މަސްވެރިންތަކެއް މަސް ބާނަނީ: މިއަދަކީ މަސްވެރިންގެ ދުވަސް.
10 ޑިސެމްބަރ 2016 - 19:00
ޕީޕީއެމުން ވެރިކަމަށް އައީ މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި ނަމަވެސް އެ ކަންތައްތައް، މި ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު ވެސް ހާސިލް ވެފައި ނުވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އަދިވެސް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެ ދާއިރާއިން ރާއްޖެ ވަނީ އެތައް ގުނައެއް ކުރިއަށް ޖެހިފައިވާ ކަމަށާއި މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަށް ގެންދިއުމުގައި ޒުވާނުންގެ ބޮޑު ހިއްސާއެއް ވެސް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން މަސްވެރިންނަށް އެތައް ވައުދުތަކެއް ވެފައިވާކަން މައުމޫން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމާއި މަސްނުބާނާ ދުވަސްވަރު ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމާއި މަސްވެރި ސަރަހައްދުތަކުގައި މަސްވެރިކަމުގެ ސިނާއަތަށް ހާއްސަ ބަނދަރުތަކެއް ހަދައިދިނުމާއި ހުއިފިލަނޑާ ފަދަ ބާވަތްތަކުގެ ވިޔަފާރި ފުޅާކުރުމަކީ ވެސް މި ސަރުކާރުން މަސްވެރިންނަށްޓަކައި ވި ވައުދެއްކަން މައުމޫން ފާހަގަކުރެއްވި އެވެ.
ނަމަވެސް އެ ވައުދުތަކުގެ ތެރެއިން ގިނަ ކަންތައްތައް ހާސިލްނުވާ ކަމަށް ވިދާޅުވެ، އެއީ ޕީޕީއެމްގެ މެމްބަރުން މަސްވެރިކަމުގެ ދާއިރާއަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ނުވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ޕީޕީއެމްގެ ސަރުކާރަށް މިވަނީ ތިން އަހަރު ފުރިފަ އެވެ. ނަމަވެސް މެނިފެސްޓޯގައި މަސްވެރިންނަށްޓަކައި ކުރުމަށް ނިންމާފައިވާ ގިނަ ކަންތައްތައް ނުވެހުރުމަކީ، މި ސިނާއަތަށް ޕީޕީއެމްގެ މެންބަރުން ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ނުވުމެވެ،" މައުމޫން ވިދާޅުވި އެވެ.
އެހެންކަމުން މި ސަރުކާރުން މަސްވެރިންނަށް ވައުދުވި ކަންތައްތައް އަވަހަށް ފުއްދައިދިނުމަށް ޕީޕީއެމްގެ މެމްބަރުންގެ ނަމުގައި އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަމީމު
11 December 2016
ޤައުމުގެ ހާލާތާމެދު ރައީސް މައުމޫނު ކަންބޮޑުވެ ވަޑައިގަންނަވާ މިންވަރު އެބަހާމަވޭ
ވިލޭއަލި
11 December 2016
މައުމޫނު އިރުގައި މަސްވެރިންނަށް ފައިސާ ދިނީ ޑޮލަރަކީ 3.93ރ ގެ ރޭޓުން. އޭރު އެމްއެމްއޭ އިން ޑޮލަރ ވިއްކީ 11.72ރ.ގެ ރޭޓުން. މިއީ މައުމޫނު މަސް ވެރިންނަށްޓަކާ ކޮށްދެއްވި އެންމެ ބޮޑު މަސައްކަތް.
ނަފްސާނީ ޑޮކްޓާ
11 December 2016
ޢެންމެގިނަ ވައުދުތައްވެ އެވައުދުތައް ނުފުދިވަނީ މައުމޫނުގެ ރަންތިރީސް އަހަރު ރާއްޖޭގެ ކޮންމެ ރަށަކުން ކޮންމެ ދިމާލަކުންވެސް އެއަޑު އިވޭނެ ވީމާ މައުމޫނަށް rީއްޗެއްނޫން. ނުހަނު ލޯބިވާ ކޮއްކޮގެ ވެރިކަމާ ދެކޮޅަށް ބަސްބުނުން. އަދި އެކަން ރައްޔިތުންނަށް ބަލައިގަނެވޭނީ ޖޯކެއްގެ ގޮތުގައި.
