ނިއު ރޭޑިއަންޓާއި އީގަލްސް މިދިޔަ ސީޒަން ކުޅުނު މެޗެއްގެ ތެރެއިން ރެފްރީ ޝިފާން (މ) ކުޅުންތެރިޔަކަށް ކާޑު ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ޖެނުއަރީ 2017 - 09:19
ރެފްރީންގެ ކުރިއެރުމަށް މިދިޔަ އަހަރުތަކުގައި މާގިނަ ކަންތައްތަކެއް ކުރެވިފައިނުވާ ކަމަށާއި މި އަހަރު ތެރޭގައި ރެފްރީން ތަރައްގީ ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ އެފްއޭއެމް ކަލަންޑަރު އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ރެފްރީންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ބޭރުގެ އެހީ ހޯދަން ނިންމާފައިވާ ކަމަށެވެ.
"ރެފްރީސް ޑައިރެކްޓަރުގެ މަގާމް އަޅުގަނޑުމެން ބޭރު ފަރާތަކާ ހަވާލުކުރަން މި މަސައްކަތް ކުރަނީ. އެކަމުގައި ވެސް އަޅުގަނޑުމެން އޭއެފްސީގެ އެހީ އެބަ ހޯދަން،" ބައްސާމް ވިދާޅުވި އެވެ. "އަންނަ މަހު އޭއެފްސީގެ ވަފުދެއް ވަޑައިގަންނަވާނެ ރެފްރީސް ޑިޕާޓްމަންޓް އެސެސް ކުރުމަށްޓަކައި. އެސެސް ކުރުމަށް ފަހު އަޅުގަނޑުމެންނަށް ރަނގަޅު ޑައިރެކްޓަރެއް ހަމަޖައްސައިދެއްވާނެ."
ފާއިތުވި ތިން ވަރަކަށް ސީޒަނުގައި ރާއްޖޭގައި ކުޅޭ ގިނަ މުބާރާތްތަކުގައި ރެފްރީންނާ ގުޅޭގޮތުން އަންނަ ޝަކުވާ ގިނަ އެވެ. ރެފްރީންގެ ތަރައްގީ އަށް ފާއިތުވި އަހަރުތަކުގައި މާ އެދެވޭ ގޮތަށް ގިނަ ކަންތައްތަކެއް ކުރެވިފައިނުވެ އެވެ. އޭއެފްސީއާ ގުޅިގެން ބައެއް ޕްރޮގްރާމްތައް ހިންގި ނަމަވެސް ދުވަހުން ދުވަހަށް ރެފްރީންގެ މަސައްކަތް ބެލެހެއްޓޭނެ އެންމެ ރަނގަޅު ނިޒާމެއް ނެތްކަން ފާހަގަ ކުރެވުނެވެ.
"ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަންނޭނގެ ރެފްރީން މައްސަލަތައް ރާއްޖޭގެ ފުޓްްބޯޅައިގައި ދިމާވެފައި މިއޮތީ. އަޅުގަނޑުމެން ވަރަށް ބޭނުން ރެފްރީންގެ މައްސަލަތަކަށް ހައްލު ހޯދަން. ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާ ކަމަށްވާނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމުގައި އުޅޭ އެންމެން ވެސް ކުރިއަރަންޖެހޭ،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރެފްރީން ކުރިއެރުވުމުގައި ދެ ކަމަކަށް އިސްކަންދޭނެ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް އިސްކަންދޭނީ މިހާރު ތިބި ފެންވަރު ރަނގަޅު ރެފްރީން އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަށާއި ފެންވަރު ރަނގަޅު އިތުރު ރެފްރީން އުފައްދަން ވެސް ސަމާލުކަން ދެއްވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ރާއްޖޭގެ ރެފްރީންނަކީ ބައިނަލްއަގުވާމީ ފެންވަރުގައި މީގެ ކުރިން ވަރުގަދަ މެޗުތަކުގައި އޮފިޝަލްކަން ކޮށްފައިވާ ފަރާތްތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަކުރު
09 January 2017
އޯކޭވާނެ!
އަހުަމަދު 5678
09 January 2017
ތީ ހުސް ފޮޅި ވާހަކަ. އަޅާލާނަމަ މިދިޔަ ސީޒަންގެ ލާރިދީ. މެޗްތަކަށް ޑިއުޓީގަ އުޅެފަ ދާންޖެހޭ ދިއުމަށް ހައްލެއް ހޯދަދީ. ފައިނަލް މެޗް ނިމުނީމަ ހަމައެކަނި އެފްއޭއެމް އިން ރެފްރީންނާ ސަލާމް ކޮށްނުލާ. އަމިއްލަ މީހުން އެންމެ ކުޑަ މިނުން ލިޔުމެއްދޭ. އެވޯޑް ނައިޓް ބާއްވާ އިރު ރެފްރީން ކޮބާ؟ ޓޮމްގެ ރައީސް ކަމުގަ ރެފްރީންނާ ބައްދަލު ކޮށްނުލި. އެޕޮއިންޓްމަންޓަށް އާދޭސް ކުރީމަ ނުވި. ބައްސާމް ކައިރީ އާދޭސްކުރީމަ ބުނަނީ ބަޖެޓް ހަމަ ޖެހުނީމައޭ. ރެފްރީންނަށް އޮހޮރި ދަލުގެ އަގު ދޭން ޖެހުނީމަ ބަޖެޓް. ޔޯކް ގެންނަން ބަޖެޓް ފާސްކުރާކަށް ނުޖެހޭ. އިކްއިޕްމަންޓް ނުދޭ ސަރަފްވެރި ލީގުގައި އެކި މީހުން އެކު ކުލައިގަ. ... މިކޮމެންޓް ނުޖަހާނެދޯ....