ދިވެހި ކުޅިވަރު / އެފްއޭއެމް

ޕްރެކްޓިހާ މެދު ގޮތެއް ނިންމަން އެފްއޭއެމުން ކްލަބްތަކާ މަޝްވަރާކުރަނީ

މި ސީޒަނުގައި މާޒިޔާ އިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަތަމަ ޑިވިޝަން ކްލަބްތައް ޕްރެކްޓިސްތައް އާ ގައިޑްލައިންތަކެއްގެ ދަށުން ފަށަން ހުއްދަދިނުމަށް ފަހު އަދި ދެ ހަފްތާ އަށް ފަރިތަކުރުންތައް މަޑުޖައްސާލުމަށް އެދިފައިވާތީ އެ ކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ކްލަބްތަކާ މަޝްވަރާކުރުމަށް ފަހު ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އިއްޔެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފޮނުއްވި ސިޓީގައިވާ ގޮތުން އެފްއޭއެމާއި އެޗްޕީއޭ މަޝްވަރާކުރެވިގެން ތައްޔާރުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިސްތައް ކުރިއަށްގެންދިއުމަށް ހުރަހެއް ނެތެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ ޕްރެކްޓިސް ފެށުމާ މެދު ގޮތެއް ނިންމާނީ ކްލަބްތަކާ އެކީގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

"ލީގު ހުއްޓާލާފައި މި އޮތް މުއްދަތުގައި މިހާތަނަށް ވެސް ކްލަބްތަކާއި ކުޅުންތެރިންނަށް ވަރަށް ބޮޑު ގެއްލުމެއް ވެއްޖެ. ހަގީގަތުގައި އިތުރަށް ފަސްކުރާ ކޮންމެ ދުވަހަކަށް މީގެ ގެއްލުން ބޮޑުވާނީ. އެބަޖެހޭ ވަރަށް ރަނގަޅަށް މިކަންކަމަށް ބަލައިގެން ގޮތެއް ނިންމަން،" މި މަހު ތިން ވަނަ ދުވަހު ލީގު މެދުކަނޑާލުމުން ލިބުނު ގެއްލުންތައް ފާހަގަކޮށް ޖަވާ ވިދާޅުވި އެވެ.

ޖަވާ ވިދާޅުވީ އެފްއޭއެމްގެ ފުރަތަމަ ވާހަކަ ދެއްކީ އޭއެފްސީ ކަޕްްގައި ކުޅޭ އީގަލްސް އާއި މާޒިޔާ އަށް ފުރަތަމަ ފަރިތަކުރުމުގެ ފުރުސަތު ދީފައި ދެން އެހެން ކްލަބްތަކަށް ވެސް ދޭ ގޮތަށް ކަމަށާއި އެކަމަކު އެއީ އެންމެ އިންސާފުވެރި ގޮތަށް ނުވާނެތީ އެ ހިޔާލު ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ހުރިހާ ކްލަބަކުން ވެސް ވީ އެންމެ އަވަހަށް ޕްރެކްޓިސް ފެށުން މުހިއްމު ކަމަށް ފެންނާތީ އެވެ.

އެޗްޕީއޭގެ އެދުމާ އެއްގޮތަށް އިތުރު ދެ ހަފްތާ މަޑުކޮށްފިނަމަ އޭޕްރީލް ހަތް ވަނަ ދުވަހު ފަށާ އޭއެފްސީ ކަޕް ކޮލިފައިން އަށް އީގަލްސް ދާނީ މަހެއްހާ ދުވަހު ވެސް ނުކުޅެ ކަމަށާއި އެހެންވެއްޖެނަމަ އެއީ ބޮޑު ގެއްލުމެއް ކަމަށް ޖަވާ ވިދާޅުވި އެވެ. އަދި އެހެން ކްލަބްތަކާއި ކުޅުންތެރިން ވެސް މާލީ ގޮތުންނާއި ފިޓްނަސް ހިފެހެއްޓުން ފަދަ ކަންކަމުގައި އިތުރު މައްސަލަަތަކެއް ކުރިމަތިވާނެ ކަމަށް ޖަވާ ފާހަގަކުރެއްވި އެވެ.

"އަދި ފައިނަލް ގޮތެއް ނުނިންމަން. އެފްއޭއެމާއި ކްލަބްތަކުން މީގެ މަޝްވަރާކޮށްފައި އެންމެ ރަނގަޅު ގޮތެއް ވަރަށް އަވަހަށް ނިންމާނަން. ހަގީގަތުގައި އެޗްޕީއޭ އިން މި ފަހަރު އޮތީ ވަރަށް ހަރުކަށި ގައިޑްލައިންތަކެއް ހަދާފައި. އެފްއޭއެމުން ވަރަށް ރަނގަޅަށް ބަލާނެ މި ކަންކަމަށް ވެސް،" ޖަވާ ވިދާޅުވި އެވެ.

އެޗްޕީއޭ އާއި އެފްއޭއެމް ހެދި ގައިޑްލައިނެއްގެ ދަށުން ފުޓްބޯޅަ ކްލަބްތައް ޕްރީ ސީޒަން ޕްރެކްޓިސް ފެށީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އަދި ޑިސެމްބަރު މަހު ލީގު ފެށުމުގެ ކުރިން އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ހުރިހާ ޓީމުތަކެއްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން އެފްއޭއެމްގެ މުވައްފުންނާއި މީޑިއާ ހިމެނޭގޮތަށް ކޮވިޑް-19 އަށް ޓެސްޓްކުރި އެވެ. ލީގު ފެށީ އެއިން އެއްވެސް ޓެސްޓަކުން ޕޮޒިޓިވް ކޭހެއް ނުފެނި އެވެ.

ލީގު މެދުކަނޑާލުމުން އަވަހަށް ލީގު ފެށުމުގެ ގޮތުން ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ. ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައި ނެތުމުން ޓީމުތަކުން މިދިޔަ ދުވަސްތަކުގައި ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން ބޭނުންކުރީ އެކުވެނި ސިންތެޓިކް ޓްރެކެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުންކު

26 February 2021

ރައްޔިތުން ފިއްތާއިރު މިމީހުންނަށް ވަކި ދޫދެވިގެންނުވާނެ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454