އަލިފުތު
11 December 2016
ޜަހަފޮނިކަން ވެރިކަމުގާ ހުރި ޖާޒުބީ އަރާމާ ފެނިމަސްތީ ދަހިވެތިކަން ނުފިލާ ކަމުން އަރާމާ
ާަބަކުރުބެ
10 December 2016
ޢަހަރެމެންގެ ރަށުގަ ބަނދަރުހަދަން 3 ފަހަރު ކަޑަޖެހި އެއީ 15 އަހަރު ހަދުމަފުޅު އެބަހުރިތޯ
އެމްވީވޮޗް
11 December 2016
ދިވެހިން މަގޫ ފަތް ކެއި ހަނދާން އެބަހުރިތަ ބަކުރުބެ
ސުޖާ
11 December 2016
ބަކުރުބެއަށް އޭރުގެ ހާލްަތު އެނގިވަޑައިގަންނަވާތޯ ހާދަ ހާލަކުންނޭ ގައުމުގެ ތައުލީމާ ސިއްހަތު ކުރިއަރުވަންޖެހުނީ އޭރު މެށިނަރީ އާ އެހެނިހެން ވަސީލަތަކީ ކޮންތާކުހުރިއެއްޗެއް ،އަނގަތެޅިދާނެ އޭރުގެކަންކަން އެނގޭނީ އޭރުގެ މީހުންނަށް
އަލީ ޚާލިދު / އައްޑޫ ސިޓީ
10 December 2016
މިއަދު ރައީސު މައުމޫނު ތިޔަފަދަ އިބާރާތްތަކަކުން އެއްޗެއް ވިދާޅުވިޔަކަސް ދިވެހިރައްޔަތުންނައް އެކަން ބަލައިގަނެވެންނެތެވެ. ރައީސު މައުމޫނު ނޫންތޯ ދިވެހިރައްޔަތުންގެ ބޮލައް ދީނާއި ގައުމު ބޭނުންކޮށް ޗިޕުޖެއްސެވައި އަދި ނުވީތާނކައް ސުޕްރީމްކޯޓުގެ ބޭނުނކޮށް ރާއްޖޭގައި އަލާވަމުން އައި ޑިމޮކުރެސީ ނައްތަވައިލެއްވީ.... ދެންވެސް މަނިކުފާނު ގައުމާއި ރައްޔަތުންގެ ލާބަޔައް ކަމެއްކޮށްދެއްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ ކުރިޔައް މިއޮތް ލޯކަލް އިންތިޚާބުގައި އެހަދަން އުޅޭމަކަރާއި ހީލަތްތަކައް ނޫނެކޭ ވިދާޅުވެ ޕީ ޕީ އެމް އައް އެއްމެ ގޮނޑިއެއްވެސް ކާމިޔާބުނުވާ ގޮތައް މަސައްކަތް ކޮށްދެއްވަންވީ... ކޮންމެގޮތަކައް ތިޔައިން ކޮންމެ މީހަކު ހޮވުނަކަސް ޔާމިނު ނޫޓު ކޮޅުގައި ހިފާ އަތްދިއްކޮށްލާއިރައް ދުވެދާނެކަމީ ދުވާލު އިރުފެންނަ ފަދައިން އެނގޭ ހަގީގަތެކެވެ.
