ކުޑަކުދިންގެ ހިޔާގެ ބޭރުން ނަގާފައިވާ ފޮޓޯއެއް. -- ފޮޓޯ / ކުޑަކުދިންގެ ހިޔާ
11 ނޮވެމްބަރ 2021 - 10:11
ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް އަތުގައި ބިޑިއަޅުވައި އަނިޔާވެރި ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުވާ 13 ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
މިއީ، އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގުކޮށް ދައުވާކޮށްދޭން އެދުނު މައްސަލައެކެވެ. އެ ކޮމިޝަނުން ދައުވާކޮށްދޭން އެދުނީ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ)ގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ހިމެނޭ ގޮތުން ގިނަ ބައެއްގެ މައްޗަށެވެ.
އެކަމަކު ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާ އުފުލައިފައެއް ނުވެ އެވެ.
ޕީޖީ އޮފީހުން ބުނީ އެޗްއާރުސީއެމުން ތަހުގީގުކޮށް ހުށަހެޅީ ހިޔާގައި ބަލަހައްޓަމުން ދިޔަ 12 އަހަރުން މަތީގެ ކުދިންތަކެއް ކޭމްޕެއްގައި ކ. ތުލުސްދުއަށް ގެންގޮސް، ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެގެން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެވެ.
މި މައްސަލައިގައި 13 ފުލުހުންގެ މައްޗަށް ދައުވާ އުފުލީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
"މި މައްސަލައިގައި ދައުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ހެކި، ގަރީނާ ލިބުނު މީހުންގެ މައްޗަށް،" ޕީޖީ އޮފީހުން ބުންޏެވެ.
1. އިކްލީލް ޖަވާދު (ސާވިސް ނަންބަރު 4141)
2. ފާތިމަތު ޝިރުފާ (ސާވިސް ނަންބަރު 5156)
3. ސާމް އުމަރު (ސާވިސް ނަންބަރު 2590)
4. އަދިލް އަލީ (ސާވިސް ނަންބަރު 2763)
5. އަބްދުލްބާރީ އަހުމަދު (ސާވިސް ނަންބަރު 3600)
6. އާދަމް ނަސީމް (ސާވިސް ނަންބަރު 2083)
7. އިސްމާއިލް ރަފީގު (ސާވިސް ނަންބަރު 1676)
8. ހަސަން ނާފިއު (ސާވިސް ނަންބަރު 4442)
9. ހަސަން ރިލްވާން (ސާވިސް ނަންބަރު 1908)
10. އާއިޝަތު އަމްސޫދާ (ސާވިސް ނަންބަރު 3369)
11. އަހުމަދު މަމްނޫން އަލީ (ސާވިސް ނަންބަރު 3594)
12. ޝަނާޒް އަހުމަދު (ސާވިސް ނަންބަރު 1864)
13. އަފްސާނާ އަބްދުލްވައްހާބް (ސާވިސް ނަންބަރު 3714)
މި މައްސަލައިގެ ތަފްސީލް އާއްމުކުރަން އަންނަ ހަފުތާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ޕީޖީ ވަނީ ނިންމައިފަ އެވެ.
މީގެ ހަތަރު އަހަރު ކުރިން ހިނގި ކަމެއް ތަހުގީގުކޮށް ދައުވާކުރަން އެދުނީ އެޗްއާރުސީއެމުން ބުނާ ގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލާ ކޮމިޝަނުން އެ މައްސަލަ ސަމާލުކަމަށް ގެނައުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
11 November 2021
މިކަން އަދި މިކުރަނީ އެންމެ ރަގަޅަކަށް ނޫން. ޙިއުމަން ރައިޓްސް އިން މިކުޜާކަންތައް ތައް ސީޕީ ހަމީދު އެބަޖެހޭ ރަގަޅަށް ރައްޔިތުން ނަށް ހާމަކޮށްދޭން. ތީކުރެވޭނެ ދައުވާއެއްނޫން އިގޭތޯ.!
މުހައްމާ
11 November 2021
މީ ކުރެވިގެންވާނެ ދައުވާއެއް ނޫން. ފުލުހުންގެ ގާނޫނުގައި އޮންނާނެ ފުލުހުންގެ އޮޕަރޭޝަނެއްގައި ބާރުގެ ހާލަތާ ގުޅޭގޮތަކަށް ބާރުގެ ބޭނުންކުރެވޭނެ ކަމަށް. ހާލަތު ނިންމާނީ ފުލުހުން. ހާލަތެއްގައި ވަކިގޮތަކަށް އަމަލުނުކޮށްފިނަމަ ނުކުމެދާނެ ނަތީޖާއަކާ ހިއުމަންރައިޓްސް ކޮމިޝަނަކުން ހަވާލެއް ނުވާނެ. ގޯސްކުރާނީ ފުލުހުން.
