ޅ. ނައިފަރުގެ މިސްކިތްތަކުގައި މި ރޯދަމަހު އިމާމުވެ، ދަމުނަމާދުކުރާ ފަސް ކުޑަކުދިން.
23 އެޕްރީލް 2022 - 06:00
ޅ. ނައިފަރުގެ ތިން މިސްކިތެއްގައި ފަސް ކުޑަކުދިން އިމާމުވެ، ދަމުނަމާދު ކުރަން ފަށައިފި އެވެ.
އެ ފަސް ކުދިންނަކީ ވެސް ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ހިފްޒު ކުލާހެއްގައި ކިޔަވަމުން އަންނަ ކުދިންނެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ، އެ ރަށުގެ ތިން މިސްކިތުގައި އެ ފަސް ކުދިންނަށް ދަމުނަމާދުކުރަން ފުރުސަތު ދިނީ ހިފްޒު ކުލާސް ހިންގާ ފަރާތުން ކައުންސިލްގައި އެކަމަށް އެދުމުން ކަމަށެވެ.
ދަމުނަމާދުގެ އިތުރުން ތަރާވީސް ނަމާދު ވެސް އިމާމުވެ ކުރުމުގެ ފުރުސަތު އެ ކުދިންނަށް ދިނުމަށް ހިފްޒު ކުލާހުން އެދުނެވެ. އެކަމަކު، އޭރު ރާއްޖެއިން ބޭރުން ތަރާސްވީކުރުމަށް އިމާމުން ގެނައުމުގެ މަސައްކަތް ފަށާފައި ވާތީ އެ ފުރުސަތު މި އަހަރު ނުދެވުނެވެ.
ގްރޭޑު ހަތެއްގައި ކިޔަވަމުން އަންނަ އުމުރުން 12 އަދި 13 އަހަރުގެ އެ ކުދިންނަކީ، އަބްދުﷲ ހަޔާން ހަމީޒާއި އާސިރު އާރިފް ޔޫސުފާއި އިސްމާއީލް އަޝްހަމް އަހްމަދާއި އަރިޝް އަބްދުﷲ އިބްރާހިމާއި އަދޮ މިރުއާޝް ހުސެއިން މިރުޒާ އެވެ.
އެ ކުދިން ވަނީ ގުރުއާނުގެ 20-12 ފޮތް ހިތުދަސްކޮށްފަ އެވެ.
ޅ. ނައިފަރުގައި ހުންނަ މަސްޖިދުލް ގުފްރާން -- ފޮޓޯ: އަލީ ޝަރީފް
މުހައްމަދު ވިދާޅުވި ގޮތުގައި، ކުދިންނަށް އެ ފުރުސަތު ދިނުމުގެ ކުރިން އެ ރަށުގައި ތިބި ޝައިހުންނާ މަޝްވަރާކުރައްވައި، އެ ކުދިންގެ ކިބައިގައި އިމާމުވެ ނަމާދުކުރުމުގެ ގާބިލުކަން ހުރިތޯ ޔަގީންކުރެއްވި ކަމަށެވެ. އަދި އެކަމުގައި މިސްކިތްތަކުގެ އިމާމުންގެ ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި އެ ކުދިން އިމާމުވެ، ގުރުއާން ކިޔަވަމުން އަންނަ ވަގުތުގައި އެ އިމާމުންގެ އެހީތެރިކަން ވެސް ލިބޭނެ ކަމަށެވެ.
"މިކަމުގެ ސަބަބުން ރަށުގައި ތިބޭ އެހެން ކުދިން ވެސް ދީނީ ކަންކަމަށް ލޯބި ޖެހި، ޝައުގުވެރިކަން އިތުރުވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ،" އޭނާ ވިދާޅުވި އެވެ.
މި ރޯދަމަހުގެ ފަހު 10 ގައި ނައިފަރުގެ ތިން މިސްކިތުގައި ކޮންމެ ރެއަކަށް ބަހާލައިގެން ދެ ކުދިން އިމާމުވެ ދަމުނަމާދު ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. ކޮންމެ ކުއްޖަކު ވެސް ކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ރަކުއަތެވެ. އެ ރަށުގެ ކޮންމެ މިސްކިތެއްގައި ވެސް ދަމުނަމާދުގެ އަށް ރަކުއަތާއި ވިތުރި ކުރުމަށް ހަމަޖެހިފައިވެ އެވެ.
