ނ. އަތޮޅުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަކާ ގުޅިގެން އެ އަތޮޅު ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުން ދިނުމަށް ފަހު، ރޭ ދަންވަރު އެހެން ފުލުހެއްގެ ސައިކަލްގައި ރޯކޮށްލައިފި އެވެ.
ފުލުހުންގެ ތަރުޖަމާން، އެސިސްޓެންޓް ކޮމިޝަނާ އޮޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ފުރަތަމަ ގެއްލުން ދިނީ ބުދަދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެން ފުލުހެއްގެ ސައިކަލްގައި ރޭ ދަންވަރު ހުޅުޖަހައި، ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އެ ގެއްލުން ދިނީ، ނ. އަތޮޅުގައި ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ތުހުމަތު ކުރެވޭ ބައެކެވެ.
އެފަދަ ފިނޑި އަމަލެއްގެ ސަބަބުން ޕޮލިހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން އެ ވިސްނުމުގައި އެފަދަ އަމަލުކުރަމުންދާ މީހުންނަށް ހަނދާންކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.