުކުތާ އަކީ ހަނގުރާމަ ކުރަން މިއާޔަތުގައި ގޮވާލުން ބިނާވެފައި ވަނީ ޢުދުވާނުން ރައްކާތެރިވުމަށް ކަމެވެ. ޢުދުވާނެއް ނެތް ނަމަ މުސްލިމުންގެ ދައުލަތުގެ ދަށުގައި ޖިޒުޔަ ދައްކައިގެން މަޑުމަޑުން ތިބެވެން އެބައޮތެވެ. އީމާންވުމާއި، ޙަރާމްކަންކަން ޙަރާމް ކުރުމާއި، ދީނަށް ތަބާވުމުގެ ވާހަކަ އާޔަތުގައި އެވަނީ އެއީ ކޮންބައެއްކަން ސިފަކޮށްދިނުމުގެ ގޮތުންނެވެ. ހަނގުރާމަ ކުރަން ޖެހެނީ މިކަންކަން ފުރިހަމަ ނުވެގެންނެއް ނޫނެވެ. އެހެނީ މިކަންކަން ފުރިހަމަނުވެގެން ހަނގުރާމަ ކުރަން ޖެހޭނަމަ ނިކަމެތިކަމާއި ދެރަވެގެންވާ ހާލުގައި މުސްލިމް ދައުލަތުގެ ދަށަށް އެމީހުން އަޔަސް އަދި ރައްޔިތެއްގެ ހައިސިއްޔަތުން ލާޒިމުވާ ޖިޒުޔަ ދިނަސް އެމީހުންނާ ހަމަ ހަނގުރާމަ ކުރަން ޖެހޭނެ ނޫން ހެއްޔެވެ؟ އެކަމަކު އާޔަތުގައި އޮތީ ނިކަމެތިކަމާއި ދެރަވެގެންވާ ހާލުގައި ޖިޒުޔަ ދީފިއްޔާ ހަނގުރާމަ ހުއްޓާލުމަށެވެ.

ހަގީގަތުގައި، މި އާޔަތާ ގުޅޭގޮތުން ފާހަގަ ކުރަން ޖެހޭ އެންމެ މުހިންމު ނުކުތާ އަކީ ހަނގުރާމަ ކުރަން މިއާޔަތުގައި ގޮވާލުން ބިނާވެފައި ވަނީ ޢުދުވާނުން ރައްކާތެރިވުމަށް ކަމެވެ. ޢުދުވާނެއް ނެތް ނަމަ މުސްލިމުންގެ ދައުލަތުގެ ދަށުގައި ޖިޒުޔަ ދައްކައިގެން މަޑުމަޑުން ތިބެވެން އެބައޮތެވެ. އީމާންވުމާއި، ޙަރާމްކަންކަން ޙަރާމް ކުރުމާއި، ދީނަށް ތަބާވުމުގެ ވާހަކަ އާޔަތުގައި އެވަނީ އެއީ ކޮންބައެއްކަން ސިފަކޮށްދިނުމުގެ ގޮތުންނެވެ.

މި އާޔަތުގެ ވާހަކަ ދައްކާއިރު މި އާޔަތާ ދާދި އެއް މާނައެއްގައިވާ ނަބަވީ ހަދީސް އަކަށް ވެސް ބަލައިލުން މުހިންމެވެ. އިބްނު ޢުމަރު ގެ ކިބައިން ރިވާވެގެންވާ މި ހަދީސް ގެ މާނައިގައި ވަނީ، "ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމުގައި ހެކިވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފުމަށް ދާންދެން، މީސްތަކުންނާއި ހަނގުރާމަ ކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެން ވެއެވެ. ފަހެ އެބައިމީހުން މިކަން ކޮށްފިނަމަ ތިމަން ކަލޭގެފާނުންގެ ކިބައިން އެމީހުންގެ ލެޔާއި މުދާ، އިސްލާމް ދީނުގެ ޙައްޤުގައި މެނުވީ، ރައްކާތެރިވެއްޖެ އެވެ. އަދި އެއުރެންގެ ހިސާބު އޮތީ ﷲ ތަޢާލާގެ މައްޗަށެވެ."