ވިތުރި ކުރާނީ ހިފްޒު ކުލާހުން ކަނޑައަޅާފައިވާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮދުޢާ
25 April 2022
މާޝާ ﷲ. ތިޔަކުދިންގެ މައިންބަފައިންނާއި ތިޔަ ކުދިންނަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން.
އަހް
25 April 2022
ވަރަށްވެސް އުފާވެރި
އިހްސާސް
24 April 2022
ބޭރުން ޙާފިޒުން ގެނެސްގެން ތަރާވީޙާ ދަމުނަމާދު ކުރުން ހުއްޓަންޖެހޭ. ދިވެހިދަރިވަރުންގެ ތެރޭގައި ވެސް އަދި ދިވެހީންގެ ތެރޭގައިވެސް ޙާފިޒުން ބިނާކޮށް ފުރުސަތު ދޭންޖެހޭ. ބޭރުން މީހަކު ގެނެއުމަކުން އަދި ލިބޭނެ މޮޅު ސަވާބެއެވަކި ނޯންނާނެ. އިސްލާމިކް މިނިސްޓުރީއިން މިކަން ހުއްޓުވާ ޤުރުޢާނުގެ ޢިލްމުން ކުރިއަރަމުންއަންނަ މިފަދަ ކުދިންނަށް ފަހި ފުރުސަތުތައް ހޯދަދީ މިކަމުން ގިނަކުދިން މުޖުތަމައުއަށް ނެރެންޖެހޭ،
ބާލައާދަނު
23 April 2022
ތީ ނައިފަރުގައި އަލަށް ކުރާ ކަމެއް ކަމުގައި ނުދެކެން. ހަނދާންވާ ގޮތުން 1990ގެ އަހަރުތަކުގައި ވެސް ސުކޫލުގެ ބައެއް ދަރިވަރުން ތަރާވީޙް ނަމާދު އިމާމްވެކޮށްދޭ ހަނދާން އެބަހުރި.
ާއަޖާބު
25 April 2022
ދެން އަލަށްވިޔަސް ނުވިޔަސް ކޮބާމައްސަލައަކީ? ޕޮޒިޓިވް ކޮމެންޓެއް ނެތިއްޔާ އެއްޗެށް ނުބުނަންވީނު
އެފް
23 April 2022
ތިޔައީ ވަރަށް ރަނގަޅުކަމެއް ކަމުގައި ވާނެއެވެ. ހިފުޒު ކުރާ އެހާ ހަގުކުދިންނަށް ތިފަދަ ފުރުސަތެއް ފަހިކޮށް ދެއްވުމުގެ ފައިދާ އިރާދަކުރެއްވިއްޔާފެނި އަހަރެމެންގެ ދަރީންނަކީ ހިތްއަލި ދީންވެރި ކުދިބަޔަކު ކަމުގައި ލައްވާށިއެވެ!
ވިކިލީކުސް
23 April 2022
އަލްޙަމްދުލިއްލާހި. ލޮލުން ކަރުނަ އައިއްސި. އަހަންނަށް ރޮވިއްޖެ. މިކުދިންގެ ސަބަބުން އަޅުގަނޑުމެންނަށް އުފާވެރިކަން ދެއްވާށި.
ޢިލްމުވެރިޔާ
23 April 2022
ދީނީ ޢިލްމާއެއްކޮަށް ދުނިޔަވީ ޢިލްމު އުގެނުންވެސް މިޒަމާނުގައި މުސްލިމް ޤައުމުތަކުގައި "ވާޖިބު" ވާ ހިސާބަށްގޮސް މިއޮތީ. ޢެހާވެސް މުސްލިމް ޤައުމުތައް ޓެކްނޯލޮޖީ އާއި ސައިންސްގެ ދާއިރާ ތަކުން ދަށެވެ.
ހާލުފޮޅި ފޮޅި
23 April 2022
އަލްހަމްދުﷲ . . .އުފާވެރި ޚަބަރެއް..
ކޮރަލް
23 April 2022
ވ ރަނގަޅު ނިންމުމެކެވެ، އަންނަ އަހަރު އެހެން ރަށްރަށުން ވެސް މިކަން ކުރާން ކަމަށް އުއްމީދު ކުރެ ވެއެވެ. އިމާމު ވެ ނަމާދު ކުރުމުގެ ގާބިލް ކަން ހުރި ހާފިޒުން ރާއްޖޭގަ ވ ގިނަ އެވެ. ފުރުސަތު ނުލިބެނީ އެވެ. ސަރުކާރުން ފުރަތަމަ އެމީހުންނާ ވާހަކަ ދައްކާ އެމީހުން ލައްވާ ޓެސްޓް ތައް ހަދުވާފަ އެމީހުންނަށް ފުރުސަތު ދޭން ވީ އެވެ. އެއަށް ފަހު ބިދޭސީން ހާފިޒުން ނަށް ފުރުސަތު ހުޅު ވާލަން ވީ އެވެ.
