ލައިފްސްޓައިލް

އެންމެ ދުވަސްވީ އިމޯޖީ އަށް 4،000 އަހަރު!

ސްމައިލީ އިމޯޖީ އިން ރުނބާ.

އިމޯޖީ އަކީ މިހާރު އޮންލައިން މުއާމަލާތްތަކުގައި ބޭނުންކުރާ "ބަހުރުވަ" އަކަށް ވެއްޖެ އެވެ. އިމޯޖީ 2014 އިން ފެށިގެން އާންމުވަމުން ގޮސް މިހާރު ހާޙުން ގުނޭ ވަރަށް އިމޯޖީ އެބަހުއްޓެވެ.

އެކަމަކު މީގެ 4،000 އަހަރު ކުރިން ވެސް އިމޯޖީ ބޭނުންކުރިކަން މިހާރު އެބަ އެނގެ އެވެ. ތުރުކީން 2017 ގައި ފެނުނު މަށިން ހަދާފައިވާ ފެންއަޅާ އެއްޗެއްގައި ކުރަހާފައިވާ އިމޯޖީން އެނގެނީ އެއަށް 4000 އަހަރު ވެދާނެކަމެވެ. އެހެންވެ މިއީ އިމޯޖީތަކުގެ ފެށުން ކަމަށް ތާރީހު ދިރާސާކުރާ މީހުން ގަބޫލުކުރެ އެވެ.

ކުރައިގެ ބޭރުގައި އިނީ އިމޯޖީތަކުގެ މިހާރު އެންމެ އާންމު އެކަތި ކަމަށްވާ ސްމައިލީ ފޭސްއެކެވެ. ނުވަތަ ހެވިފައި އިންނަ މޫނު ސިފަކޮށްދޭ އިމޯޖީ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ތުރުކީ އާއި އިޓަލީގެ އާކިއޮލޮޖިސްޓުންގެ ބަޔަކަށް ތުރުކީ އާސާރީ ސަރަހައްދެއް ކޮންނަނިކޮށް ފެނުނު ކުރާގައި ކަޅު ކުލައިން ވަރަށް ފަނޑުކޮށް ސްމައިލީ އިމޯޖީ ފާޅުވާން އެބަހުއްޓެވެ. އެހެންވެ މީގެ ހާއްސަކަމާ އެކާ މިހާރު ބާއްވާފައި އޮތީ އާންމުންނަށް ދައްކައިލުމަށްޓަކައި ދާރުލްއާސާރެއްގަ އެވެ. ބަލައިލަން ބޭނުންވާ ބަޔަކަށް އެ ފުރުސަތު މި މަހުގެ ނިޔަލަށް އޮތީ ހުޅުވާލައިފަ އެވެ.

ސްމައިލީ އިމޯޖީ ޖެހި ކުރާ ފެނުނު އާކިއޮލޮޖިސްޓުން ބުނެފައިވާ ގޮތުގައި އެ ފެނުނީ ތުރުކީ އާއި ސީރިއާ ގުޅޭ ހިސާބުގެ ޒަމާންވީ ސަރަހައްދަކުންނެވެ.

ޓެކްނޮލޮޖީ އަށް އައި ކުރިއެރުމާ އެކު އާންމުވި ސްމާޓް ޑިވައިސްތަކާ އެކު މިހާރު އޮންލައިން މުއާމަލާތްތަކުގައި އިމޯޖީތަކުގެ ނުފޫޒު ވަރަށް ބޮޑެވެ. އަދި އޭގެ މުހިއްމުކަން އަންގައިދޭ އެއް ކަމަކީ މިހާރު ވޯލްޑް އިމޯޖީ ޑޭ ވެސް ފާހަގަކުރަމުން ދިއުމެވެ. އެއީ 2014 އިން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 17 ގަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާހިދާ

27 July 2021

ކަލޯ ލިޔުންތެރިކަން އުފެދިގެން އައީ ތިޔަހެންނޭ. އަކުރުތައް އުފެދުނީ ތިޔަފަދަ އަސްލުތަކަކުން. މިސްރުގައި އެ ހުރި ތަކެތީގެ ވާހަކަ ހަބަރު ބަލާބަލަ

The name is already taken The name is available. Register?

ކާނި

27 July 2021

ބޯހަލާކު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454