މި ހަދީސްގެ ވެސް ބޭރުފުށުގެ މާނަ އަށް ބަލާއިރު، އީމާންނުވާ އަދި އަޅުވެތިނުވާ ކޮންމެ މީހަކާ ހަނގުރާމަ ކުރަން ޖެހޭ ކަމަށް މީހަކު ދައުވާކޮށްފާނެ އެވެ. އެކަމަކު ސުވާލަކީ މި ހަދީސްގައި އެވާ "މީސްތަކުން" ނަކީ ކޮބައިތޯ އެވެ؟ ހަދީސްގައި ފާހަގަކޮށްފައި އެވާ ކަންކަން ނުކުރާ ކޮންމެ މީހެއް އޭގެ ތެރެއަށް ވާންނާނެ ހެއްޔެވެ؟ ޖަވާބަކީ އެގޮތަށް ވައްދައިފި ކަމަށް ވާނަމަ ވާހަކަ ދެކެވެމުން މިދާ އައްތައުބާ 29 ވަނަ އާޔަތުގައި އެ އިސްތިސްނާ ކުރާ ޖިޒުޔަ ދޭ ޣައިރު މުސްލިމުން ވެސް އިސްތިސްނާއެއް ނުވާނެ އެވެ. އަދި ހަނގުރާމައާ ގުޅޭ ގޮތުން ޤުރްއާނުގައިވާ އެހެން އާޔަތްތަކުގައި ބަޔާންކުރާ މުޢާހަދާއެއްގެ މަތީ އެ އަށް ވަފާތެރިވެ ތިބޭ ޣައިރު މުސްލިމުން ވެސް އިސްތިސްނާއެއް ނުވާނެ އެވެ. އަދި އަމާންކަމަށް އެދިގެން އައުމުން އެބަޔަކަށް އަމާންދޭން ޖެހޭ ޣައިރު މުސްލިމުންވެސް އިސްތިސްނާއެއް ނުވާނެ އެވެ.

މިފަދަމިފަދަ މީހުން މި ހަދީސުން އިސްތިސްނާ ނުކުރެވޭ ނަމަ ޖިހާދާއި ހަނގުރާމައާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި އައިސްފައިވާ ހުކުމްތަކުގެ އެއްބައި މުޅިން ހުއްޓުވާ ލެވުނީ އެވެ. އަދި މީގެ އިތުރުން، ގަދަކަމުން ދީނަށް ވެއްދުމެއް ނެތް ކަމާއި، އީމާންވާން ބޭނުންނުވާ މީހާ އީމާން ނުވާންވީ ކަމާއި، އެބަޔަކާ މެދު ޢަދާވާތްތެރިކަމެއް އޮތް ބަޔަކާ މެދު ވެސް ހެޔޮކޮށް އަދި އަދުލުވެރިކޮށް ކަންކަން ކުރަން ޤުރްއާނުގައި އަންގަވާފައިވާ އާޔަތްތައް ވެސް ބޭކާރު އާޔަތްތަކަކަށް ވީ އެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމް ދީނުގެ ވަރަށް މުހިންމު ބައެއް އަސާސްތަކާއި އުސޫލުތަކެއް މުގުރާލެވުނީ އެވެ.

ވީމާ މިއިން އެނގި ހާމަވެގެން މިދަނީ، ހަދީސް ގައި އެވަނީ ހަމަ ކޮންމެ "މީސްތަކުން" ނެއް ނޫން ކަމެވެ. މީސްތަކުންގެ ކެޓަގަރީން މުސްލިމުން އިސްތިސްނާވާ ފަދައިން، ޛިންމީންނާއި މުޢާހިދުންނާއި މުސްތައުމިނުން ވެސް އިސްތިސްނާ ވާނެ ކަމެވެ. އަދިކިއެއްތަ މުނާފިގުންވެސް އިސްތިސްނާވާނެ އެވެ. ހަމައެއާ އެކު ފާހަގަ ކުރަން ޖެހެނީ މުސްލިމުންގެ ތެރެއިން ވެސް ޙަދީސްގައި އެވާ ކަންކަމާ އިދިކޮޅުވެ ބަޣާވާތް ކޮށްފި ނަމަ ﷲ ގެ އަމުރުފުޅުގެ ދަށަށް އަންނަންދެން އެމީހުންނާ ވެސް ހަނގުރާމަ ކުރަން މި ހަދީސުން ވެސް ދަލީލު ލިބޭ ކަމެވެ.