މެސީ1
11 November 2021
އެދުވަހު އެތާ ޕީޖީގެ އަދި ހިޔުމަން ރައިޓސްގެ މުއައްޒިފުން ތިބި ނަމަ ކަންތައް ކުރައްވާނެ ގޮތް ބުނެދެއްވަބަލަ
ސްސި
11 November 2021
ކޮންމެވެސް މީހެއްގެ ކޮމާންޑަށް ތިކަން ކޮށްފައޮންނާނީ، ދެން ކޮމާންޑު ކުރި މީހަކު ކުއްވެރި ނުވާ ނަމަ އެއީ ޖޯކެއް
ކެކެކެކެކެ
11 November 2021
ފުލުހުންނަކީ ކޮމާންޑަށް އަމަލު ކުރާ ބައެއް. ވެރިން ނަށް ދައުވާ ނުކޮށް ދަށް ރޭންކުގެ ފުލުހުންނަށް ދައުވާ ކުރީމަ ދެކޮޅު ނުޖެހޭ. ހައްގުތަށް ގިނަ ކަމުން މިހާރު މީހަކު މަރުގެ ހާލަތުން ސަލާމަތް ކުރަން އުޅުމަކީ ވެސް ކުށަކަށް ވެއްޖެ. އަންދާ ގާނޫނު
އަލީލީ
11 November 2021
ވަޟައީ ގާނޫނު ތަކުގެ ދެކޮޅު ނުޖެހޭކަން މި ފެންނަނީ. އެ ނުރައްކާތެރި ހާލަތުގަ ފުލުހުން ބާރުގެ ބޭނުން ނުކޮށް އެކުދިން ކަނޑުވާން ދޫކޮށްލި ނަމަ ވެސް ދައުވާ ކުރީސް. މިހާރު މި ދައުވާ ކުރެވުނީ ބާރުގެ ބޭނުންކޮށްގެން ވެސް އެކުދީން ސަލާމަތް ކުރީމަ. ކުރިޔަސް މަރު ނުކުރިޔަސް މަރު. ކޮން ބައްތަރު!
އޮނަރަބްލް އަފީފު ދީދީ
11 November 2021
ޤާނޫނުއަސާސީއާއި ޤާނޫނުގައި ނެތް ގޮތަކަށް ދައުލަތުގެ ޕީޖީ އަކަށްވެސް ކަންކަން ނުނިންމޭނެ. # މިކަމުގައި އަމަލު ކުރައްވާފައިވާ ގޮތުން "އެކިކީހުންގެ މައްޗަށް ޤާނޫނު ހިގާނީ އެކިމިންވަރަށް" ކަން ހީވާގޮތަށް މިކަން ކުރުމަކީ ޤއ އާއި ގާނޫނުގައި އޮތްގޮތެއްނޫން. # ކުށް ކުރުމުގައި އަދަބު ލިބޭނީ ހަމައެކަނި "ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި" މީހުންގެ މައްޗަށް ކަމުގައި ޕީޖީ ނިންމެވި ޤާނޫނީ ހައިސީއްޔަތަކީ ކޮބައިތޯ؟
1234
11 November 2021
މިކަމުގަވެސް ބޮޑުބް ސަލާމަތް މިވަނީ.. ވެންޓިލޭޓަތުތަކިގަވެސް ހަމަ އެހެން..
ޙަބަރޭ
11 November 2021
ރާއްޖޭގައި ދައު އަޅާލީމަ މުޅިންވެސްޖެހެނީ ކުދި އެއްޗެހި. ބޮޑު އެއްޗެއް ޖެހުނަސް ދައު ކޮށާލާފަ ދެވޭނެ ގޮތް ފަހިވެފައި އޮންނަނީ. ނުދެވޭ ފަހަރެއް އައިސްފިނަމަ، އެ ސަލާމަތްކުރުމަށް އެއަށްވުރެ ބޮޑު އެއްޗެއް ނޫނީ ކޮންމެވެސް ޕާޓީ އަކުން ބަޔާންތައް ނެރެން ފަށާނެ ……