އާސިޔާ
11 December 2016
ހާލިދުބޭ އޭހެން އެކަންއޮތަސް މިއަދު މައުމޫން ވިދާޅުވާ ބަސްފުޅަކީ ދޮގުކަން ސާބިތުކުރެވޭނެތަ؟
ނަސީމް/ތިންދޫ
10 December 2016
ޑީސަލާއި، ކަރާސީނާއި، ޕެޓްރޯލުން ޖީއެސް ޓީ ނަގަނީ މަސްވެރިންނަށްވި ވަޢުދު ފުއްދަންތޯ؟ މަސްކިލޯއެއް 2012 ވަނައަހަރާއި ހަމައަށް 28 ރުފިޔާއާއި 32 ރުފިޔާއާއިދެމެދުގެ އަގެއްގައިވިއްކޭ. މިހާރު އެއަގުގައި ވިއްކޭތޯ؟ މަސްކިލޯއެއް މިހާރު 4 ރުފިޔާއާއި 12 ރުފިޔާއާއި ދެމެދުގެ އަގެއްގައި ވިއްކާލެވެނީ! އަދި މަސްވެރިންނަށްދޭންވައުދުވި ބެޔަސް ނުބެޔަސް 10000 ރުފިޔާ ދޭނަމޭ ބުނިފަހުން ކިތައްމަސްވެއްޖެތޯ؟ މިފައިސާ އެއްވެސް މަސްވެރިއަކަށްލިބޭތޯ؟
ސަބުރާ ( ދޮންބެ)
10 December 2016
މެންޓަލިސްޓަށް ދަންނަވަން އޭރާއި މިހާރު ތަފާތަކީ ގާނޫނުން އެބާރު ވެރިމީހާއަށް ދީފައިއޮތުން. އަދި މައުމޫނު ކުރެއްވީ ޑިމޮކްރެޓިކް ވެރިކަމެއްނޫން. މިހާރު ވެރިކަމަށް އާދެވޭނީވެސް ވައުދުތަކެއްވެ ޕާރޓީގެ ނިޒާމަކުން އަދި ރައްޔިތުން ބަލައިގަންނަ މީހަކު ނުވަތަ ގިނަބަޔަކު ބޭނުންވާ މީހަކަށް އެހެންވީމާ މިކުޑަތަފާތު ހަމައެކަނި މިހާރު ތަފާތަކަށްހުރީ. އޭރުގެވާހަކަ ދެއްކޭކަށްނެތް ހަގީގަތުގައިވެސް މައުމޫނަށްވުރެ އެތައްގޮތަކުން ރައްޔިތުންނަށް މިވެރިމީހާގެ ނުބައިކަން މާބޮޑު. މައުމޫނު އޭނާގެ ވެރިކަމުގައި ރައްޔިތުން މިހާލަތުގައި ނުގެންގުޅޭ. މިހާރު ރައްޔިތުމީހާމިދަނީ ހަނާވެ ފަނާވަމުން. ތަކެތީގެއަގު އެތައްގުނައެއްބޮޑުވެ ފަގީރުންނާއި ނިކަމެތިން މިދަނީ އިތުރުވަމުން. އިތުރު އާމްދަނީއެއް ލިބެންނެތްއިރު މިސަރުކާރުންދަނީ ރައްޔިތުމީހާ އަތުން އެކިނަންނަމުގައި ޓެކްސްނަގާ ނިކަމެތިކުރަމުން. އަދި ދަންނަވަން އަޅުގަނޑަކީ އެއް އިރެއްގައިވެސް މައުމޫނަށް ތާއީދުކުރާމީހެއްނޫން އެކަމަކުވެސް ޔާމީނަށްވުރެ އެތައްގޮތަކުން މައުމޫނު ރައްޔިތުންނަށްމާ ރަގަޅު.
ހޯހޯ
10 December 2016
ފާއިތުވި ތިންއަހަރަކީ ރާއްޖޭގެމަސްވެރިންނައް އެންމެގެއްލުންބޮޑު ތިންއަހަރެވެ.
ހަބީބު
10 December 2016
މަސްވެރިންނައް ކަމެއް ކޮއްދޭނެތަ މިއުޅެނީ ރިސޯޓު މުވައްޒަފުން ގައުމައް ވައްދެ ދޭހާ އާމްދަނީގެ ބަދަލުގަ ހިއްސާ ނުދެވިގެން 2 އަހަރުން އެއާޕޯޓު އަޅާނަމޭ ބުނެ ކުޅުދުއްފުށި މީހުން ޅޮސްއުނދޯލި ހެއްލަނީ 3 ޓާސަރީ ހޮސްޕިޓަލޭބުނެ އުތުރާ ދެކުނު ޅޮސްއުނދޯލި ހެއްލަނީ ގޭގަތިބި ކަނބަލުން ޅޮސްއުނދޯލި ހެއްލަނީ މިވަރު މީހަކު މަސްވެރިންނައް އަޅާލާނެތަ