ވީމާ މިއިން އެނގި ހާމަވެގެން މިދަނީ، ހަދީސް ގައި އެވަނީ ހަމަ ކޮންމެ "މީސްތަކުން" ނެއް ނޫން ކަމެވެ. މީސްތަކުންގެ ކެޓަގަރީން މުސްލިމުން އިސްތިސްނާވާ ފަދައިން، ޛިންމީންނާއި މުޢާހިދުންނާއި މުސްތައުމިނުން ވެސް އިސްތިސްނާ ވާނެ ކަމެވެ. އަދިކިއެއްތަ މުނާފިގުންވެސް އިސްތިސްނާވާނެ އެވެ. ހަމައެއާ އެކު ފާހަގަ ކުރަން ޖެހެނީ މުސްލިމުންގެ ތެރެއިން ވެސް ޙަދީސްގައި އެވާ ކަންކަމާ އިދިކޮޅުވެ ބަޣާވާތް ކޮށްފި ނަމަ ﷲ ގެ އަމުރުފުޅުގެ ދަށަށް އަންނަންދެން އެމީހުންނާ ވެސް ހަނގުރާމަ ކުރަން މި ހަދީސުން ވެސް ދަލީލު ލިބޭ ކަމެވެ. މިފަދަ އާޔަތްތަކާއި ހަދީސްތަކުގައި ވަކި ބަޔަކަށް ޚާއްޞަ ނުވާ ފަދަ އާންމު ލަފުޒުތައް އައިސްފައިވަނީ އޭގައި މުރާދު ކުރެވޭ ޚާއްޞަ ބަޔަކާ ޤިޔާސްކޮށްގެން ކޮންމެ ޒަމާނެއްގައި ވެސް އެ ބަޔަކާ އެއްހަމަވާ އެހެން ހުރިހާ އެންމެންނަށް ވެސް ހަމަ އެ ހުކުމްތައް ކަނޑައެޅުމުގެ ފުރުސަތު އޮތުމަށެވެ. އެހެން ނޫންނަމަ މިފަދަ ނައްޞުތައް ވާނީ ހަމައެކަނި ތާރީޚަށެވެ.

ހަދީސްގައި ވެސް އަދި އާޔަތުގައި ވެސް ހަނގުރާމަ ކުރުމުގެ ވާހަކަ "ޤާތަލަ" ގެ ވަޒަނުގައި އައިސްފައި ވުމެވެ. "އުޤްތުލް" ގެ ވަޒަނުގައި ނުވުމެވެ. "ޤާތަލަ" ގެ ވަޒަންތަކުގައި އަތުވެއްޖެ ނަމަ އެކަމުގައި ދެފަރާތެއްގެ ބައިވެރިވުން އޮތުން ލާޒިމުވާނެ އެވެ. އެހެންކަމުން އެއީ ޤަތުލު ކުރުމަށް އޮތް އަމުރެއް ނޫނެވެ. އެއީ ހަނގުރާމަ ކުރުމަށް އޮތް އަމުރެކެވެ. ޤަތުލު ކުރަން ޖެހޭ ހާލަތެއް ނަމަ ޤުރްއާނުގައިވެސް އަދި ޙަދީސް ގައިވެސް "އުޤްތުލް" ގެ ވަޒަނުގައި (އޭގެ ޝަރުތުތައް ބަޔާން ކުރުމާ އެކު) އައިސްފައިވާނެ އެވެ. ޤުރްއާނުގައިވާ ޖިހާދާ ގުޅޭ ގިނަ އާޔަތްތަކުގައި އަންގަވަނީ ޤަތުލު ކުރުމަކަށް ނޫނެވެ. ހަނގުރާމަ ކުރުމަށެވެ.

މި ހިސާބުން އަދި ވަރަށް މުހިންމު އެހެން ޕޮއިންޓެއް ވެސް ފާހަގަކޮށްލަމެވެ. އެއީ މި ހަދީސްގައި ވެސް އަދި އާޔަތުގައި ވެސް ހަނގުރާމަ ކުރުމުގެ ވާހަކަ "ޤާތަލަ" ގެ ވަޒަނުގައި އައިސްފައި ވުމެވެ. "އުޤްތުލް" ގެ ވަޒަނުގައި ނުވުމެވެ. "ޤާތަލަ" ގެ ވަޒަންތަކުގައި އަތުވެއްޖެ ނަމަ އެކަމުގައި ދެފަރާތެއްގެ ބައިވެރިވުން އޮތުން ލާޒިމުވާނެ އެވެ. އެހެންކަމުން އެއީ ޤަތުލު ކުރުމަށް އޮތް އަމުރެއް ނޫނެވެ. އެއީ ހަނގުރާމަ ކުރުމަށް އޮތް އަމުރެކެވެ. ޤަތުލު ކުރަން ޖެހޭ ހާލަތެއް ނަމަ ޤުރްއާނުގައިވެސް އަދި ޙަދީސް ގައިވެސް "އުޤްތުލް" ގެ ވަޒަނުގައި (އޭގެ ޝަރުތުތައް ބަޔާން ކުރުމާ އެކު) އައިސްފައިވާނެ އެވެ. ޤުރްއާނުގައިވާ ޖިހާދާ ގުޅޭ ގިނަ އާޔަތްތަކުގައި އަންގަވަނީ ޤަތުލު ކުރުމަކަށް ނޫނެވެ. ހަނގުރާމަ ކުރުމަށެވެ. މިގޮތުން ހަނގުރާމަ ކުރަން އިސްލާމް ދީނުގައި ހުއްދަވާ އެއްގޮތަކީ ބަޔަކު މީހުން ހަނގުރާމަ ފަށައިފި ނަމަ އޭގެ ދިފާޢުގައި ހަނގުރާމަ ކުރުމެވެ. އެއީ "ޖިހާދުއް ދަފްޢު" އެވެ. ދެވަނަ ގޮތަކީ އިސްލާމް ދީން އެ މަގުސަދުތަކެއް ރައްކާކުރުމަށް ބާރުއަޅާފައިވާ މަގުސަދުތަކަށް ހުރަސްއަޅައިފި ނަމަ އެކަންކަން ހުއްޓުވާލުމަށްޓަކައި އިސްވެ އިޢުލާނުކޮށްގެން ހަނގުރާމަ ކުރުމެވެ. އެއީ "ޖިހާދުއްޠަލަބް" އެވެ.