ސަލީމު އިދުރީސް
23 April 2022
ދިރިއުންޅުން އަބަދުވެސް ޒަމާނީކުރަން ދުނިއޭގެ ގައުމުތައް ވާދަވެރި ކާމާއެކީ މަސައްކައް ކުރާއިރު މިކުދިކުދި ރައްތަކު ގޮނޑުދޮށައް ބިންދާ ރާޅުވެސް ދިރިއުޅުމައް ބޭނުކުރެވޭނެ ހަކަތަޔަކައް ބަދަލު ކޮއްވޭކަހަލަ އިލުމު އުގެނުމުގެ ސައުގުވެރިކަން ހަރެމެންގެ ދަރިންގެ ހިއްތަކުގަ ލެއްވުން އަޅުގަނޑުގެ ދުއާއަކި! އަރަބިންފަދަ ޒަމާނީ އިލުމު ނުއުގޭނޭ ބަޔަކައް ވެއްޖެނަމަ އަހަރެމެންވެސް ތިބޭނީ އަރަބިންހާ ފަހަތުގަ
މަސީލު
23 April 2022
ތިބޭފުޅާ ދުބާއީއަށް، ޤަޠަރަށް ބަޙްރައިން އަށް، ކުވައިތަށް ސަޢޫދީގެ ރިޔާޒަށް، ޖިއްދާއަށް، ޢުމާން ގެ މަސްޤަތަށް ވަޑައިގަންނަވާ، އެމީހުން ތިބީ ކިހައި ފަހަތުގައި ތޯ ބައްލަވައިލައްވަން.
ޏާއްކޮ
23 April 2022
ހޮހަޅައިގަ އުޅެން ޖެހުނަސް ހެވޭ "ތަރައްޤީ" ނުވެގެން ގޮސް. އާޚިރަތުގަ ﷲގެ އަޒާބުން ސަލާމަތްވެ ސުވަރުގެ ދެވެނިކޮން ނިމުނީ. ދުނިޔޭގަ ކުރާ ހުރިހާ ކަމެއް ވެސް ކުރަނީ އެ މަގްސަދަށްޓަކައި. ކާފަރުން ހަނދަށް ގޮއްސަ މަރުވީމަ ނަރަކައަށް ދިޔައިމަ ކޮންތާކު ތަ އެ ޖެހުނީ؟ އެހެންނޫނަސް އަރަބިން "ފަހަތުގަ" އުޅެނީ ދީނާ ހެދިކަން ގަބޫލުކުރާނީ މޮޔައިން. އެތައް ދުވަހަކު އަރަބި ދުނިޔެ ހުޅަނގުގެ އިސްތިއުމާރުގަ އޮވެފަ އަދިވެސް ސަލާމަތް ނުވެވިގެންނޭ އެއުޅެނީ.
ސަލީމު އިދުރީސް
24 April 2022
ބަލަ މަސީލުހީކުރީތަ ސަލީމު އިދުރީސް މިއީ ގާދޫކޯލުން ބޭރުނުވާ މީހެއްކަމައް! ބަލަ ތިބުނާތަން ތަންތާގަ އިމާރާތަކާ އެއްޗެހިފަރުމާ ކުރަނީވެސް ދޮންމީހުން! ދުބާއީގަ ހުރި އުސްއިމާތައް ހަދާފަހުރީ ހުޅަނގާ އެމެރީކާ ކުންފުނިތަކުން!ދުބާއީއާ ތިބޫނާތަންތާ މުހިންމު ވަޒީފާތަކުގަތިބީ ކޮންތަނެއްގެބަޔެއްތޯ!ތެޔޮވިކައިގެން ތަންތައް ހެދިޔަސްތެލަކީ އަރަބި އުފެއްދުމެއްނޫން!އަޅެބުނެބަލަ ދުނިއޭގަ އެޔައް ބާރޯސާވާން ޖެހޭ އެއްވެސް އަރަބި އުފެއްދުމެއް!ތެލަކީ އަރަބިންގެ ނަސީބު