މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަހުގެ އެކްސްޕޯޓުން 123 މިލިއަން (1.9 ބިލިއަން ރުފޔާ) ޑޮލަރު ލިބިއްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިއީ އޭގެ ކުރީ އަހަރަށް ވުރެ 62 ޕަސެންޓުގެ އިތުރުވުމެކެވެ. މަހުގެ އެކްސްޕޯޓުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ލިބުނީ 76 މިލިއަން (1.2 ބިލިއަން ރުފިޔާ) ޑޮލަރެވެ. އަދި އެ އަހަރު ނިމުނު އިރު ދަލަތަށް ވަނީ 84 މިލިއަން (1.3 ބިލިއަން ރުފިޔަ) އެވެ.

އެހެންވެ، މި އަހަރުގެ ނޮވެމްބަރު މަހާ މަހަށް މަސް އެކްސްޕޯޓުން ލިބުނު އަދަދު މިވަނީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 40 މިލިއަން (617 މިލިއަން ރުފިޔަ) އިތުރުވެފަ އެވެ.

އާމްދަނީ އިތުރުވެފައިވަނީ މުޅި އަހަރު އެކްސްޕޯޓު ކުރި އަދަދު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުންވެެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަސް އެކްސްޕޯޓު ކުރި މިންވަރު 87 ޕަސެންޓް އިތުރުވެފައި ވެ އެވެ. އެއީ 69،000 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރީ 37،000 މެޓްރިކް ޓަނުގެ މަހެވެ.

މިދިޔަ އަހަރުގެ އެކްސްޕޯޓުގެ 80 ޕަސެންޓަކީ ގަނޑުކުރި މަހެވެ. އެއީ ގާތްގަނޑަކަށް 61،000 މެޓްރިކް ޓަނުގެ މަހެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަ މަހެވެ. ދެވަނަ އަށް އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓު ކުރީ ކަންޏެއްޔެވެ.

ކަނޑުކުރި މަހުގެ އިތުރުން 1،400 ޓަނުގެ ދަޅުގައި ބަންދުކުރި މަސް އެކްސްޕޯޓު ކޮށްފައިވެ އެވެ.

އޭގެ ކުރީ އަހަރު ރާއްޖެ އިން އެކްސްޕޯޓުކޮށްފައި ވަނީ 37،000 މެޓްރިކް ޓަނުގެ މަހެވެ. އެއީ ފަހުގެ ތާރީހެއްގައި އެންމެ މަދުން މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރި އަހަރެވެ. އެ އަހަރަށް ފަހު އަނެއްކާ ވެސް މަހުގެ ބާވަތްތައް އެކްސްޕޯޓުކޮށް، އޭގެ ވިޔަފާރި އަންނަނީ ފުޅާވަމުންނެވެ.