މި ހަދީސާ އާއި މި އާޔަތުގައި މިވާ ހުކުމް ބަޔާންވުމަށް ފަހު ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ދުނިޔޭގައި ހުންނެވި އެވެ. އަދި އޭގެ ފަހުން ޚަލީފާއިން ވެސް އުޅުއްވި އެވެ. އެކަލޭގެފާނު ވެސް އަދި ޚަލީފާއިން ވެސް ޣައިރުމުސްލިމް ކޮންމެ ބަޔަކާ ހަނގުރާމަ އެއް ނުކުރައްވަ އެވެ. ޣައިރު މުސްލިމުންނާ މެދު އިސްލާމްދީނުގައި އޮންނަ ޙުކުމަކީ ޤަތުލުކުރުން ކަމަށް ވާނަމަ އެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް ދުނިޔޭގައި ޣައިރު މުސްލިމަކު އުޅެގެން ނުވާނެ ނޫންހެއްޔެވެ؟

މި ހަދީސާ އާއި މި އާޔަތުގައި މިވާ ހުކުމް ބަޔާންވުމަށް ފަހު ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ދުނިޔޭގައި ހުންނެވި އެވެ. އަދި އޭގެ ފަހުން ޚަލީފާއިން ވެސް އުޅުއްވި އެވެ. އެކަލޭގެފާނު ވެސް އަދި ޚަލީފާއިން ވެސް ޣައިރުމުސްލިމް ކޮންމެ ބަޔަކާ ހަނގުރާމަ އެއް ނުކުރައްވަ އެވެ. ޣައިރު މުސްލިމުންނާ މެދު އިސްލާމްދީނުގައި އޮންނަ ޙުކުމަކީ ޤަތުލުކުރުން ކަމަށް ވާނަމަ އެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް ދުނިޔޭގައި ޣައިރު މުސްލިމަކު އުޅެގެން ނުވާނެ ނޫންހެއްޔެވެ؟ މިޒަމާނުގެ މުސްލިމުން ދީނަށް ލޯބި ނެތީމާ އެކަން ނުވަނީ ކަމަށް ޖަދަލަށްޓަކައި ބުނަމާ ހިނގާށެވެ! އެކަމަކު ކީރިތި ރަސޫލާއާއި ޚަލީފާއިން ވެސް ހަމަ ދީނަށް ލޯބި ނެތީ ހެއްޔެވެ؟

ވީމާ، މި އާޔަތާއި މި ހަދީސްގެ މައްޗަށް ޤިޔާސްކޮށްގެން މިޒަމާނުގައި ވިއަސް ހަނގުރާމައެއް ކުރެވޭނީ ޤިޔާސްކުރުމުގެ ހުރިހާ މިންގަނޑަށް ފެތޭ ބަޔަކާ އެވެ. އަދި ހަނގުރާމަ އިޢުލާނު ކުރުމާއި ހަނގުރާމައަށް ނުކުތުމުގެ އަމުރު ޙާކިމުގެ ފަރާތުން އައިސްގެން އެކަންޏެވެ. މިއީ ވަކިވަކި ފަރުދުންނަށް ނުވަތަ ވަކިވަކި ޖަމާޢަތްތަކަށް މއިސްލާމް ދީނުގައި ދޭ ބާރެއް ނޫނެވެ.