ލަންކާގައި ގެއްލިގެން ހޯދަމުން އަންނަ އަފްހަމް.-- ފޮޓޯ: ފޭސްބުކް
05 ފެބުރުއަރީ 2022 - 18:34
ސްރީ ލަންކާގައި ދިވެހި ދަރިވަރަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ދެހިވަލައިގައި ދިރިއުޅޭ އަފްހަމް ނަސީރު 23، އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ އޭނައާ އެންމެ ފަހުން ބައްދަލުވީ ރޭ 11:00 ގައި ކަމަށެވެ.
އޭގެ ފަހުން ލަންކާގެ ގަޑިން އެކެއް ޖަހާކަންހާއިރު ވެސް އަފްހަމްގެ ރައްޓެއްސަކާ ފޯނުން ވާހަކަ ދެއްކި ކަމަށާއި ކަންބޮޑުވާންޖެހޭ ވާހަކަތަކެއް ދައްކާފައި ހުރި ކަމަށް އަފްހަމް ދިރިއުޅޭ ގޭގެ މީހަކު "މިހާރު" އަށް ބުންޏެވެ.
"ފޯނުން ވާހަކަ ދެއްކިއިރު އަދި މެސެޖުތަކުގައި ވެސް ޑިސްޓާބިން ވާހަކަތަކެއް ހުރި. މިއަދު ހެނދުނު އެކަން މި އެނގުނީ. އެހެންވެ، ފުރަތަމަ އެމްބަސީ އަށް އެންގުމުގެ ބަދަލުގައި ރާއްޖެ ކޮމިއުނިޓީ ގްރޫޕްގައި މި ޖެހީ އަފޫއާ ބައްދަލުވި މީހެއް ހުރިތޯ. އެގޮތަށް ވެސް ނެތީމާ އެމްބަސީއަށް މި އެންގީ،" އެ މީހާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ރޭގެ ވަކި ގަޑިއަކުން ފެށިގެން އަފްހަމްގެ ފޯނު އޮތީ ނިއްވާލައިފަ އެވެ. އެހެން ނޫނީ ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރާ ކަމަށާއި ފޯނަށް ގުޅައިފި ނަމަ އަބަދުވެސް ޖަވާބުދޭ ކަމަށެވެ.
އަފްހަމަކީ 2019 ގައި ލަންކާ އަށް ބަދަލުވެ، ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމަށް ކިޔަވާ ދަރިވަރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
05 February 2022
ލަންކާގައުޅޭ ދިވެހިންނަކީ އެތަނުގެ ހުރިހާ ގާނޫނަކާ ގަވާއިދާ ޚިލާފުވާމީހުން. މިތަނުގައިވެސް އެކުޅީގަ ގިނަމީހުން އުޅުނީ. ގިނައީ އެމީހުން
ސީޒަން ޖެކުހަން
05 February 2022
ދިވެހިން ހާދަވަރަކަށޭ މިގެއްލެނީ. މިކަމަށް ފަރުވާއެއް ބޭނުން.